03 Dec 2019 | 17:08
ގާޒީ ހައިލަމް އިސްތިއުފާދެއްވައިފި

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް، މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ފަސްދޮޅަސް ދުވަހަށް ސަސްޕެންޑްކޮށް، ހައިލަމު މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށަހަޅައިފައެވެ. އެމައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ދިރާސާ ކުރުމަށްފަހު ނިންމާފައިވަނީ އޭނާ ވަކިކުރަން ކޮމެޓީއަށް ފެންނަ ކަމަށެވެ. އެހެންކަމުން އެރިޕޯޓު މިހާރުވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.

ހައިލަމުގެ އިސްތިއުފާދެއްވަން ނިންމަވައި، އެކަން ޖޭއެސްސީއަށް މިހާރު ވަނީ އަންގާފައެވެ.

ހައިލަމުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ، ޖޭއެސްސީން އޭނާގެ މައްޗަށް ހިންގި ތަހުގީގަކީ ސިޔާސީ ނުފޫޒު އޭގެ ތެރެއަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ވަދެފައިވާ ތަހުގީގެއް ކަމަށެވެ.

ހައިލަމް ވިދާޅުވީ ޖޭއެސްސީން މަސައްކަތް ކުރަނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ވުރެ ބޮޑަށް ވަކި ސިޔާސީ ބައެއްގެ މުށުތެރެއަށް ޝަރުއީ ދާއިރާ ލުމަށް ކަމަށެވެ.

ހައިލަމު ވިދާޅުވިގޮތުގައި އޭނާ ސަސްޕެންޑްކޮށްފައި ވަނީވެސް އަދި މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީވެސް، ގާނޫނީ ހަމަތަކާއި އުސޫލުތަކުން ބޭރުންނެވެ.

ގާޒީ ހައިލަމުގެ މައްޗަށް ސާބިތުވެފައިވާ ކަންކަމުގެ ތެރޭގައި ފަނޑިޔާރު ކަމުގެ މަގާމާއި އެކަށީގެން ނުވާފަދަ އަމަލުތަކެއް ކަމަށް ތަހުގީގު ކޮމެޓީއަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ ދަށުން ގާޒީ ހައިލަމު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމާފައިވާކަމަށެވެ.

ގާޒީ ހައިލަމު މަގާމުން ވަކިކުރަން ނިންމާފައި މިވަނީ، ދިވެހި ރާއްޖޭގެ ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހައިފައިވާ ޕޯސްޓެއް ވައިބާ ގްރޫޕަށް ލީ މައްސަލައިގައެވެ.

އެމައްސަލަ ހޫނުވި ފަހުން ގާޒީ ހައިލަމު ވަނީ އެ ޕޯސްޓްގައިވާ ކުރެހުމުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ސިފަވާ ގޮތަށް ހުރިކަން އެނގިނުލައްވާ ކަމަށް ވިދާޅުވެ، އެކަމަށް މައާފަށް އެދިވަޑައިގެން ބަޔާނެއް ނެރެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އަބްދުއްރަހީމް ހިމެނޭހެން ޕީއެންސީގެ 16 މެންބަރަކު ޕާކިސްތާނަށް
ޕާކިސްތާނަށް ވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ބައިވެރިވެވަޑައިގަންނަވަ އެވެ.
22 Sep 2026
ނުކުޅެދުންތެރިންގެ ޙައްޤުތަކުގެ ޕްރޮޓޮކޯލްގައި ބައިވެރިވާން ނިންމައިފި
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާ ގުޅޭ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް ނިންމަވައިފިއެވެ.
22 Sep 2026
ސްރީލަންކާ ރައްޔިތުންގެ އައިޑީކާޑުތައް ހެދުމަށް ބޭނުންވާ ކާޑުތައް ސަޕްލައިކުރަން ޖަރުމަނުވިލާތުގެ ކުންފުންޏަކަށް
ސްރީލަންކާގެ ރައްޔިތުންނަށް ދޫކުރާ ގައުމީ އައިޑީ ކާޑު ތައްޔާރުކުރުމަށް ބޭނުންވާ 5 މިލިއަން ޕޮލީކާބޮނޭޓް ކާޑު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިއަށްގެންދިޔަ މަޝްރޫއު، ކާމިޔާބުކޮށްފައިވަނީ ޖަރުމަނުގެ "މުލްބައުއާ އައިޑީ ސާވިސަސް އިންނެވެ
22 Sep 2026
ސަޢޫދީގެ މަތިންދާބޯޓުތަކަށް ތެޔޮއަޅައިދޭން އިނގިރޭސިވިލާތުން އެހީވަނީ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދެމުންދާ ހަމަލާތަކުން ސަޢޫދީ ޢަރަބިއްޔާ ދިފާޢުވުމަށް އެހީތެރިވުމުގެ ގޮތުން، އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ ތެރޭގައި ތެޔޮއަޅައިދިނުމުގެ ލިމިޓެޑް އަސްކަރީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ.
22 Sep 2026
ކޮންގްރެސްގައި 986 އަށްވުރެ ގިނަ ކޮންގްރެސްމަނުން ބައިވެރިވާނެ: އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމަށް 986 އަށް ވުރެ ގިނަ މަންދޫބުން މިހާތަނަށް ރަޖިސްޓްރީވެފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
22 Sep 2026
ނައިބު ރައީސް އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ޒިޔާރަތްކުރައްވައިފި
އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.