03 Jan 2020 | 15:28
ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން، އިތުރު ފަރާތަކަށް އެފުރުސަތެއް ނެތް: އަބްދުއްރަހީމް

2023 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކަމަށާއި އިތުރު ފަރާތަކަށް ޓިކެޓް ލިބުމުގެ ފުރުސަތު ނެތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމު މިފަދައިން ވިދާޅުވެފައި މިވަނީ، އިދިކޮޅު ކޯލިޝަނަށް މިހާރު އޮތީ ކޮޅުބެދިފައިވާ މަގެއްގައި ކަމަށާއި ކަމަށާއި އެހެން ގޮތެއް ހޯދަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އުމަރު ނަސީރު އިއްޔެ ވިދާޅުވެފައިވަނިކޮށެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅު ކޯލިޝަން ބައިބައި ކުރަން ސަރުކާރު ކޯލިޝަންގެ ތެރެއިންނާއި އެހެން ގޮތްގޮތުން ބަޔަކު މަސައްކަތް ކުރިޔަސް ކާމިޔާބު ނުވާނެ ކަމަށެވެ. އެ ކޯލިޝަންގެ އަމާޒަކީ 2023 ވަނަ އަހަރު ރައިސް ޔާމީން ވެރިކަމަށް ގެނައުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅު ކޯލިޝަން އޮތީ ކޮޅު ބެދިފައިވާ މަގެއްގައި ނޫން ކަމަށެވެ. އެ ކޯލިޝަންގެ އަމާޒަކީ 2023 ވަނަ އަހަރުގެ ޔާމީން ވެރިކަމަށް ގެނައުން ކަމަށާއި އެމަނިކުފާނު ނޫން އެހެން ބޭފުޅަކަށް ރިޔާސީ ޓިކެޓް ނުލިބޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ދަންނަވާލަން ބޭނުންވަނީ، ތިކުރާ މަސައްކަތް ކާމިޔާބުވިޔަކަ ނުދޭނަމޭ. ޕީޕީއެމް ޕީއެންސީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމުގެ ކުލަ ހުވަފެން ދެކެވަޑައިގަންނަވާނެ ކަމެއް ނެތް." އަބްދުއްރަހީމު ވިދާޅުވިއެވެ.

''ކޯލިޝަންގެ ލީޑާޝިޕްގައި ތިބީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ހިތްވަރު ހުރި ބައެއް. ހަނު ތިބުމަށް ފަހު ކުއްލިއަކަށް ނިކުމެ މިއަދު ބަޔަކު ދައްކާ ވާހަކައަކުން ކޯލިޝަންގެ ވިސްނުން ބަދަލެއް ނުވާނެ. ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕަކު ނުހުންނާނެ ރައީސް ޔާމީނަށް ހަރާން ކޯރުވާނެ އެއްވެސް މީހެއް.''އަބްދުއްރަހީމު ވިދާޅުވިއެވެ.

އަބްދުއްރަހީމު ވިދާޅުވީ ބަޔަކު ޖަހާ މަޅިއެއްގައި އިދިކޮޅު ފަރާތްތައް ނުބެދޭނެ ކަމަށެވެ. އިދިކޮޅު ކޯލިޝަން އޮތީ ސާބިތުކަމާއި އެކު ކަން ހާމަކުރައްވައި އޭނާ ވިދާޅުވީ، ކޯލިޝަންގެ އަމާޒަކީ ދެން އަންނަ ރިޔާސީ އިންތިޚާބެއްގައި ރައީސް ޔާމީނަށް ކާމިޔާބު ހޯދައިދީ އެމަނިކުފާނު ވެރިކަމަށް ގެނައުން ކަމަށެވެ.

އަބްދުއްރަހީމު މިހެން ވިދާޅުވި އިރު، ރައީސް ޔާމީން މިހާރު ހުންނެވީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑަރިންގެ ދައުވާގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއްގައެވެ. އެހެންކަމުން 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ރައީސް ޔާމީނަށް ވަނީ ވަރަށް ކުޑަވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ