18 Nov 2019 | 12:57
އާރާ 3

އާރާ އަވަސް އަރުވާލައިގެން ތެދުވެ ތަށި ބަހަށްޓާފައި އަތް ދޮވެލައިގެން ކޮޓަރިއަށްވަދެ ތަޅުލިއެވެ. "މި ޖެހުނީ ކޮންކަހަލަ ކަމަކާ؟ މުހީން ގެއަށްވެސް އެއައީ…" އާރާ ގޮސް އެނދުގައި އޮށޯވެ ގައިމަތީ ރަޖާގަނޑު ފަތުރާލިއެވެ. އާރާއަށް ހޭލެވުނީ ގޭގެ ބޮޑުދޮރުގައި މީހަކު ވަރަށް ބާރަށް ޖަހާ އަޑަށެވެ. އާރާ ލޯ އުނގުޅަމުން ތެދުވެ ގަޑި ބަލާލިއެވެ. މެންދަމު ތިންގަޑި ބައިވަނީއެވެ. "ބައްޕަ މަހަށްގޮސްފަ އައީ ކަންނޭންގެ…" ތެދުވެގެން ކޮޓަރީގެ ދޮރާ ދިމާއަށް ދަމުން އާރާ ބުނެލިއެވެ. "ބައްޕަ ވަރަށް ނާންނަގަޑި އެއްމިއީ… އެހެންވީރު އެއީ ކާކުބާ؟" ކޮޓަރިން ނުކުމެގެން ތިރިއަށް ފައިބަމުން އާރާ ހިތައް އެރިއެވެ. އާރާގެ ހިތައް ނޭނގޭ ކަހަލަ ބިރުވެރި ކަމެއް ވަނެވެ.

އާރާ ތިރިއަށް އައިސް ކުޑަ ދޮރުކައިރީ ހުއްޓި ހުރެ މީހަކު ފެނޭތޯ ބަލާލިއެވެ. ނަމަވެސް މީހަކު ފެންނާކަށް ނެތެވެ. އިރުކޮޅަކު ހުރެފައިގޮސް ގޭގެ ބޮޑުދޮރުގެ ތަޅުގައި ހިފާ ކުޑަކޮށް ހުޅުވާލާފައި ބަލާލިއެވެ. ދޮރުމަތީގައިވެސް މީހަކު ނެތެވެ. އާރާ ދޮރުން ބޭރަށް ނުކުމެ ގޯތިތެރެ ބަލަން ފެށިއެވެ. މީހެއްގެ ހިލަމެއްވޭތޯއެވެ. ނަމަވެސް އެއްވެސް މީހަކު ނެތެވެ. އާރާ ގެއަށް ވަންނަން ވެގެން ދޮރުގައި ހިފާލިއެވެ. ނަމަވެސް ދޮރެއް ނުހުޅުވުނެވެ. ދޮރު ހުރީ ތަޅުލެވިފައެވެ. އާރާ ބިރުގަތެވެ. "އާރާ…" ސިއްރުސިއްރުން މީހަކު އޭނާގެ ކަންފަތް ދޮށުގައި އޭނާގެ ގެ ނަން ކިޔާލިއެވެ. އާރާއަށް ސިއްސައިގެން ގޮސް އެނބުރިލެވުނެވެ. މީހަކު ނެތެވެ. އެކަމަކު ގޯތިތެރޭގައި ހުރި އުނދޯލި ބާރަށް ހެއްލެމުން ދިޔައެވެ. އާރާ ބިރުން ހަޅޭލަވައިގަންނަން މަސައްކަތް ކުރި ނަމަވެސް އޭނާގެ އަނގައިން އަޑެއް ނުނުކުތެވެ. އާރާ ގަނެފައި ހުރި ބިރުން ލޯމަރާ ބާރުކޮށްލިއެވެ.

އިރުކޮޅަކު ހުރުމަށްފަހު އާރާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. އާރާ އޮތީ އޭނާގެ އެނދުގައެވެ. މީހާ ހުރީ އެއްކޮށް ދާހިއްލާފައެވެ. އާރާ ތެޅިގަނެފައި އެދުން ތެދުވެ އިށީނެވެ. އޭނާ ހަމައަކަށް އެޅެން ވަގުތު ކޮޅެއް ނެގިއެވެ. "ހުވަފެނެއްބާ؟ އެކަމަކު ހާދަ އަސްލޭ…" ބޯ ކަހާލަމުން އާރާ ބުނެލިއެވެ. ފެނިގެން ދިޔަ ބިރުވެރި ހުވަފެނާއި ދޭތެރޭ ވިސްނަން ބޭނުން ނުވެގެން އާރާ ފާހާނަޔަށް ވަދެ ފެންވަރާ ރީތި ވެލިއެވެ. ގަޑިން ހެދުނު 7:45 ވީ އެވެ. އާދައިގެ މަތިން ފިހާރަޔަށް ދާން އާރާ ގެއިން ނުކުތެވެ. މިއަދު އޭނާއަށް ހުރެވެނީ ވަރަށް ފާޑަކަށެވެ. މޯޅިވެފައި ހުރެ އާރާ ފިހާރަޔަށް ވަދެ ކައުންޓަރު ކައިރީ ހަމަޖެހިލިއެވެ.

މުހީން އައިސް ފިހާރަޔަށް ވަދެ ފްރިޖުން ދަޅެއް ނަގައިގެން އައިސް ކައުންޓަރުގައި ބެހެއްޓިއެވެ. "މަންޖެ މިއަދު ހާދަ ފާޑަކަށް ތިހުރީ؟ ބިޓު ކެޓީތަ؟" މުހީން ސަމާސާ ކޮށްލިއެވެ. އާރާ ނުރުހުމުގެ ނަޒަރަކުން މުހީނަށް ބަލާލިއެވެ. "މަންޖެ ރުޅިއައީތަ؟" މުހީން އަހާލިއެވެ. "އަހަރެން ބޭނުމެއްނޫން މުހީން އާ ވާހަކަ ދައްކާކަށް…" އާރާ ބުނެލިއެވެ. މުހީން ދަޅު ހިފައިގެން ފިހާރައިން ނުކުތެވެ. އާރާ ހައިރާންވީ މުހީން އެއްޗެއް ނުބުނެ ނުކުތުމުންނެވެ. "ހާދަ ހެއްވާ މީހެކޭދޯ… ދެން މަށާ ވާހަކައެއް ނުދައްކާނެ ކަންނޭންގެ… މާ ރަނގަޅަކަށްނު މި ވީ" އާރާ ހަމަޖެހުމުގެ ނޭވާއެއް ލަމުން ހިތާހިތުން ބުނެލިއެވެ. އޭގެ ފަހުން ހަފްތާއެއް ވަންދެން އާރާ އަށް މުހީން އެއް ނުފެނެއެވެ.

ގަޑިން ދަންވަރު ބާރަޖަހަން ގާތްވެއްޖެއެވެ. އާރާ ފިހާރައިން ނުކުތީ ދުވަހުގެ ސޭލްސް ހަދައި ނިންމާލުމަށް ފަހުއެވެ. އާރާ އާއި ހުސޭނު ފިހާރައިން ނުކުތީ އެކުގައެވެ. "އެކަނި ދާން ކެރޭތަ ކޮއްކޯ؟" ހުސޭނު ފިހާރަ ތަޅުލަމުން އަހާލިއެވެ. "މިހާރުދެން އާދަ ވެއްޖެ އެކަނި ދާން" ޖަވާބު ދެމުން އާރާ ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ރޭގަނޑުގެ ހަމަހިމޭން ކަމުގެ ތެރެއިން އާރާ ހިނގަމުން އައީ އެއްވެސް ހިޔާލެއް ނެތިއެވެ. "އާރާ…" މީހަކު ސިއްރު ސިއްރުން އާރާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. އާރާ އަށް ބޭ އިޚްތިޔާރުގައި ހުއްޓެވުނެވެ. އެ އަޑުއެއީ މީގެ ތަންކޮޅެއް ކުރިން ރެއަކު ފެނުނު ހުވަފެނުގައި އިވުނު އަޑުކަން އާރާއަށް ޔަގީން ވުމާއެކު ގައިގައި ހުރި ބާރެއްލާފައި އާރާ ދުއްވައިގަތެވެ. އާރާ ބިރުން ދުވަމުން ފަހަތައް ބޯ އަނބުރާލާފައި މީހަކު ހުރިތޯ ބަލާލިއެވެ. ނަމަވެސް މީހަކު ފެންނާކަށް ނެތެވެ.

އާރާ ފަހަތަށް ބަލަމުން ދުވަމުން ގޮސް މީހެއްގެ ގައިގައި ޖެހުނެވެ. އެމީހާ އާރާގެ ގައިގައި ބައްދާލިއެވެ. "އާރާ ކީއްވެ ތި ދުވަނީ؟ ކިހިނެއްވެފަ ތިހުރީ؟" އެ މީހަކު އާރާ އާއި ސުވާލުކުރަން ފެށިއެވެ. އާރާ އިސްއުފުލާ އެއީ ކާކުތޯ ބަލާލިއެވެ. އާރާގެ ގައިގައި ބައްދާލައިގެން ހުރީ މުހީން އެވެ. އާރާ މުހީންގެ އަތުތެރެއިން ދެމިގަތެވެ. "ނު...ނުވޭ ކަމެއް…" ތުރުތުރު އަޅާހުރި އަޑަކުން އާރާ ބުނެލިއެވެ. މުހީން އާރާއާއި ކައިރިއަށް ޖެހިލިއެވެ. އަދި އާރާގެ ދެ ކޮނޑުގައި ހިފާ ބާރުކޮށްލިއެވެ. "ކީއް... ކީއްތި ކުރަނީ؟" އާރާ، މުހީންގެ އަތް ނައްޓުވަން މަސައްކަތް ކުރަމުން ބުނެލިއެވެ. މުހީން އާރާގެ އަނގަމަތީ އަތްއެޅިއެވެ.

އާރާގެ ކަންފަތް ކައިރީ ސިއްރުސިއްރުން މުހީން ވާހަކަ ދައްކަން ފެށިއެވެ. "އަހަންނަށް އާރާ ވަރަށް ކަމުދޭ. އަހަރެންގެ މީހަކަށް އާރާ ހަދަން ބޭނުން. ވަރަށް ކުރިން އަހަންނަށް އާރާ ދެކެ ލޯބި ވެވިއްޖެ." މުހީން އޭނާގެ އެއްއަތުން އާރާގެ އުނަގަނޑުގައި ހިފާ ބާރު ކޮށްލިއެވެ. އާރާ މުހީންގެ އަތް ފޮޅުވާލަން ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. މުހީން އާދަޔާ ޚިލާފަށް ބާރުގަދައެވެ. މުހީން އާރާގެ ގައިގައި ބީހެން ފެށިއެވެ. އާރާ ބިރުގަތް ނަމަވެސް ކުރެވޭނެ ކަމެއް ނެތެވެ. އާރާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. މުހީން އަށް އެމަންޒަރު ފެނުމާއެކު އާރާގެ ކޮލުގަޮއި ބޮސްދިނެވެ. އަދި "އާރާ ނުރޮއެ. އަހަރެން އާރާ އަކަށް ދެރަގޮތެއް ނަހަދާނަން" މިހެން ބުނަމުން މުހީން އާރާގެ ގައިން ދޫކޮށްލިއެވެ.

އާރާ ގެއަށް އައިސް ވަތްއިރު ހުރީ ރަނގަޅަށް ވެސް ރޮވިފައެވެ. ދުވެފައި ގޭތެރެއަށް ވަތްއިރު އޭނާގެ ބައްޕަ ވަހީދު ހުރީ ސޯފާގައި އޭނާ ނައިސްގެން ލަސްވެފައެވެ. އާރާ ހުރިގޮތް ފެނިފައި ކަމެއް ގޯސްވެއްޖެކަން ވަހީދަށް އެނގުނެވެ. "ދަރިފުޅާ! ކިހިނެއްވެފަ ތިހުރީ؟ ކީއްވެ ތި ރޮނީ؟" ވަހީދު އާރާއާއި ދިމާއަށް ހިނގައި ގަންނަމުން އެހިއެވެ. "ބައްޕާ އަހަރެން ދެން ފިހާރަޔަކަށް ނުދާނަން" އާރާގެ އަޑު ބެދުނެވެ. "ކީއްތަވީ ދަރިފުޅާ؟" ވަހީދު ހާސްވިއެވެ. "މަގުމަތިން މީހަކު ދިމާކުރަނީ…" އާރާ މުހީންގެ ނަން ބުނަން ޖެހިލުންވިއެވެ. އެއީ ވަހީދާއި ހުސޭނުގެ ރަހުމަތްތެރި ކަން ގެއްލިދާނެތީއެވެ. "ދަރިފުޅާ ނުރޮއެ. ދަރިފުޅު ދާން ބޭނުން ނޫން ތާކަށް ނުދިޔަސް ބައްޕަގެ މައްސަލައެއް ނެތް" އާރާގެ ބޮލުގައި ފިރުމަމުން ވަހީދު ބުނެލިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jun 2026
ތިން ދުވަހުން ޓީޖެޓީ ސަރަހައްދު 46 ޓަނުގެ ކުނި، ކުނިއަޅާ މީހުންގެ ފޮޓޯ ފޮނުވައިދޭން އެދިއްޖެ
މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުން ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ ނުވަތަ ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުއްވައިދިނުމަށް ކައުންސިލުން އެދެއެވެ.
26 Jun 2026
ފޮތްކިޔުމުގެ އާދަ މުހިއްމުވަނީ ކީއްވެ؟
ފޮތްކިޔުމަކީ ކޮންމެ އިންސާނެއްގެ ގައިގައިވެސް އަށަގަންނަވަން ޖެހޭ ވަރަށް މުހިންމު އާދައެކެވެ. މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ފެނުނުކަމުގައި ވިޔަސް، ކުޑަކުދިންނާއި، ބޮޑެތި މީހުން އަދި ސްކޫލް ނުވަތަ ޔުނިވާސިޓީ ދަރިވަރުންނަށްވެސް ފޮތް ކިޔުމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. ގަވަޢިދުން ފޮތްކިޔާ މީހަކަށް އާ މަޢުލޫމާތު ލިބުމުގެ އިތުރުން، ބަހުގެ ހުނަރުތައް ކުރިއަރައި، ވިސްނުން ތޫނުވެ، ދުނިޔެއަށް ލޯހުޅުވިގެންދެއެވެ. މިއަދުގެ ދުނިޔޭގައި ގިނަ ބަޔަކު ފޯނާއި، ޓީވީ އަދި ސޯޝަލް މީޑިއާގައި ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. އެހެން ކަމުން ކުރިޔަށްވުރެ ބޮޑަށް ފޮތް ކިޔުމުގެ އާދައަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް މިވަނީ ވަރަށް ބޮޑަށް އިތުރު ކުރަން ޖެހިފައެވެ.
26 Jun 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަބުގަސްދޮށުގެ / ވ.ފެލިދޫ، ސާޖިދު ޢަބްދުލްމުހައިމިން (27އ) އެވެ.
26 Jun 2026
އެންމެ ބޮޑަށް ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ، ޢާންމު ރައްޔިތުންގެ މުދާ
އަހަރެމެން އެންމެ ބޮޑަށް ސަމާލުވެ، ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ ދައުލަތާއި ޢާންމު ރައްޔިތުންގެ މުދަލާއި ފައިސާ ކަމަށާ، މީހެއްގެ އަމިއްލަ މުދަލަކަށް ޚިޔާނާތްތެރިވުމަށް ވުރެ، ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑު ކަމުގައި މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
26 Jun 2026
ސްވީޑެންގެ ވަޒީރު އީޔޫގެ ބައްދަލުވުމަށް ވަޑައިގަތީ ތިން މަހުގެ ދަރިފުޅު ގޮވައިގެން
މޫސުމީ ސިޔާސަތުތަކާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމަށް ދަރިފުޅު ގެންދެވީ ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީގެ ސިޔާސަތުތަކުގެ ފައިދާ ހާމަކޮށްދެއްވުމަށާއި ވަޒީފާއާއި ޢާއިލީ ޒިންމާތަކުން ކުރެ އެކަތި ޚިޔާރުކުރުމުގެ ބަދަލުގައި ދެކަންވެސް ކުރެވޭނެކަން ދައްކަވައިދެއްވުމަށް ކަމަށް ޕޯރމޮޚްތާރީ ވިދާޅުވިއެވެ.
26 Jun 2026
ގްރޫޕް ޑީން އޮސްޓްރޭލިއާ، އެމެރިކާ އަދި ޕަރަގުއޭ އަނެއް ބުރަށް
މެޗަށް ނިކުތްއިރުވެސް އެމެރިކާ އޮތީ ގްރޫއްޕްގެ އެއްވަނަ މަގާމް ކަށަވަރުކޮށްފައި
26 Jun 2026
ޖަރުމަނު ފަހަތުން އިކުއެޑޯވެސް އަނެއްބުރަށް
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ޖަރުމަނުގެ މައްޗަށް އިކުއެޑޯ ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ
26 Jun 2026
އަޒުމަކީ އަބަދުވެސް ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުމުގައި ދެމިތިބުން
ރައީސް ޞާލިޙްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް އިޞްލާޙީ ސިޔާސީ ބަދަލުތަކާއި ހަގީގީ ޑިމޮކްރަސީ ހޯދައިދިނުމުގައި އެމްޑީޕީން ކުރި ބުރަ މަސައްކަތް ތާރީޚުން ފެންނަން އެބައޮތެވެ.