01 Dec 2019 | 08:49
ޔާމީން މިނިވަން ކުރެވޭނީ އެމްޑީޕީ ބަލިކޮށްގެން، ވެރިކަމަށް އާދެވިއްޖެނަމަ ޔާމީން މިނިވަން ކުރާނަން: އުމަރު

މަނީލޯންޑާގެ ކުށް ސާބިތުވެ ބޮޑު ޖޫރިމަނާ އަކާއެކު ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރެވޭނީ އެމްޑީޕީ ބަލިކޮށްގެން ކަމަށާއި ވެރިކަމަށް އާދެވިއްޖެނަމަ ޔާމީން މިނިވަން ކުރާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

''ވޮއިސް'' އަށް މިއަދު ދެއްވި އިންޓަވިއު އެއްގައި ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، މިސަރުކާރު ދެމިއޮތްހާ ދުވަހު ރައީސް ޔާމީން މިނިވަން ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. 

އެގޮތުން ސަރުކާރުގެ ހުރިހާ އިދާރާތަކާއި މިިނިވަން މުއައްސަސާތަކުގެ އިތުރުން ޖުޑިޝަރީގައި އޮތީ އެމްޑީޕީއާއި ސަރުކާރުގެ ފުރިހަމަ ބާރު ކަމަށް އުމަރު ވިދާޅުވިއެވެ. އެހެންވެ ރައީސް ޔާމީން މިނިވަން ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވިދާޅުވިއެވެ.

''ރައީސް ޔާމީން މިނިވަން ކުރެވޭނީ އެމްޑީޕީ ބަލިކޮށްގެން، މުޅި ސަރުކާރާއި ޖުޑިޝަރީ އޮތީ އެމީހުންގެ ބާރުގެ ދަށުގައި. އެހެންވީމާ ރައީސް ޔާމީން މިނިވަން ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ.'' އުމަރު ވިދާޅުވިއެވެ.

ނަމަވެސް އުމަރު ވިދާޅުވީ އޭނާއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ އެންމެ ފުރަތަމަ ކަމަކަށް ރައީސް ޔާމީން މިނިވަން ކުރާނެ ކަމަށެވެ. އުމަރު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ކޮންމެ ގޮތަކަށް އޭނާ އިންތިހާބު ކާމިޔާބު ކުރެއްވި ނަމަވެސް ރައީސް ޔާމީން މިނިވަން ކުރާނެ ކަމަށެވެ.

''2023 ގައި އަޅުގަނޑު އިންތިހާބުގައި ވާދަކުރާނަން. ޕީޕީއެމް އާއެކުގައި ވިޔަސް، ވަކން ވިޔަސް އިންތިހާބުގައި ވާދަކުރާނަން. ކޮންމެ ގޮތަކަށް އިންތިހާބު ކާމިޔާބު ކުރެވުނަސް ފުރަތަމަވެސް ރައީސް ޔާމީން މިނިވަން ކުރާނަން.'' ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމާއެކު އެމަނިކުފާނަށް މިހާރު ވަނީ ޕީޕީއެމްގެ ރައީސްކަން ގެއްލިފައެވެ. 

އެއާއެކު ޕީޕީއެމްގެ ލީޑާޝިޕުގެ އެންމެ އިސް މަގާމަކަށް ވަޑައިގަތުމާއި ގުޅޭގޮތުން އުމަރު ވިދާޅުވީ ރައީސް ޔާމީންގެ ނުރުހުމުގައި އެމަނިކުފާނުގެ ވިސްނުންފުޅާއި ދެކޮޅަށް ޕާޓީގެ އިސް މަގާމަކަށް ވަޑައިގަތުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

އުމަރު ވިދާޅުވީ ޕީޕީއެމް އުފެއްދީ އޭނާ އާއި ރައީސް ޔާމީންގެ އިތުރުން ރައީސް މައުމޫން ކަމަށެވެ. ޕީޕީއެމްއާއި ދުރުގައި ހުންނެވި ނަމަވެސް އަބަދުވެސް ޕީޕީއެމްއަށް ވަމުންދާގޮތް ބައްލަވަމުން ގެންދަވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.




ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.