15 Dec 2019 | 08:46
އާރާ 5

ގޭތެރެއަށް ވަދެ ދޮރުލައްޕާފައި އިރުކޮޅަކު ދޮރުގައި ލެގިލައިގެން އެ ދޫންޏާއި ދޭތެރޭގައި ވިސްނަން އާރާ ހުއްޓެވެ. މިހެން އިރުކޮޅަކު ހުރުމަށްފަހު އެ ދޫނި ފެނޭތޯ ކުޑަދޮރުން ބޭރުބަލާލިއެވެ. ނަމަވެސް އެ ދޫނި ފެންނާކަށް ނެތެވެ. އާރާ ގޭގެ ގޯތިތެރެއަށް ނަޒަރު ހިންގާލިއެވެ. އާރާ ސިއްސައިގެން ގޮސް ފަހަތަށް ޖެހެވުނެވެ. ކުޑަދޮރުގެ ލޯގަނޑު ކުރިމަތިންލާފައި ފެހިކުލައިގެ ވިދުވަރަކާއިއެކު އެ ކަޅު ދޫނި އުދިހެގެން ގޮސް ވައިގެތެރެއަށް ގެއްލުނެވެ. އާރާ ގުޑިލަންވެސް ނޭނގިފައި ހުއްޓައި ހުސްނާ އައިސް އޭނާގެ ކޮނޑުގައި އަތްއަޅާލުމުން ސިހިފައި ބަލާލިއެވެ. "ދަރިފުޅާ ކިހިނެއްވެފަ ތިހުރީ؟" އާރާ ލޯބޮޑުކޮށްގެން ހުރިތަން ފެނިފައި ހުސްނާ ސުވާލުކުރަން ފެށިއެވެ. "ކަޅު ދޫޏެއް މަންމާ...." މި ހިސާބަށް ބުނެފައި ހުސްނާ އެކަން ގަބޫލު ނުކޮށްފާނެ ހެން ހީވެގެން އާރާ ވާހަކަ މެދު ކަނޑާލިއެވެ. " ކަމެއް ނުވޭ މަންމާ" މިހެން ބުނެފައި އާރާ ކޮޓަރިއަށް ދިޔައެވެ.

"ވަހީދު… ވަހީދު އައިސްބަލަ މިތަނަށް" އާރާ ކޮޓަރިއަށް ވަނުމާއެކު ހުސްނާ އަވަސްއަވަހަށް ވަހީދަށް ގޮވަންފެށިއެވެ. ހުސްނާ ހާސްވެފައި ކުޑަދޮރުން ގޭގެ ގޯތިތެރެއަށް ބަލަން ހުއްޓެވެ. "ހުސްނާ މާ ބާރަށް ތިގޮވަނީ ކީއްވެތަ؟" ކޮޓަރިން ނުކުމެ ޓީޝާޓު ލަމުން ވަހީދު ބުނެލިއެވެ. "އާރާ ދެންމެ ބުނި… ކަޅު ދޫންޏެކޭ" ހުސްނާ އަދިވެސް ގޯތިތެރެ ބަލަނީއެވެ. "ކީކޭ...؟" ވަހީދުގެ ދެލޯ ބޮޑުވިއެވެ. އިރުކޮޅަކު ދެމީހުން ދެމީހުންގެ މޫނަށް ބަލަން ހުރެފައި ހުސްނާ ވާހަކަ ދެއްކިއެވެ. "ދެން ކިހިނެއް ހަދާނީ؟". ވަހީދު އެވާހަކަ ނުދެއްކުމަށް ބުނެފައި ގެއިން ނުކުމެގެން ދިޔައީއެވެ. ހުސްނާވެސް ފިކުރުގައި ސޯފާގައި ހުއްޓެވެ. ވަހީދުގެ މިސްރާބު ހުރީ މުދިން ހަސަނުގެ ގެއާއި ދިމާލަށެވެ. ހަލުވި ހިނގުމުގައި ވަހީދުގޮސް މުދިންބެގެ ގޭގެ ދޮރުގައި ޓަކިޖެހިއެވެ. އިސާހިތަކު މުދިންބެ ދޮރުހުޅުވިއެވެ. "އެކޮއެ މިގަޑީ… ކޮންވަޑާމެއް؟ އާދޭ އެތެރެއަށް" މުދިންބެ ދައުވަތު ދިނެވެ. ވަހީދު އެއްވެސް އެއްޗެއް ނުބުނެގޮސް ގޮނޑީގައި އިށީނީއެވެ.

"އެކޮއެ ކިހިނެއްވީތަ އަނެއްކާ؟ ހާދަ ފިކުރު ބޮޑުވެފަ؟" ވަހީދު ހުރި ގޮތުން މުދިންބެއަށް ކަމެއް ގޯސްވެއްޖެކަން އެނގުނެވެ. "މުދިންބޭ މަގޭ ދަރިފުޅު ސަލާމަތްކޮށްދީ. އާރާ އަނެއްކާވެސް އެދޫނީގެ ވާހަކަ ދައްކާއެބަ" ވަހީދު އާދޭސްކުރާ ރާގަށް ބުނެއްޏެވެ. މުދިންބެ އިރުކޮޅަކު ވިސްނަން ހުރެފައި ވާހަކަ ދައްކަން ފެށިއެވެ. "އޭރުވެސް މުދިންބެ ބުނީމެއްނު މިދުވަސް އަންނާނެއޭ. އެކޮއެގެ ދަރިފުޅު ސަލާމަތް ކުރުމަކީ ފަސޭހަކަމަކަށް ނުވާނެ. އެއީކީ އާދައިގެ ކަމެއްނޫން. އާދައިގެ ފަންޑިތައަކުން ރަނގަޅު ކުރެވޭނެ ކަމެއްވެސް ނޫން." މުދިންބެ ވާހަކަތަކުން ވަހީދުގެ ހިތް އިތުރަށް ނުތަނަވަސްވިއެވެ. މުދިންބެ ގޮސް މުދިންބެގެ އެނދުދަށުގައި ހުރި ބޮޑު ލަކުޑި ފޮށްޓެއް ދަމާނެރުނެވެ. ހިރަފުސްއަރާ ފުރިފައިވާ އެފޮށި ހުޅުވާލިއެވެ. އޭގެތެރޭގައި ހުރީ މުދިންބެ ފަންޑިތަ ހަދަންބޭނުންކުރާ ފޮތްތަކާއި ތަވީދުތަކެކެވެ. މުދިންބެ ފޮށި ހާވާލާފައި ކަދުދާސް ކޮޅެއްގައި ލިޔެ، އެ އޮޅާފައި، ކުޑަ ބިއްލޫރި ފުޅިއަކަށް ލާފައި ކޮންމެވެސް އެއްޗެއް ކިޔަވާފައި ވާހިދު އަތައް ދިނެވެ. އަދި އެ ފުޅި ގެންގޮސް ގޭގެ ގޯތިތެރޭގައި ވަޅުލުމަށް ބުންޏެވެ. "އެކޮއެ މުދިންބެ މިބުނިގޮތަށް ކަންތައް ކުރޭ. މުދިންބެ އެކޮއެގެ ދަރިފުޅު ސަލާމަތް ކުރެވޭނެ ގޮތެއް ވޭތޯ ބަލާނެން". ވަހީދު ގެއަށް ގޮސް މުދިންބެގެ އިރުޝާދާއި އެއްގޮތަށް ގޭގެ ގޮތިތެރޭގައި ވަޅެއްކޮނެފައި އެ ފުޅި ވަޅުލިއެވެ.

އާރާ އޭނާއަށް ވަމުންދާ އާދަޔާ ޚިލާފު ކަންތައްތަކާއި މެދު ވިސްނަން އޮށްވައި ނިދުނެވެ. އާރާ ފުންނިދީގައި ވަނިކޮށް ކޮޓަރީގެ ދޮރު ހުޅުވިފައި ލެެއްޕުނެވެ. އެވަގުތު ކޮޓަރީގައި ދިއްލާފައި ހުރި ބޮކިވެސް ނިވިދިއްލުނެވެ. އާރާގެ ކޮޓަރީގެ ދޮރުމަށްޗަށް ފެހި ކުލައިގެ އަލިކޮޅެއް ފާޅުވިއެވެ. އިސާހިތަކު އެ އަލިކޮޅު އިންސާނެއްގެ ސިފައަށް ބަދަލުވިއެވެ. އަދި މަޑުމަޑުން ހިނގާފައި ގޮސް އާރާގެ އެނދުކައިރީ ހުއްޓުނެވެ. އިރުކޮޅަކު ނިދާފައި އޮތް އާރާގެ ރިވެތި ހަށިގަނޑަށް ބަލަން އެމީހަކު ހުއްޓެވެ. އާރާގެ ކައިރީ މަގަތުގައި އޭނާ އިށީނެވެ.

އާރާ އޮތީ ބޭރުން އައިގޮތަށް އެއްޗެހިވެސް ބަދަލު ނުކޮށް ނިދާފައެވެ. "އާރާ…" އޭނާގެ ކަންފަތް ދޮށުގައި މީހަކު ވައިއަޑުން ބުނެލިއެވެ. އާރާ މަޑުމަޑުން ލޯހުޅުވާ ބަލާލިއެވެ. އޭނާއަށް ކައިރީގައި މީހަކު ހުރިކަން އިހުސާސްވިއެވެ. ނަމަވެސް ބަންޑުން އޮށޯވެގެން އޮތުމުން އަނެއް ފަރާތުގައި ހުރި މީހެއް އާރާއަކަށް ނުފެނެއެވެ. އާރާ ބޭނުންވި ނަމަވެސް އޭނާއަށް ގުޑިވެސް ނުލެވުނެވެ. ހީވަނީ މީހަކު އޭނާގެ ހަތަރެސް ފައިގައި ހިފާޓާފައި ހުރިހެންނެވެ. އެ މީހަކު މަޑުމަޑުން އާރާއާ ދިމާއަށް ގުދުވެ އާރާގެ ކަންފަތް ކައިރީ ވާހަކަދައްކަން ފެށިއެވެ. "އާރާ… މަގޭ ލޯބިވާ އާރާ" އާރާއަށް ޔަގީންވީ އެއީ އޭނާއަށް އަބަދުމެ އިވޭ އަޑުކަމެވެ. ބިރުގަތްވަރުން އާރާ ދެލޯމަރާ ބާރުކޮށްލައިގެން އޮތީއެވެ. އާރާގެ ކައިރީ ހުރި މީހާ އޭނާގެ ގައިގައި ބީހެން ފެށިއެވެ. މިބީހުމުގެ ތެރެއިން އާރާ ހަނދާންވީ މަގުމަތިން މުހީން އޭނާގެ ގައިގައި ހަމަމިގޮތަށް ބީހުނުމަތިންނެވެ.

އާރާ ބިރުގަނެފައި ހުރިނަމަވެސް ހިތްވަރުކޮއްލާފައި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. "ތީ ކާކުތަ؟ އަހަރެން ގާގައި އަތްނުލާ ހެޔޮނުވާނެ." އާރާގެ އާދޭހުގެ އަޑާއެކު އެ މީހަކު ހުއްޓިފައި ބިރުބެރިކަމެއް އެކުލެވިގެންވާ އަޑަކުން ވާހަކަދައްކަން ފެށިއެވެ. "ބިރު ނުގަނޭ އާރާ. އަހަރެންނަށް ނުހުރެވިގެން މިތަނަށް މި އަންނަނީ. އާރާ އާ ދުރުގައި އަހަރެންނަކަށް ކެތެއްނުވޭ." އެ ބިރުވެރި އަޑުގައި ހިތާމައިގެ އަސަރުވާކަން އާރާއަށް އިހުސާސްވިއެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާފައި ހަސީނާ ވަނެވެ. އެވަގުތު އެ މީހަކުވެސް ގެއްލުނެވެ. އާރާއަށް ސިހިފައި ތެދުވެ އިށީނދެވުނެވެ. "ކިހިނެއްވީ މަންމާ؟" އާރާއަށް އަހާލެވުނެވެ. "ދަރިފުޅު މާ ބިރުންހުރެފައި އައިސް އޭގެފަހުން ހަބަރެއްނުވާތީ މިއައީ. ކީއްތި ކުރަނީ؟ ނިދީ ދޯ މިގަޑީ؟" ހުސްނާ ސުވާލު ކުރިއެވެ. އާރާ ބޯޖަހާލިއެވެ.

ދެމައިން އެކުގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށް ތައްޔާރުކުރުމުގައި އުޅެނިކޮށް ވަހީދު ގެއަށް އައެވެ. ތިންމީހުން އެކުގައި ކައިގެން ނުކުމެ ގޯތިތެރޭގައި ފިނިކޮށްލަން މަޑުކޮށްލިއެވެ. "ދަރިފުޅާ އާރާ ބައްޕަ ބުނާކަމެއް ކޮށްދީފާނަންތަ؟" ވަހީދު އެހިއެވެ. އާރާ ބޯ ޖަހާލިއެވެ. "މީގެ ފަހުން އިރުއޮށްސޭ ގަޑީގައި އަބަދުވެސް ގޭގައި ހުންނާތި. ބައްޕަ މިހެން މިބުނީ ދަރިފުޅަށް ރަނގަޅަކަށް. އެގަޑިއަކީ ބޭރުގައި އުޅެން އެހާ ރަނގަޅު ގަޑި އެއްނޫން." ވަހީދު އާރާއަށް ޝައްކުނުވާނެ ގޮތަށް ވާހަކަދެއްކޭތޯ ބެލިއެވެ. މުދިންބެ ބުނެފައި އޮތީ އިރުއޮއްސޭ ގަޑީގައި އާރާ ގެއިން ބޭރަށް ނުކުތަނުދިނުމަށެވެ. އާރާގެ ފުރާނަޔަށް ގެއްލުމެއް ވެދާނެތީއެވެ.

ނުނިމޭ

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.
25 Sep 2026
ބްރިޖުމަތިން ފުންމާލި މީހާ އެޑްމިޓްކޮށްފައި އޮއްވާ ހައްޔަރުކޮށްފި
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ބްރިޖުމަތިން މީހަކު ފުންމާލި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އެ ރޭ ދަންވަރު 00:44 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
25 Sep 2026
"ކޫލް" ބެލެނިވެރިއަކަށް ވުމަކީ ދަރިފުޅުގެ މުސްތަޤުބަލަށް އޮތް ހުރަހެއްތަ
ކޮންމެ މައެއް އަދި ބަފަޔަކީވެސް އެމީހުންގެ ދަރިންނާ އެކު ގާތް، އިތުބާރު ހިފޭ ގުޅުމެއް ބާއްވަން ބޭނުންވާނެ ބައެކެވެ. މި ޒަމާނުގައި ގިނަ ބެލެނިވެރިން މަސައްކަތް ކުރަނީ ދަރިންނަށް "ކޫލް" ނުވަތަ މާބޮޑަށް ދޫދޭ ރަހުމަތްތެރިއަކަށް ވާށެވެ. މިގޮތަށް ކަންތައް ކުރަނީ ހަރުކަށި އުސޫލުތައް ގެންގުޅުމުން ދަރިން ދުރުވެދާނެ ކަމަށް ނުވަތަ "ނޫނެކޭ" ބުނުމަކީ ގުޅުމަށް ބުރޫއަރާނެ ކަމެއް ކަމަށް ހީކުރެވޭތީއެވެ. ނަމަވެސް، ކުޑަކުދިންގެ ނަފްސާނީ ކުރިއެރުމާ ބެހޭ އިލްމުވެރިން (ޑިވެލޮޕްމެންޓަލް ސައިކޮލޮޖިސްޓުން) ވިދާޅުވާ ގޮތުގައި، ދަރިންނަށް ލޯތްބާއި އޯގާތެރިކަމާ އެކު، ދިރިއުޅުމުގެ އިންތަކާއި، ހައްދުތަކެއް (ބައުންޑަރީތަކެއް) ވެސް ބޭނުންވެއެވެ.
25 Sep 2026
ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެކި ރަށްރަށުގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "އިސްލާމީ ޢަޤީދާގެ މުހިންމުކަން" މި މައުޟޫޢުގެ މައްޗަށެވެ. ޚުތުބާގައި ފާހަގަކުރި ގޮތުގައި މާތް الله އަޅަކަށް ދެއްވާނެ އެންމެ ބޮޑު ނިޢުމަތަކީ ޞައްޙަ ޢަޤީދާގެ ނިޢުމަތެވެ. އަދި އެއީ މުސްލިމެއްގެ ހުރިހައި ޢިބާދާތާއި ހެޔޮ ޢަމަލުތަކުގެ އިތުރުން، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ އަސާސެވެ.