N/A
N/A
ހަބަރު 10 Dec 2019 | 19:47

މިސަރުކާރުން އުފަންކުރި މަޝްރޫއުއެއް ހުޅުމާލެއަކުން ނުފެންނާނެ: ޑރ.މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިހާތަނަށް ހުޅުމާލޭގައި އުފަންކުރުވި އެއްވެސް މަޝްރޫއުއެއް ފެންނަން ނެތް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު، ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވައިލައި އިދިކޮޅު ކޯލިޝަނުން މިހާރު ކުރިޔަށް ގެންދާ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ، ސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ހުޅުމާލޭ ފޭސް ދޭއްގައި މިސަރުކާރުން ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ހިންގާފައި ނުވާކަމަށެވެ. މުޅި ހުޅުމާލެއަށް ބެލިޔަސް މިސަރުކާރުން ގެނައި މަޝްރޫއުއެއް ފެންނަން ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލޭގައި އަދިވެސް ކުރިޔަށް ދަނީ ރައިސް ޔާމީންގެ ސަރުކާރުން ފެށި މަޝްރޫއުތަަކެވެ. އެގޮތުން ހިޔާ މަޝްރޫއުގެ ދަށުން ފޭސް ދޭއްގައި އިމާރާތްކޮށް ނިންމާފައިވާ ފުލެޓްތަކަށް އަދިވެސް މީހުންނަށް ވަދެވޭވަރު ނުވާކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

''މިސަރުކާރަށް އަހަރެއް ފުރިގެން ހިނގައްޖެ، އަދިވެސް ހުޅުމާލޭގައި މިސަރުކާރުން އެއްވެސް މަޝްރޫއުއެއް ކުރިޔަށް ގެންދާތަނެއް ނުފެންނާނެ. ހޯދާ ބެލިޔަސް ނުފެންނާނެ. މިހާރު ވެސް ކުރިޔަށް އެދަނީ ރައީސް ޔާމީންގެ ސަރުކާރުން ފެށި މަޝްރޫއުތައް ނިންމަމުންދާތަން.'' މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން މުއިއްޒު ވިދާޅުވީ، ގައުމުގެ މުސްތަގުބަލު މިހާރު މިފެންނަނީ ވަރަށް ބަނަކޮށް ކަމަށެވެ.

މިސަރުކާރުން ރައްޔިތުންނާ މެދު ވިސްނައިލުމުގެ ބަދަލުގައި އަމިއްލަ އެދުން އިސްކޮށް، މަސައްކަތްކުރާ މަންޒަރު ފެންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ
30 Oct 2026 ހަބަރު

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" )އެޗް.އައި.ސީ.ޑީ.ޕީ( ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ )އެމްއޯޔޫ( އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

އިންޑިއާއިން ގެއްލިގެން ހޯދި ދިވެހި މިހާ ފެނިއްޖެ
30 Oct 2026 ހަބަރު

އިންޑިއާއިން ގެއްލިގެން ހޯދި ދިވެހި މިހާ ފެނިއްޖެ

އާއިލާއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި އައްޔަބެ ވަނީ ފެނިފައެވެ. އަދި އައްޔަބެ ހާލު ވެސް ރަނގަޅު ކަމަށް އާއިލާއިން ވަނީ ހާމަކޮށްފައެވެ.

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
30 Oct 2026 ހަބަރު

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ސްޕެއިންގެ ދެކުނުބިތުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސްޕެއިންގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ޕެޑްރޯ ސަންޗޭޒަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ނޫހު ޝަރީއަތް ނިމެންދެން، ދެން ތިބި މީހުން ބަންދަށް މުއްދަތު އިތުރުކޮށްފި
29 Oct 2026 ހަބަރު

ނޫހު ޝަރީއަތް ނިމެންދެން، ދެން ތިބި މީހުން ބަންދަށް މުއްދަތު އިތުރުކޮށްފި

ގދ. ތިނަދޫގައި ހިނގާދިޔަ ރޭޕްގެ ހާދިސާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދަށް މުއްދަތު އިތުރުކޮށްފި އެވެ.

ބިރުވެރި ޚަބަރެއް: ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން އައިޖީއެމްއެޗަށް  މީހަކު ގެނޭ
29 Oct 2026 ހަބަރު

ބިރުވެރި ޚަބަރެއް: ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން އައިޖީއެމްއެޗަށް މީހަކު ގެނޭ

އެގޮތުން ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން މީހަކު އައިޖީއެމްއެޗަށް ގެނެވޭކަން ފާހަގަކޮށްފައިވެ އެވެ.

މި ޒުވާނާ ކިޔައިދިނީ ވަޒީފާއެއް ހޯދުމަށް ކުރަމުންދާ އުނދަގޫ ތަޖުރިބާ: ރައީސް ދެއްވީ ޔަގީންކަން