އީސީގެ މެންބަރުކަމަށް އަނެއްކާވެސް ފުއާދު ތައުފީގު

13 Nov 2019 | 15:00

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް މީގެ ކުރިން އެ ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި ފުއާދު ތައުފީގް އައްޔަންކުރުމަށް ފާސްކޮށްފިއެވެ.

ފުއާދު އެ މަގާމަށް އައްޔަންކުރުމަށް ފެންނަކަމަށް ވޯޓުދެއްވީ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ ތެރެއިން 70 މެންބަރުންނެވެ. އެބޭފުޅާގެ ނަން ފާސްވުމާއި ގުޅިގެން އެހެން ފަރާތެއްގެ ނަމަށް ވޯޓަށް އަހާފައެއް ނުވެއެވެ.

ފުއާދުގެ އިތުރުން ދެ ބޭފުޅެއްގެ ނަން އެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ވަނީ ފޮނުވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފުއާދު ތައުފީގަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އިއްތިހާދަށް ތާއިދުކުރެއްވި ބޭފުޅެކެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާގެ ދައުރު މިމަހުގެ 24 ވަނަ ދުވަހަށް ހަމަވާނެތީއެވެ.

Advertisement

ކޮމެންޓް

Advertisement