13 Jan 2020 | 17:07
ހުޅުމާލޭ ހޮސްޕިޓަލްގެ ޑޮކްޓަރަކާއި އިތުރު ދެ ކުއްޖަކު ހިމަބިއްސަށް ޕޮޒިޓިވް!

ހުޅުމާލޭ ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ ޑޮކްޓަރަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އޮންލައިން ނޫސް "ސަން" އިން ރިޕޯޓްކުރާ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރަކު ހިމަބިިހި ނުވަތަ މީސްލްސްއަށް ޕޮޒިޓިވްވެފައިވާކަން އެ ނޫހަށް ވަނީ ކަށަވަރުވެފައެވެ. މިއީ އެ ހޮސްޕިޓަލްގައި މަސައްކަތްކުރާ 30 އަހަރުގެ ދިވެހި ޑޮކްޓަރެކެވެ.

މިއާއި އެކު މިއީ މިއަހަރުގެ މިހާތަނަށް ހިމަބިއްސަށް ޔަގީންވި ތިންވަނަ ފަރާތްކަން ފާހަގަކޮށްލެވެއެވެ. މިފަރާތުގެ އިތުރުން ޕޮޒިޓިވްވެފައިވަނީ ތިން އަހަރާއި 17އަހަރުގެ ދެ ކުދިންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލަކީ ހިމަބިހި ޖެހުނު ކުޑަކުއްޖާ ހިމަބިހި ޖެހިފައިވާ މުއްދަތުގެ ތެރޭގައި ޒިޔާރަތްކުރި ތަނެކެވެ.

ހިމަބިއްސަކީ ވައިގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއްކަމުން ތިރީގައިވާ ތަންތަނަށް އެވަގުތުތަކުގައި ދިޔަ ފަރާތްތަކުގެ ތެރެއިން ދެ ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށް މީސްލްސް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

4 ޖެނުއަރީ 2020، ރޭގަނޑުން އަށަކުން 11އަށް ހުޅުމާލޭ ހޮސްޕިޓަލް

5 ޖެނުއަރީ 2020، ހަވީރު ފަހަކުން ރޭގަނޑު ނުވަޔަކަށް ހުޅުމާާލެ ހޮސްޕިޓަލް

6 ޖެނުއަރީ 2020، ރޭގަނޑު ހަތަކުން ދިހަޔަކަށް ސެނަހިޔަ ހޮސްޕިޓަލް

7 ޖެނުއަރީ 2020، ރޭގަނޑު ހަަތަކުން ދަންވަރު ދޭކަށް ހުޅުމާލެ ހޮސްޕިޓަލް

8 ޖެނުއަރީ 2020، ހެނދުނު 11:30 އިން މެންދުރު 1:30އަށް ޓްރީޓޮޕް ހޮސްޕިޓަލް

1-9 ޖެނުއަރީ 2020ގެ ހަވީރުގެ ވަގުުތުތަކުގައި ހުޅުމާލޭ ސެންޓްރަލް ޕާކާއި އެ ސަރަހައްދުގެ ކެފޭތައް

މަތީގައި ބަޔާންކުރެވިފައިވާ ތަންތަނުގައި އެވަގުުުތު ތިބި ފަރާތްތަކުގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކުން ވެކްސިން ދޭ މަރުކަޒަކަށް ގޮސް ވެކްސިން ޑޯޒްތައް ފުރިހަމަ ކުރުމަށާއި، 21 ދުވަހުގެ ތެރޭގައި ހުންއައުމާއި ހަމުގައި ބިހި ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ހޫތީން މައްކާއަށް ޑްރޯން ހަމަލާއެއް އަމާޒު ކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
ހޫތީންގެ ސިޔާސީ ބިއުރޯގެ މެންބަރު ޙިޒާމް އަލް އަސަދު ވަނީ ރިޔާޛުން ކުރާ ތުހުމަތު ސިފަކޮށްފައިވަނީ ބޮޑު ދޮގެއް ކަމުގައެވެ. މައްކާގެ ވައިގެ ސަރަޙައްދާ ދިމާއަށް ހޫތީންގެ ޑްރޯންއެއް ދަތުރުކުރި ކަމަށް ސަޢޫދީން ބުނެފައިވެއެވެ.
16 Sep 2026
ގެއަށް ރަނގަޅީ ހުދު ލައިޓުތޯ ރީނދޫ ލައިޓުތޯ؟
ލައިޓުގެ ކުލަ ކަނޑައެޅެނީ ކެލްވިން (ކޭ) އިން މިންކުރާ ކަލާ ޓެމްޕެރެޗާ އިންނެވެ. ރީނދޫ ލައިޓް ނުވަތަ ވޯމް ލައިޓްގެ ކެލްވިން 2700 އާއި 3000 އާ ދެމެދުގައި ހުންނައިރު އެ ލައިޓުން ފެންނާނީ އިރުއޮއްސޭ ވަގުތު ނުވަތަ އުއްބައްތިއެއްގެ ހޫނު ރީނދޫ ކުލައެވެ. ހުދު ލައިޓް ނުވަތަ ކޫލް ލައިޓުގެ ކެލްވިން 4000 އާއި 6500 އާ ދެމެދުގައި ހުންނައިރު އެއިން ދޭ އައްޔަކީ ސާފު ހުދު ނޫ ކުލައެއްގެ ތޫނު އައްޔެކެވެ. އެހެންކަމުން ކެލްވިން ދަށްވާ ވަރަކަށް އަލި ހޫނު ރީނދޫކުލައަކަށް ބަދަލުވެ މައްޗަށް ދާ ވަރަކަށް ހުދު ނީލާ ކުލައަކަށް ބަދަލުވެއެވެ.
16 Sep 2026
ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު ޔަޤީންކުރުމަށް އިލްތިމާސްކޮށްފި
ޑިވިޑެންޑް ޓެކުހާ ގުޅޭ ޤާނޫނީ ލާޒިމުކުރުންތަކާ އެއްގޮތަށް ފައިދާ ދޫކުރުމަށްޓަކައި ހިއްސާދާރުން ޓެކްސް ދައްކަންޖެހޭ ޤައުމުގެ މަޢުލޫމާތު ބެލުމަށްފަހު އެ މަޢުލޫމާތު އަޕްޑޭޓުކުރުމަށް ދިރާގުން މިއަދު އިލްތިމާސްކޮށްފިއެވެ.
16 Sep 2026
ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
އެ ސަމާލު ނެރެފައިވަނީ ފަތިހު 5:30 އިން ހެނދުނު 11:30 އާ ހަމައަށެވެ. މެޓުން ބުނީ އެ ވަގުތުތަކުގައި ބޯކޮށް ވާރެވެހުމާ އެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލާ ހަމައަށް ވައިގަދަވެދާނެ ކަމަށެވެ.
16 Sep 2026
ސަޕްލައި ދޯންޏެއް އަރިއަޅާލައި ކާށިދޫ ކަނޑަށް ދިޔަވަނީ
ފުލުހުން ބުނީ "ސީލައިން 3" ނަމަކަށް ކިޔާ ސަޕްލައި ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތައް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެން ދިޔުމުގެ ސަބަބުން އެ ދޯނި އަރިއަޅާލައި ދިޔަވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 09:57 އެހައިކަންހާއިރު ކަމަށެވެ.
16 Sep 2026
ޕީއެންސީގެ ނައިބު ރައީސްކަމަށް 6 ބޭފުޅަކު އިންތިޚާބުވެއްޖެ
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަމުގެ މަގާމަށް ހަ ބޭފުޅަކު އިންތިޚާބުކޮށްފިއެވެ. މި އިންތިޚާބުގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ މަޖިލިސް މެންބަރު އަސްމާ ރަޝީދު އަދި މުހައްމަދު ނިމާލަށެވެ.
16 Sep 2026
ހުޅުމާލޭގައި އެކްސިޑެންޓުވި ދެބަފައިންގެ ތެރެއިން ބައްޕަ ނިޔާވެއްޖެ
ފުލުހުންގެ މީޑިއާ އޮފިޝަލް "ވޮއިސް" އަށް މައުލޫމާތު ދެމުން ވިދާޅުވީ، 2026 އޮގަސްޓް 31 ވަނަ ދުވަހުގެ ހެނދުނު 07:36 އެހައިކަންހާއިރު ހުޅުމާލެ ފޭސް 2 ގެ ދުނބުރިގަސްމަގާއި ހީނާމާހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި 62 އަހަރުގެ ދިވެހި ފިރިހެން މީހާ ނިޔާވެފައިވަނީ ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އޭނާއަށް ފަރުވާ ދެމުންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.
16 Sep 2026
ޝޯޓް ކަޓް ދޫކޮށް ރަނގަޅު ގޮތުގައި ބަރުދަން ލުއި ކުރާނެ ގޮތް
ބަރުދަން ލުއިކުރާ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ބައެއް މީހުންގެ ފަރާތުން "10 ދުވަހުން 10 ކިލޯ ލުއިކުރެވޭ" ކަމަށް ބުނެ އެކިއެކި އެއްޗެހީގެ ވާހަކަތައް ދައްކާ އަޑު އިވެއެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުން އެ ކަހަލަ ”ޝޯޓްކަޓް“ ތަކަށް ޝައުގުވެރިވަނީ އެހާ އަވަހަށް ނަތީޖާ ފެންނާނެ ކަމަށް ވައުދުވާތީއެވެ. އެކަމަކު ހަޤީޤަތަކީ އެ ގޮތް ނޫން ގޮތެއް ޚިޔާރުކުރުން މާ ބުއްދިވެރިވާނެ ކަމެވެ. މިއަދު މި ބަލައިލަނީ ޝޯޓް ކަޓް ދޫކޮށް ރަނގަޅު ކެއުމާއި ކަސްރަތުން ހިކުމުގެ ފައިދާތަކަށެވެ.