ލަންކާގެ ރިޔާސީ އިންތިޚާބު: ސަޖިތު ބަލި ޤަބޫލުކުރައްވައި، ޕާޓީގެ ލީޑަރޝިޕްއިން ދުރަށް!

17 Nov 2019 | 15:08

އިއްޔެ ބޭއްވި ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި ނިއު ޑިމޮކްރަޓިކް ފްރަންޓް ކޯލިޝަންގެ ފަރާތުން ވާދަކުރެއްވި ޔޫއެންޕީގެ ސަޖިތު ޕްރޭމަދާސަ، އިންތިޚާބުން ބަލި ގަބޫލު ކުރައްވައިފިއެވެ.

ބަލިގަބޫލު ކުރައްވައި އާންމުކުރެއްވި ބަޔާނެއްގައި ސަޖިތު ވިދާޅުވީ ސްރީލަންކާގެ ހަތްވަނަ ރައީސްކަމުގެ މަގާމަށް އިންތިޚާބުވެ ވަޑައިގެންނެވި ގޯޓާބަޔަ ރާޖަޕަކްސައަށް މަރުހަބާ ދަންނަވައި، ސަޖިތުއަށް ވޯޓުދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. ސަޖިތު ވިދާޅުވީ ފާއިތުވި 26އަހަރުގެ ސިޔާސީ ހަޔާތުގައި އާންމުންގެ ފަރާތުން ލިބުނު އެބޭފުޅާއަށް ލިބުނު އެއްބާރުލުމަށްވެސް ޝުކުރު ދަންނަވާފައެވެ.

ސަޖިތު ވިދާޅުވީ ނިމިގެންދިޔަ އިންތިޚާބަކީ ސްރީލަންކާގެ ތާރީޚުގައި މިހާތަނަށް ބޭއްވިގެންދިޔަ އެންމެ ސުލްހަވެރި އިންތިޚާބުކަަމަށާއި މިއީ ފާާއިތުވި ފަސް އަހަރުގައި ގެނެވުނު ދިމިކްރާތީ ބަދަލުތަކުގެ ނަތީޖާކަމަށެެވެ. ގޯޓާބަޔަގެ ފަރާތުން މި ބަދަލުތައް ކުރިއަށް ގެންގޮސް އިތުރަށް ދަަަމަހައްޓާނެކަމަށް އުންމީދުކުރައްވާކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

މި ބަޔާން ނިންމާލަމުން ސަޖިތު ވަނީ އިއްޔެގެ ނަތީޖާގެ މަައްޗަށް ރިއާޔަތްކޮށް ޔޫއެންޕީގެ ޑެޕިއުޓީ ލީޑަރކަމުގެ މަގާމުން ވަކިވުމަށް ނިންމާފައިވާކަމަށް ހާމަކުރައްވާފައެވެ. 

ސަޖިތުގެ އިތުރުން ޔޫއެންޕީގެ ގިނަ މިނިސްޓަރުންވެސް ވަނީ ކެބިނެޓްގެ މަގާމުތަކުން އިސްތިއުފާދޭން ނިންމަވާފައެވެ.

Advertisement

ކޮމެންޓް