މުއްސަނދިންނަށް ވެރިކަން ކުރެވޭނެކަމުގެ މިސާލަކަށް ގާސިމް ނެންގެވީ ޓްރަމްޕް

13 Nov 2019 | 17:21

ގައުމެއްގެ ވެރިކަން މުއްސަންޖަކަށް ކުރެވޭނެކަމުގެ މިސާލަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވިލާ ގްރޫޕްގެ ޗެއަރމަން އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅިވަޑައިގެންނެވި މެންބަރުންގެ ފޯމްތައް ހަވާލުކުރުމަށް ރޭ ކުނޫޒުގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ މީހަކު ވެރިކަމަށް ކުރިމަތިލާާއިރު، އޭނާ ކުރާ ވިޔަފާރިއަށްވުރެ އޭނާ ރައްޔިތުންނަށް ކޮށްދީފައިވާ މަސައްކަތްތަކަށް ބެލުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި ތައުލީމީ ގާބިލް ފަރާތްތަކުން ރައްޔިތުންނަށް އެކަން ވިސްނައިދިނުމަކީ މުހިންމު ކަމެއްކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

އަދި ދިވެހިންގެ ނަޒަރުގައި ވިޔަފާރިވެރިން ތިބެން ޖެހެނީ ވިޔަފާރިވެރިންގެ ގޮތުގައި ކަމަށް ގާސިމް ވިދާޅުވިއެވެ.

"ބައްލަވާލައްވާ މިހާރު އެމެރިކާގެ ވެރިކަމަށް ކުރިމަތިލައިގެން ނިކުމެ ހުރި ކިތައްވަނައަށް މުއްސަނދި މީހާތޯ ދުނިޔޭގެ. އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ނިކުމެ ވަޑައިގެން ހުންނެވީ. މިހާރު ހުންނެވީ ކާކުތޯ ޕްރެޒިޑެންޓަކަށް. އާދެ ބިިލިޔަނަރެއް." ގާސިމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް