11 Dec 2019 | 00:16
"ކެޔޮޅު" އެޕްލިކޭޝަން އިފްތިތާހުކޮށްފި

މަސްވެރިންނަށް އަމާޒުކޮށްގެން ސަރުކާރުން ''ކެޔޮޅު އެޕްލިކޭޝަން'' އިފްތިތާހުކޮށްފިއެވެ.

މި އެޕްލިކޭޝަން އިފްތިތާހް ކޮށްފައިވަނީ 39 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގެ ތެރެއިންނެވެ.

ކެޔޮޅު އެޕްލިކޭޝަނަކީ ދުވަހުގެ މަސްވެރިކަމުގެ މައުލޫމާތު ފޯމު ތައްޔާރު ކުރުމަށް ފަރުމާ ކޮށްފައިވާ އެޕްލިކޭޝަނެކެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ފިޝަރީޒު މިނިސްޓަރު ޒަހާ ވަހީދުގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ފިޝަރީޒު މިނިސްޓްރީން ބުނި ގޮތުގައި މިރޭ އިފްތިތާހުކުރި ''ކެޔޮޅު އެޕްލިކޭޝަން'' އަކީ، މަސްވެރިންނާއި މިނިސްޓްރީ ގުޅުވާލަދީ، މަސްވެރިން ފޯރުކޮށްދޭން ޖެހޭ ބައެއް މައުލޫމާތު ފޯރުކޮށްދިނުމަށާއި މަސްވެރިން މިނިސްޓްރީއަށް ފޮނުވަންޖެހޭ މަސްވެރިކަމުގެ މައުލޫމާތު ފޮނުވުމަށް، ޒަމާނީ އިންތިޒާމެއް ހަމަޖެއްސުމަށް ޓަކައި މިނިސްޓްރީގެ ފަރާތުން ފަރުމާކޮށްފައިވާ އެޕްލިކޭޝަނެއް ކަމަށެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ކަނޑުމަތީގައި ހުރެގެންވެސް މަސްވެރިންނަށް ބޭނުންވާ މައުލޫމާތު ފަސޭހާ ކަމާއެކު ލިބިގެން ދާނެ ކަމަށް ފިޝަރީޒުން ބުނެއެވެ.

ދުވަހު މޫސުމާ ގުޅޭ މައުލޫމާތާއި، މަސް ކަނދުފަތިތައް ހަރުކޮށްފައިވާ ތަންތަން މި އެޕް މެދުވެރިކޮށް އެނގިގެންދާނެ ކަމަށް ފިޝަރީޒުން މައުލޫމާތު ދެއެެވެ.

ޒަމާނީ ޓެކްނޮލޮޖީ މަސްވެރިކަމަށް ތައާރަފްކުރުމަށް ފަރުމާކުރި މި އެޕްލިކޭޝަން މެދުވެރިކޮށް ، ވަގުތުން ފަސޭހަ ކަމާއެކު އެ މައުލޫމާތު ފުރިހަމަ ކުރުމަށްފަހު، މިނިސްޓްރީއަށް ފޮނުވޭނެއެވެ.

ކުރިން މި މައުލޫމާތު ހަވާލުކުރަމުން އައީ ރަށު ކައުންސިލް މެދުވެރިކޮށް ނުވަތަ ސީދާ މިނިސްޓްރީއަށް އައިސްގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.