09 Nov 2019 | 13:35
ބާބްރީ މަސްޖިދު ހުރި ބިމަކީ ހިންދޫންގެ ތަނެއްކަމަށް ނިންމައިފި

1992ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކެއްގައި ތަޅާލެވުނު ބާބްރީ މަސްޖިދު ހުރި ބިމަކީ ހިންދޫންގެ ބިމެއްކަމަށް އިންޑިޔާގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

އެގައުމުގެ ސުޕްރީމް ކޯޓުން މިފަދައިން ނިންމާފައިވަނީ 16ވަނަ ގަރުނުގައި ބިނާކުރެވުނު އެ މިސްކިތް ހުރި ބިމުގެ މިލްކުވެރިކަމާއި މެދު، މުސްލިމުންނާާއި ހިންދޫންގެ ފަރާތުން އެގައުމުގެ ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގައި މިއަދު ކުރި ހުކުމްގައެވެ.

ހިންދޫން ގަބޫލުކުރާ ގޮތަކީ އެ މިސްކިތްހުރި ބިމަކީ އެމީހުންގެ ކަލާނގެއެއްކަމުގައިވާ ރާާމް އުފަންވިތަނެވެ. ނަމަވެސް 16ވަނަ ގަރުނުގެ ތެރޭގައި މުސްލިމުން އެތަނަށް ވެރިވެ، އެތަނުގައި ހުރި ފައްޅި ތަޅާލީކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. މި މައްސަލައިގައި އިންޑިޔާގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައިވެސް ވަނީ އެ މިސްކިތް ބިނާކޮށްފައިވަނީ ހުސްބިމެއްގައި ނޫންކަމަށާއި އެއީ ފައްޅިއެއް ހުރި ތަނެއްކަން އެނގެން އޮތްކަމަށް ބުނެފައެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައި ވަނީ ބާާބްރީ މަސްޖިދު ހުރި ބިން ހިންދޫއިންނާއި ހަވާލުކުރުމަށްފަހު، އެތަނުގައި ފައްޅިއެއް އެޅުމުގެ ކަންކަން ބަލަހައްޓާނެ ޓްރަސްޓެއް ތިން މަސް ދުވަހުގެ ތެރޭގައި ގާއިމްކުރުމަށް ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުގެ މައްޗަށް އަމުރުކޮށްފައެވެ.

އަދި ކޯޓުން ވަނީ މިސްކިތް ހުރި ބިން އަތުލުމުގެ ބަދަލުގައި މުސްލިމުންނަށް އަޔޯދްޔާ ޝަހަރުން ފަސް އޭކަރުގެ ބިމެއް ދިނުމަށްވެސް ނިންމާފައެވެ.

މުރާސިލުން ދެކޭގޮތުގައި ބާބްރީ މަސްޖިދު ހުރި ބިން ހިންދޫންނަށް ލިބުމަކީ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރާއި އެބޭފުޅާ ނިސްބަތްވާ ބާރަތިޔަ ޖަނަތާ ޕާޓީއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ސަބަބަކީ ބާބްރީ މަސްޖިދު ހުރި ބިން ހިންދޫންނަށް އަލުން ހޯދުމަކީ އެކަމަަށްޓަކައި ބީޖޭޕީން ގިނަ މަސައްކަތްތަކެއް ކުރިކަމަކަށް ވާތީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.