N/A
N/A
ހަބަރު 08 Dec 2019 | 09:47

އައްޑޫ މެރެތަން ކާމިޔާބުކަމާއި އެކު ބާއްވައިފި

އައި-ރަނާސް އިން އިންތިޒާމްކޮށްގެން، އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން ބޭއްވި ތިންވަނަ އައްޑޫ މެރެތަން ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރުން ފެށިގެން ކުރިއަށްދިޔަ މި ހަަރަކާތުގައި ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި 100ކިލޯމީޓަރުގެ އަލްޓްރާ ރަން މެރެތަން، ފުލްް މެރެތަން، ހާފް މެރެތަން، 10ކިލޯމީޓަރުގެ ދުވުން، 5 ކިލޯމީޓަރުގެ ދުވުން އަދި ކުޑަކުދިންގެ ދުވުމުގެ ހަރަކާތްތަކެއ ކުރިއަށް ގެންގޮސްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އަލްޓްރާ މެރެތަންގައި ފަސް ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ދުވުމުން އެއްވަނަ ހާސިލްކޮށްފައިވަނީ އިންޑިޔާގެ ދުވުންތެރިއެއްކަމުގައިވާ ލާލް ބަހާދުރެވެ. އޭނާ މި މެރެތަން ނިންމާފައިވަނީ 10ގަޑިއިރާއި 54ސިކުންތުންނެވެ. އޭނާގެ ފަހަތުން ދެވަނައަށް މި ދުވުން ނިންމާފައިވަނީ ރާއްޖޭގެ މަޝްހޫރު މެރެތަން ދުވުންތެރިޔާ އާތިފެވެ.

އައްޑޫ މެރެތަންގެ 10ކިލޯމީޓަރުގެ ދުވުމުގައި އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކެރޮން ރޮސްލާވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މިއީ އެކަމަނާ އައްޑޫ ސިޓީއަށް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން އުމަރު ސަލީމް (އޮއްތޮ)ވެސް ވަނީ މި މެރެތަންގެ ތެރެއިން ބޭއްވި މަގުމަތީގެ ސަލާމަތާއި ރައްކާާތެރިކަމާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކުގައި ބައިވެރިވެފައެވެ.

އައްޑޫ މެރެތަން އަކީ އައިރަނާސްގެ ޓްރެވަލް މެރެތަންސް އޮފް މޯލްޑިވްސް ސީރީސްގައި ހިމެނޭ އެންމެ ފަހުގެ މެރެތަންއެވެ. މި އިވެންޓްގެ މެއިން ސްޕޮންސަރ އަކީ ސްރީލަންކަން އެއާލައިންސްއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ
15 Oct 2026 ހަބަރު

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ

ރާއްޖޭގައި މިނިވަން ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމަށް ހަރުދަނާ އުސޫލުތަކުގެ ތެރެއިން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އުުރީދޫއިން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކުރިއަށްގެންދާ "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފި
15 Oct 2026 ހަބަރު

އުުރީދޫއިން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކުރިއަށްގެންދާ "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފި

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް، އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި، އުރީދޫ މޯލްޑިވްސް އިން އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި ގުޅިގެން، އެ ކުންފުނީގެ ސީ.އެސް.އާރުގެ ދަށުން "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ދިރާސާއާ ގުޅޭ ދާއިރާތަކުން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް 13 ސްކޮލަރޝިޕް ދޫކުރަނީ
15 Oct 2026 ހަބަރު

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ދިރާސާއާ ގުޅޭ ދާއިރާތަކުން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް 13 ސްކޮލަރޝިޕް ދޫކުރަނީ

ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ނަމުގައި ހިންގާ މި މަޝްރޫއުން ތިން ދާއިރާއަކުން ބެޗެލާސް އަދި މާސްޓާސް ފެންވަރުގެ ކޯސްތައް ހިމެނެއެވެ. ފިޝަރީޒް ދާއިރާއިން ފިޝަރީޒް މެނޭޖްމަންޓާއި މެރިޓައިމް އެފެއާޒް އިން ދެ މާސްޓާސް ޖާގައާއި، އެކުއާކަލްޗަރާއި ފިޝަރީޒް ސައިންސާއި މެރިން ސައިންސް ފަދަ ދާއިރާތަކުން ތިން ބެޗެލާސް ޖާގަ ހިމެނެއެވެ. މެރިން ރިސަރޗާއި މެރިކަލްޗަރ ދާއިރާއިން ތިން މާސްޓާސް ޖާގައާއި އެއް ބެޗެލާސް ޖާގަ ހުޅުވާލާފައިވާ އިރު، އެގްރިކަލްޗަރ ދާއިރާއިން އެއް މާސްޓާސް ޖާގައާއި ތިން ބެޗެލާސް ޖާގަ ހިމެނެއެވެ.

އަމާޒަކީ އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓް ނުކޮށް ރާއްޖޭގައި އުފެއްދުން: ރައީސް ޑރ. މުޢިއްޒު
15 Oct 2026 ހަބަރު

އަމާޒަކީ އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓް ނުކޮށް ރާއްޖޭގައި އުފެއްދުން: ރައީސް ޑރ. މުޢިއްޒު

ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމުގެ ވަކި ބާވަތްތަކެއް ކަނޑައަޅައި، އެ ތަކެތި އިމްޕޯޓްކުރުމާ ނުލައި ރާއްޖެއަށް ބޭނުންވާ މިންވަރަށް އަމިއްލަ ފަސްގަނޑުގައި ހައްދައި ބާޒާރަށް ނެރެވޭނެ މަގުފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ
15 Oct 2026 ހަބަރު

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ

ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކާއި ލަވަ މުބާރާތްތައް ހުއްޓި، ތަޢުލީމީ މުޅި ޖީލެއް ހަލާކުވަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އާރްޑީސީގެ އެމްޑީގެ މަގާމުން ނަޒީމް ވަކިކޮށްފި
15 Oct 2026 ހަބަރު

އާރްޑީސީގެ އެމްޑީގެ މަގާމުން ނަޒީމް ވަކިކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުން، އިބްރާޙިމް ނަޒީމް ވަކިކޮށްފިއެވެ. ޕީސީބީން ބުނީ އެ މަގާމުމް ނަޒީމް ވަކިކޮށް އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޑީސީޕީ )ރިޓަޔާޑް( އަޙުމަދު ސަޢުދީ ވަނީ އި އްޔެއިން ފެށިގެން އައްޔަނުކޮށްފައިވާ ކަމަށެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކުގަ ހިމެނޭ ދިވެހި މީހާ ހައްޔަރުކޮށްފި
15 Oct 2026 ހަބަރު

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކުގަ ހިމެނޭ ދިވެހި މީހާ ހައްޔަރުކޮށްފި

މާލޭގައި ފުޅާ ދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަތް މައްސަލާގައި ހިމެނޭ ދިވެހި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.