މަސްޖިދުލް ޙަރަމް: ފޮޓޯ/ އިންޓަނެޓް
ދުނިޔެ
04 Jul 2025 | 11:52
ފުރަތަމަ ފަހަރަށް ޙަރަމްފުޅުގެ ހުކުރު ޚުތުބާ 35 ބަހަށް ތަރުޖަމާކޮށްގެން ގެނެސްދެނީ

މަސްޖިދުލް ޙަރަމް އާއި މަސްޖިދުއް ނަބަވީގައި މިއަދު ދެވޭ ހުކުރު ޚުތުބާ، ފުރަތަމަ ފަހަރަށް 35 ބަހަށް ތަރުޖަމާކޮށްގެން ގެނެސްދެވޭނެކަމަށް އިއުލާންކޮށްފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ދެއްވާނީ ދެ ޙަރަމްފުޅު ބަލަހައްޓާ އިދާރާގެ ރިޔާސަތުގެ ރައީސް، ޝައިޚް އަބްދުއް ރަޙްމާން އައް ސުދައިސްއެވެ. ހުކުރު ނަމާދު އިމާމުވެ ކުރައްވާނީ ވެސް ޝައިޚް ސުދައިސްއެވެ.

ދެ ޙަރަމްފުޅު ބަލަހައްޓާ އިދާރާގެ ރިޔާސަތުން ބުނެފަްިވާ ގޮތުގައި، މި ހުކުރު ޚުތުބާ ގިނަ ބަސްތަކަށް ތަރުޖަމާ ކުރަން ނިންމާފައިވާ މައިގަނޑު މަޤްޞަދަކީ ވީހާވެސްގިނަ ޢުމްރާވެރިންނާއި އަޅުކަންކުރާ މީހުންނަށް ޚުތުބާ ފޯރުކޮށްދީ، ހުކުރު ދުވަހުގެ މާތްކަމާއި އަދަބުތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމެވެ.

ދެ ޙަރަމްފުޅު ބަލަހައްޓާ އިދާރާގެ ރިޔާސަތުގެ ފަރާތުން ފަހީމް އަލް-ހާމިދު މީޑިއާތަކަށް މިކަމާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ވަނީ، ހުކުރު ޚުތުބާ ގިނަ ބަސްބަހަށް ތަރުޖަމާކުރުމަށް ރިޔާސަތުން ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ މިއީ ތަފާތު ގައުމުތަކުގެ މީހުންނާ މުޢާމަލާތްކޮށް، ސަގާފަތް ހިއްސާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައެވެ. އަދި މިފަދަ މަސައްކަތްތަކުން އިސްލާމީ ރިވެތި އުޞޫލުތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.