13 Jan 2020 | 15:33
އެމްޑީޕީގެ މެންބަރުންނަށް ހިތްހަމަޖެހުން ނުލިބެނީ ކޯލިޝަނަށް ބައި އަޅަންޖެހޭތީ: ނަޝީދު

އެމްޑީޕީގެ ވެރިކަމެއް އޮތް ނަމަވެސް ރަށްރަށުގައި ތިބި އާންމު މެންބަރުންނަށް އެކަމުގެ ހިތްހަމަޖެހުން ނުލިބިގެން އުޅެނީ ސަރުކާރު ކޯލިޝަނަށް ބައި އަޅަންޖެހޭތީ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ހއ. އިހަވަންދޫއަށް ވަޑައިގެން މިއަދު ދެއްކެވި ވާހަކައިގައި ރައީސް ނަޝީދު ވިދާޅުވީ، ޕާޓީގެ މެންބަރުންނާއި ޕާޓީގެ މަސައްކަތުގައި އުޅުނު މީހުންނަށް ހައްގުވާ މިންވަރު ނުލިބެނީ ކޯލިޝަނަށް ބައިއަޅަން ޖެހޭތީ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އުފެދިގެން އައުމާ އެކުގައި ރައްޔިތުންގެ އިތުރުން އެމްޑީޕީގެ އާންމު މެންބަރުންނަށް ވެސް އޭގެ ފުރިހަމަ ހިތްހަމަޖެހުމެއް ލިބިގެން ނުދާކަން ފެންނަ ކަމަށެވެ.

'' މި ރަށްތަކުގައިވާ އެމްޑީޕީގެ މެމްބަރުންނަށް ވެރިކަމުގެ ފުރިހަމަ ހިތްހަމަ ޖެހުމެއް ލިބިގެން ހޯދިގެން މި ނާންނަނީ, އަޅުގަނޑަށް ފެންނަ ތަނުގައި އޭގާވާ ސިއްރަކީ އިއްތިހާދު. މި ޕާޓީގެ މެންބަރުންނަށްވެސް އަދި ޕާޓީގެ މަސައްކަތުގައި މިއޮތްހާ ޒަމާނު އުޅުނު މީހުންނަށް ހައްގުވާ މިންވަރު، އެމީހުންނަށް ލިބެން ޖެހޭ ބައި، ނުލިބި މިދަނީ އެބައި އެހެން ތަންތަނަށް އަޅަންޖެހޭ މިންވަރުން.'' ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޯލިޝަނުން ވަކިން ވާދަކޮށްގެން އެމްޑީޕީން 65 ގޮނޑި ކާމިޔާބުކުރިކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އެ އިންތިހާބުން ރައްޔިތުން ތިބި ގޮތް ވަރަށް ސާފުވެއްޖެ ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުން ތިބި ގޮތް އެ އިންތިހާބުން ސާފުވެއްޖެ. ރައްޔިތުން ނެތް ގޮތަކަށް ރާއްޖޭގެ ވެރިކަމެއް ނޯންނާނެ. ރައްޔިތުންގެ ފިކުރު، ހިޔާލު އޮތް ގޮތަކަށް މި ރާއްޖޭގެ ވެރިކަން ތަރުތީބުވެގެން ދާން ޖެހޭނީ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ކޯލިޝަނުން ވެރިކަން އުފެދުނު ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާ ރައްޔިތުން ދެއްކީ އެހެން ގޮތަކަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބު އެމްޑީޕީއަށް މުހިއްމުވާ ސަބަބަކީ ވެސް އެއީ ކަމަށެވެ. ލާމަރުކަޒީ ނިޒާމުގެ ސިޔާސަތުތައް ދަންނާނެ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ ކަމަށާއި ސަރުކާރު އެ ގޮތުގައި ތަރުތީބު ކުރުމަށްޓަކައި އެމްޑީޕީއަށް އެ އިންތިހާބު ކާމިޔާބު ކުރުން މުހިއްމު ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Jun 2026
ބޮސްނިއާ ބަލިކޮށް ސްވިޒަރލޭންޑުން، ނޮކްއައުޓް ބުރަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި
މެޗްގެ ބޮޑުބައި މާބޮޑު ފޯރިއެއްނެތި ކުރިއަށްދަނިކޮށް މެޗްގެ އޮއިވަރު ބަދަލުވީ، ބަދަލުކުޅުންތެރިއެއްގެ ގޮތުގައި އުމުރުން 20 އަހަރުގެ ޖޯހަން މަންޒަމްބީ ކުޅެން ނިކުމެ ޖެހު ލަނޑާއެކުގައެވެ.
18 Jun 2026
ފުށިދިއްގަރުފަޅު ކަނޑުއޮޅިތެރެއިން އެއްޗެހިތަކެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ
މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ މި ސަރަހައްދުން އިރުމައްޗަށްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ބުންޏެވެ.
18 Jun 2026
އަބުރުވެރިކަމަކީ އެންމެންގެ ހައްގެއް، އެކަން ކަށަވަރުކުރަން ގުޅިގެން މަސައްކަތް ކުރަންޖެހޭ: ފަސްޓްލޭޑީ
އެކަމަނާ އެކަމަށް ގޮވާލެއްވީ، 13 ވަނަ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީގެ ބައެއްގެ ގޮތުގައި މިއަދު ބޭއްވި، 8 ވަނަ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
18 Jun 2026
މި މަސް ނިމުމުގެ ކުރިން ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ލުއި ދެނީ
ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބޭންކުން ވިއްކާ ޑޮލަރުގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
18 Jun 2026
ވިލިމާލޭގައި މާލޭ ޓެކްސީ ލައިންގެ ހިދުމަތް ފަށައިފި، ހަތަރު ކާރު ބޭނުންކުރާނެ
މާލެ ޓެކްސީ ލައިން ހިންގާ އެމްޓީސީސީން ބުނީ ވިލިމާލޭގައި ހިދުމަތް ދިނުމަށް ހަތަރު ކާރު ބޭނުން ކުރާނެ ކަމަށެވެ. އެއީ ދެ ސައިޒެއްގެ ކާރުތަކެވެ.
18 Jun 2026
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 12 ބިދޭސީއަކު ހައްޔަރުކޮށްފި
އެގޮތުން އިމިގްރޭޝަނުން ވަނީ މި މަހުގެ 15 ވަނަ ދުވަހު ހުޅުމާލެ ފޭސް 1ގައި ހުރި ގަރާޖެއްގައި ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ.
18 Jun 2026
ސަރުކާރު ވައްޓާލާކަށް ނޫޅެން، ހަމަނުޖެހުމެއް ނުއުފައްްދާނަން: ނަޝީދު
"އަޅުގަނޑު ފުލުހުންނަށް ވެސް އިލްތިމާސްކުރަން މިއީކީ ސަރުކާރު ވައްޓާލަން ނިކުންނަނީއެއް ނޫން. މިއީ ސުލްހަވެރި ހިނގާލުމެއް, މުޒާހަރާއެއް, އަޑު އުފުލުމެއް," ނަޝީދު ވިދާޅުވި އެވެ.
18 Jun 2026
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖް އަތުލައިގަނެފި
ކަސްޓަމްސްއިން ބުނި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފު ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިއްޔެ މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.