30 Nov 2019 | 20:02
ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފުކޮށްފި

މަނީލޯންޑަރިންގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ކުރިމިނަލް ކޯޓުން، ރައީސް ޔާމީންގެ މައްޗަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އެމަނިކުފާނުގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އައީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ގާނޫނީ ޓީމުން މިއަދު އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފަށް ހުށަހަޅާފައިވާކަމަށެވެ.

އޭނާ ވިދާޅުވީ ކަފާލާތުގެ ދަށުން އެމަނިކުފާނު ގެއަށް ބަދަލުކުރަން ވެސް ހުށަހަޅާފައިވާކަމަށެވެ.

ރައީސް ޔާމީނަށްކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށްޓަކައި އެމަނިކުފާނު މިއަދު ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވަނީ އެމަނިކުފާނާ މިއަދު ބައްދަލުކުރައްވާފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jul 2026
ޕެނަމާ ކެނަލް ކޮންޓްރޯލްކުރުމުގެ ފުރުސަތު ޗައިނާއަށް ނުދޭނަން: ޓްރަމްޕް
ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ޕެނަމާއިން އެ ކެނަލްގެ ކޮންޓްރޯލް ނެގުމަށްފަހު، އެތަން ހުރަސްކުރާ އުޅަނދުފަހަރުން ނަގާ ފީ ހަތަރު ގުނައަށް ބޮޑުކޮށް، އޭގެއިން ބޮޑު ފައިދާއެއް ހޯދާފައިވެއެވެ
04 Jul 2026
މަންފާގެ ނަމާދު އެޕް "ބަންގި" - މުހިންމު ފީޗާސްތަކާއެކު، މިހާރު ޑައުންލޯޑްކޮށްލެވޭނެ
މީގެ އިތުރުން ހޯމް ސްކްރީނު ނަމާދު ވަގުތުތަކާއި ކުރިއަށް އޮތް ނަމާދަށް އޮތީ ބާކީ ކިހާ ވަގުތެއްކަން އަންގައިދޭނެ އެވެ
04 Jul 2026
ދަރިވަރުންގެ އަތުލިޔުން ހުތުރުވާ ސަބަބުތަކާއި، އެކަން ރަނގަޅުކުރެވިދާނެ ގޮތްތައް
އަތުލިޔުން ރީތިކުރުމަކީ ހަމައެކަނި އެކެއްގެ ޒިންމާއެއް ނޫނެވެ. ސްކޫލްތަކާއި، މުދައްރިސުންނާއި، ބެލެނިވެރިން އަދި ދަރިވަރުން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ
04 Jul 2026
ކުޅިވަރަށް ހާއްސަ ރެއެއް: "މަންފާ އެކަޑަމީ" އިފްތިތާހު ކޮށްފި
މަންފާ އެކަޑަމީ އިފްތިތާހުކުރުމުގެ ގޮތުން އެކަމަށް ހާއްސަ ވީޑިއޯއެއް ވަނީ ދައްކާލާފަ އެވެ. އޭގެ ފަހުން މަންފާ އެކަޑަމީގެ ރަސްމީ ޖާޒީ ވަނީ ކޯޗް ސުޒެއިންނަށް ހަދިޔާކޮށްފަ އެވެ.
04 Jul 2026
އުނދަގޫ މެޗަކަށްފަހު ކޭޕް ވާޑް މޮޅުވެ އާޖެންޓީނާވެސް ގަދަ 16 އަށް
މެޗު ނިމުމުން، މާޓީނޭޒް އާއި މެސީ ފަދަ އާޖެންޓީނާގެ ކުޅުންތެރިން ވަނީ މާޔޫސްވެފައި ތިބި ކޭޕް ވާޑްގެ ކުޅުންތެރިން ކައިރިއަށް ގޮސް ހިތްވަރު ދީފައެވެ
04 Jul 2026
އޮސްޓްރިއާ ބަލިކޮށް މިސްރު ގަދަ 16 އަށް
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އޮސްޓްރޭލިއާގެ ހެރީ ސޫޓާ އާއި ލޫކަސް ހެރިންގްޓަން ފޮނުވާލި ޕެނަލްޓީތައް ނާކާމިޔާބުވިއިރު، މިޞްރުން ވަނީ ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ
03 Jul 2026
ޖަމްޢިއްޔަތުއްސަލަފުން މާވަށު ކައުންސިލާއެކު ފަހުމުނާމާއެއް
ޖަމްޢިއްޔަތުއްސަލަފުން މާވަށު ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއެކޮށްފި އެވެ.
03 Jul 2026
ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން: ރައީސް
އެގޮތުން ގޯތިގެދޮރުގެ މައްސަލައާއި، ސަރުކާރުތަކުން ތަރައްޤީ ހާސިލުކުރުމަށް ގެންގުޅެފައިވާ ސިޔާސަތުގެ މައްސަލައަކީވެސް މިކަމުގެ ފަހަތުގައިވާ މައްސަލަތަކެއްކަން ފާހަގަކުރެއްވި އެވެ.