ރައްކާތެރިކަމާއި އެކު ފެން ފޯރުކޮށްދިނުމާއި ބެހޭ ބިލެއް މަޖިލީހަށް ހުށައަޅައިފި

18 Nov 2019 | 23:00

އާންމު ރައްޔިތުންނަށް ރައްކާތެރިކަމާއި އެކު ފެން ފޯރުކޮށްދިނުމާއި ބެހޭ ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

މި ބިލް ފޮނުވާފައިވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުންނެވެ.

އެ އޮފީހުން ބުނިގޮތުގައި ފެނާއި ނަރުދަމާގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުވީ ސިއްހީ ގޮތުން ރައްކާތެރި ފެން ރައްޔިތުންނަށް ލިބޭކަން ކަށަވަރު ކުރުމަށާއި ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް، ތަރައްގީ ކުރުމާއި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އެކަށީގެންވާ ނަރުދަމާގެ ނިޒާމެއް ގާއިމްކޮށް، އޭގެ ފައިދާ ލިބޭނެ ކަށަވަރު ކުރުމަށް ކަމަށެވެ.

މީގެ އިތުރުން ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނާއި ސިނާއީ ރަށްރަށުގައި ވެސް އެކަށީގެންވާ ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެކަން ކަށަވަރު ކުރުމާއި އެފަދަ ޚިދުމަތް ދޭ ފަރާތްތައް ރެގިއުލޭޓް ކުރުމާއި ފެނުގެ ވަސީލަތްތަކަށް ލިބޭ ގެއްލުންތައް ކުޑަ ކުރަން ބާރު އެޅުމާއި އެފަދަ ނިޒާމުތަކަށް ގަސްދުގައި ދޭ ގެއްލުންތަކުގެ ސަބަބުން ނުވަތަ ބެލެހެއްޓުމުގައި އިހުމާލުވުން ލިބޭ ގެއްލުންތަކާ މެދު ފިޔަވަޅު އެޅުމުގެ ނިޒާމެއް ގާއިމް ކުރުމަކީ ވެސް އެ ބިލްގެ މަގްސަދެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

Advertisement

ކޮމެންޓް

Advertisement