05 Dec 2019 | 16:02
ބާރުތައް މުށުތެރެއަށް ލަމުންގޮސް، މަޖިލިސް ތެރޭގައި އެޓޯލްސް މިނިސްޓްރީ އުފައްދައިފި: ތޯރިގު

ސަރުކާރު ހިންގުމުގެ ބާރުތަކާއި ރައްޔިތުންގެ ބާރުތައް މުށުތެރެއަށް ލަމުން ގޮސް، މިހާރު ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެޓޯލްސް މިނިސްޓްރީއެއް އުފައްދައިފައިވާކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ތޯރިގު މިހެން ވިދާޅުވީ، ކައުންސިލަރުންނާއި މޭޔަރުން، ރައްޔިތުންގެ މަޖިލިހަށް ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ރިޕޯޓަށް މިއަދުގެ މަޖިލިހުގައި ބަހުސް ކުރައްވަމުންނެވެ.

ތޯރިގު ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ހުށަހެޅި ބިލްގެ ބޭނުމަކީ ހުރިހާ ބާރުތަކެއް ރައްޔިތުންގެ މަޖިލިހަށް ޖަމާ ކުރުން ކަމަށެވެ. ކައުންސިލުތަކަށް ބާރުތައް ދޫކޮށްލާނެ ކަމަށް އެޖެންޑާ 19 ގައި ބުނި ނަމަވެސް، މިއީ ރައްޔިތުންނަށް ބާރުދޭން ވެގެން ކުރާ ކަމެއް ނޫން ކަމަށް ތޯރިގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރުވެސް މިއޮންނަނީ މީގެކުރިން އެޓޯލްސް މިނިސްޓްރީން ކަތީބުން އަންޔަން ކުުމާއި ވަކިކުރުމުގެ އުސޫލު ކަމަށެވެ. ވާނުވާ ނޭނގި ކަތީބުން މާލެ ގެނެސް މިނިސްޓްރީއަށް ހާޒިރުކޮށް ލިޔުން ހަވާލުކުރާ އުސޫލުން ކަންކަން ކުރަން ވިސްނަނީ ކައުންސިލުތަކަށްބާރުތައް ދޫކޮށްލުމުގެ ނަމުގައި އެބާރުތައް މަޖިލީހަށް ނަގަން ކަމަށް ވެސް ތޯރިގު ވިދާޅުވިއެވެ.

"މީގެކުރިން އެޓޯލްސް މިނިސްޓްރީން ކަތީބުންނާއި އަތޮޅުވެރިން ތަންތަނަށް ފޮނުވަނީ. ފޮނުވާފައި ދުވަސްކޮޅަކުން ސިޓީއަކުން އަންގާނެ މާލެ އަންނާށޭ.'' މިއަދުވެސް މިފެންނަނީ ހަމަ އެއުސޫލުން ކަންކުރާތަން. އެހެންވެ މިދަންނަވަނީ ބާރުތައް މުށުތެރެ އަށް ލަމުން ގޮސް މިހާރު އޮތީ މަޖިލިހުގެ ތެރޭގައި އެޓޯލްސް މިނިސްޓްރީ އުފައްދާފައި،" ތޯރިގް ވިދާޅުވި އެވެ.

ލާމަރުކަޒީ ކޮމިޓީން ނިންމާފައި ވަނީ ކައުންސިލަރެއްގެ މައްސަލައެއް އޮތް ނަމަ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެކަން މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގައި ނަގާ ވޯޓަކުން އެ ކައުންސިލަރަކު މަގާމުން ވަކިކުރެވޭނެ ކަމަށެވެ.

މިއިސްލާހުގައި ބުނާ އެ މާއްދާ އުނިކުރަން ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފުވަނީ އިސްލާހު ހުށަހަޅުއްވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް