އެސްޓީއޯއަށް ނުވަ ލައްކަ ރުފިޔާ ދައްކަން ނިހާންގެ މައްޗަށް އަމުރުކޮށްފި

10 Dec 2019 | 15:26

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު އެސްޓީއޯއަށް ނުވަ ލައްކަ ރުފިޔާ ދެއްކެވުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެެވެ.

ނިހާންގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން މިފަަދައިން ހުކުމްކޮށްފައިވަނީ ފުޑް ކޯޓުގެ އައުޓްލެޓެއް ކުއްޔަށް ނެގުމަށްފަހު އެތަނަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުންނެވެ. ހާބަރު ފުޑް ކޯޓު ނުވަތަ ރައިވެރިބޭ ކޮއްތުވެނީގެ ކަންކަން ބަލަހައްޓަނީ އެސްޓީއޯއިންނެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ އެތަނުގެ ކުއްޔާއި މެއިންޓަނަންސް ފީގެ ގޮތުގައި ޖޫން، 6، 2019 ގެ ނިޔަލަށް 893،901.97 ރުފިޔާ އާއި ކުލީގެ ފައިސާ އެއްބަސްވުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 65،460.28 ރުފިޔާއާ އެކު ޖުމްލަ 959،362.25 ރުފިޔާ ނިހާންގެ ފަރާތުން އެސްޓީއޯއަށް ދައްކަންޖެހޭކަމަށް ސާބިތުވާ ކަމަށެވެ.

އެތަނަށް ކުއްޔާއި ޖޫރިމަނާއަށް މިހާތަނަށް 1.1 މިލިއަން ރުފިޔާ އަރާފައިވާ ކަމަށް ދައުވާގައި ވަނީ ފާހަގަކޮށްފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ނިހާން އެތަނަށް އެއްވެސް ފައިސާއެއް ދައްކާފައި ނުވާ ކަމަށް ވަނީ ދައުވާގައި ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement