ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
އެގޮތުން 6 ޖެނުއަރީއިން ފެށިގެން ރަށު ކައުންސިލަރ، ކައުންސިލްގެ ރައީސް، އަތޮޅު ކައުންސިލްގެ ރައީސް، ސިޓީ ކައުންސިލަރ، ކައުންސިލްގެ މޭޔަރ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް ހޮވުމަށް އޮންނަ އިންތިޚާބުތަކުގައި އެޕާޓީގެ ޓިކެޓްގައި ވާދަކުރާ ފަރާތް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މި ޕްރައިމަރީގައި ވާދަކުރަން އެދޭ ފަރާތްތަކުން ފެބްރުއަރީ މަހުގެ 5ވަނަ ދުވަހުގެ 20:20ގެ ކުރިން ފޯމް ހުށައަޅަން ޖެހެެއެވެ. މި ފޯމް ހުށައަޅަންޖެހެނީ މ.ކުނޫޒުގައި ހުންނަ ޖޭޕީގެ ހެޑްކުއާޓާޒްއަށެވެ. ނުވަތަ އީމެއިލް މެދުވެރިކޮށެވެ.
މި ޕްރައިމަރީތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 12ވަނަ ދުވަހުގައެވެ.