22 Dec 2019 | 13:19
އިންޑިއާގައި ރަށްވެހިކަމުގެ ގާނޫނާ ދެކޮޅު މުޒާހަރާގައި 23 މީހަކު މަރުވެއްޖެ

އިންޑިއާގައި ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި 23 މީހަކު މަރުވެއްޖެ އެވެ.

އިންޑިއާއިން ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ އެގައުމަށް ގަވައިދާ ހިލާފަށް އެތެރެވާ އަފްޣާނިސްތާން، ޕާކިސްތާން އަދި ބަންގުލަދޭޝްގެ މުސްލިމު ނޫން މީހުންނަށް ރަށްވެހިކަން ލިބޭނެ ގޮތް ހަދައިފަ އެވެ.

މި ގާނޫނާ ދެކޮޅަށް އިންޑިއާގެ އެކި ސްޓޭޓުތަކުގައި މުސްލިމުން ދަނީ މުޒާހަރާ ކުރަމުންނެވެ. އިންޑިއާ ގައި 200 މިލިއަނަށްވުރެ ގިނަ މުސްލިމުން ދިރިއުޅެއެވެ.

މިމަހުގެ އެގާރައިގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ސިޓިޒެންޝިޕް އެމެންޑްމެންޓް އެކްޓް (ސީއޭއޭ)އާ ދެކޮޅަށް އެގައުމުގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ މުޒާހަރާތަކުގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައި ވަނީ އުއްތަރަ ޕްރަދޭޝްއިންނެވެ. އެސްޓޭޓުގެ މުޒާހަރާތަކުގައި ފަނަރަ މީހަކު މަރުވެފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު ޕްރަވީން ކުމާރު މީޑިއާގައި ވިދާޅުވެފައި ވެއެވެ.

އުއްތަރަ ޕްރަދޭޝްގެ އިތުރުން އައްސާމާއި ބިހާރާއި ކަރުނާޓަކާގެ މުޒާހަރާތަކުގައި ވެސް މީހުން މަރުވެފައިވެ އެވެ.

އުއްތަރަ ޕްރަދޭޝް އާއި ދިއްލީ އާއި ކަރުނާޓަކާގެ ބައެއް ތަންތަނުގައި އެގާނޫނާ ދެކޮޅަށް މުޒާހަރާ ކުރުން މަނާ ކުރުމުން ފުލުހުންނަށް ވަނީ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފަ އެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ މުޒަހަރާ ރޫޅައިލުމަސް ބޭނުންކުރަނީ ހަމައެކަނި ކަރުނަ ގޭސް ކަމަށެވެ.

ނަމަވެސް ބައެއް މީހުން މަރުވެފައިވަނީ ބަޑި ޖަހައިގެން ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ. މުޒާހަރާތަކުގައި ހައްޔަރު ކުރި މީހުންގެ އަދަދު މިހާރު 2000 ކައިރި ކުރާނެ ކަމަށް މީޑިއާތަކުން ބުނެއެވެ.

މުޒާހަރާތައް ހޫނުވެ ބައެއް ސަރަހައްދުތަކުގައި ދަނީ ބޮޑެތި ހަމަނުޖެހުންތައް ހިނގަމުންނެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި އެބިލަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެއީ ސަރުކާރުން ގެންގުޅޭ ހިންދޫ ވަތަނީ އެޖެންޑާގެ ދަށުން އެގައުމުގެ 200 މިލިއަނަށް ވުރެ ގިނަ މުސްލިމުން އެކަހެރި ކުރުމަށް ފާސް ކުރި އިސްލާހެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޣައްޒާއަކީ މި ޒަމާނުގެ އެންމެ ލާއިންސާނީ ޖަލު ކަމަށް އެރުދޮޣާން ސިފަކޮށްފި
ބައްޕައެއް އަދި ކާފައެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން އެރުދޮޣާން ވިދާޅުވީ ޣައްޒާއަކީ ދުނިޔޭގައި ކުޑަކުދީންގެ އެންމެ ބޮޑު ޤަބުރުސްތާނު ކަމަށާއި ގުނަވަން ބުރިވެފައިވާ ކުޑަކުދީން ދުނިޔޭގެ ނިސްބަތުން އެންމެ ގިނައީ ވެސް ޣައްޒާގައި ކަމަށެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގެ ޢަސްކަރިއްޔާއިން 74,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެރުދޮޣާން ވިދާޅުވިއެވެ.
22 Sep 2026
އިމާމުންނާއި ހަތީބުންނަށް ހާއްސަ ހެދުމުގެ ނަކަލެެއް; ހިޔާލަށް ހުޅުވާލައިފި
މިނިސްޓަރު ވިދާޅުވީ މިއީ އަދި ފުރަތަމަ ސްޓޭޖުގައިވާ ކަމެއް ކަމަށާ މިކަން ނިމިގެންދާން ބޭނުންވަނީ ވީހާވެސް ގިނަ ހިޔާލުތަކާއިއެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް ކަމަށެވެ.
22 Sep 2026
ފީނަންގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
22 Sep 2026
ޓްރަމްޕް ތަޤުރީރު ކުރަން ފެށުމުން އީރާނުގެ ވަފުދު ޖެނެރަލް އެސެމްބްލީ ދޫކޮށް ނިކުމެއްޖެ
އދ. ގެ ޢާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރީން ނިއު ޔޯކަށް ޖަމާވާއިރު ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފާއިތުވެދިޔަ އަހަރުތަކުގައި ވެސް އީރާނުގެ ވަފުދުން ވަނީ ޖެނެރަލް އެސެމްބްލީ ދޫކޮށް ހޯލުން ނިކުމިފައެވެ. އަދި މިފަހަރުވެސް އެކަން ވަނީ ތަކުރާރުކޮށްފައެވެ.
22 Sep 2026
ޖަލަށް ލެވޭ މީހުން ވަނީ ގިނަ. ކުރިއަށް އޮތްތަނުގައިވެސް ވާނީ އިތުރު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ކައިރި މުސް ތަޤްބަލެއްގައި 300އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
22 Sep 2026
އެންމެ ގިނައިން ހޭދަ ކުރަންޖެހެނީ ބިހޭވިއަރ ތެރަޕީއަށް
ނިމިދިޔަ އޮގަސްޓް މަހު އެކަނިވެސް ތަފާތު އެކި ތެރަޕީތަކަށް އެންސްޕާއިން ޖުމްލަ 8.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން 2.7 މިލިއަން ރުފިޔާ ހޭދަވެފައިވަނީ ބިހޭވިއަރ ތެރަޕީތަކަށެވެ
22 Sep 2026
އީގަލް ހިލްސް މަޝްރޫއުއިން ރަސްމާލެ ވެގެންދާނީ ޒަމާނީ އިންޓަގްރޭޓެޑް ސިޓީއަކަށް
މިނިސްޓަރު ވިދާޅުވީ 500 ހެކްޓަރުގެ ސަރަޙައްދެއްގައި ތަރައްޤީކުރާ މި މަޝްރޫޢުގައި ތިން ރިސޯޓާއި ތަފާތު ފެންވަރުގެ ޕްރޮޕަޓީ ހިމެނޭ ޓައުންތައް ހެދުމުގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގެ ސްކޫލްތަކާއި ހޮސްޕިޓަލްތައް ވެސް ބިނާކުރާނެ ކަމަށެވެ
22 Sep 2026
ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށްފި
އެ އަޑުއެހުން ކެންސަލް ކުރީ ދައުލަތުގެ ފަރާތުން މައްސަލައިގައި ހާޒިރުވާ ވަކީލުން ބަލިވެ އުޅޭ ކަމަށް ބުނެ ދައުލަތުން އެދުމުންނެވެ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލު ކުރެއްވުމާއި ފައިސާ ލޯންޑާ ކުރެއްވުމުގެ ދައުވާއެވެ.