10 Nov 2019 | 23:23
ދައުލަތުގެ އެއްވެސް ބާރެއްގެ ވެރިއަކަށް ގާނޫނުއަސާސީއަށްވުރެ މަތީގައި ނުހުރެވޭނެ: ރައީސް ޞާލިހް

ދިވެހި ދައުލަތުގެ އެއްވެސް ބާރެއްގެ ވެރިއަކަށް ގާނޫނު އަސާސީއަށްވުރެ މަތީގައި ނުހުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި އޮތް ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީގެ ފަސްވަނަ މާއްދާގައިވާ ގޮތުން ދިވެހި ދައުލަތުގައި އޮންނާނީ ދުސްތޫރީ ސިޔާދަތެއްކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އޭގެ މާނައަކީ ދިވެހި ދިދައިގެ ދަށުން އުޅޭ ހަމަ އެކަކަށްވެސް ގާނޫނުއަސާސީއިން ނުދޭ ބާރެއް ލިބެން ނޯންނާނެކަމަށެވެ.

"އެއީ އަޅުގަނޑުކަމުގައި ވިޔަސް، ދައުލަތުގެ އަނެއް ދެ ބާރުގެ ވެރިން ކަމުގައި ވިޔަސް، ގާނޫނުއަސާސީއަށް ވުރެ މަތީގައި ނުހުރެވޭނެ. އަދި ގާނޫނުއަސާސީއަށް ބޯލަނބަން ނުޖެހޭ އެއްވެސް ބާރެއް ދިވެހި ދައުލަތުގައި ނޯންނާނެ،"، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ޞާލިހު ވިދާޅުވީ ދައުލަތުގެ ތިން ބާރުވެސް މަސައްކަތްކުރަން ޖެހޭނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދަން ޖެހޭނީ ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތް ކުރެވި އެންމެ މަތީ މަސްލަހަތު ރައްކާތެރި ކުރެވޭނެ ގޮތަށް ކަމަށާއި ފަނޑިޔާރުގޭގެ މަގްސަދަކަށް ވާންވާނީ އަދުލުވެރިކަމާ އެކު ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ހޯދައިދިނުންކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ޞާލިހު ވަނީ ސަރުކާރުން މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދި ބައެއް ކާމިޔާބީތައް ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.
10 Sep 2026
ވަކީލުންގެ ބޮޑު ޓީމަކާއެކު ނާކާމިޔާބު: ކެނެބިސް ޓްރެފިކުކުރުމުގެ ކުށުން ކުށްވެރިވެ އުމުރަށް ޖަލަށް
މި މައްސަލާގައި ޝަރީފްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ވަކީލުން ހިމެނޭ ގާނޫނީ ޓީމެއް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެ އެވެ.
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ