14 Jan 2020 | 17:02
ރައީސް ޞާލިހް ފަރުތަކުގެ ދިރުން ބައްލަވައިލައްވައިފި

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުން، ރާއްޖޭގެ ކަނޑުތަކުގެ ދުޅަހެޔޮކަމުގެ ޙާލަތު ދެނެގަތުމުގެ ގޮތުން ކުރާ ދިރާސާގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

މި ދިރާސާ ޕްރޮގްރާމަކީ ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ހިންގާ ދުރު ރާސްތާ މަޝްރޫއެކެވެ.

ރައީސް އޮފީހުން ބުނީ، މި ދިރާސާގެ ހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ހދ .އަތޮޅުގައި މި ދިރާސާ ކުރިޔަށްގެންދިއުމުގައި ބޭނުންކުރާ ބޯޓަށް ވަޑައިގެން ދިރާސާގެ މަސައްކަތްކުރިޔަށްގެންދަވާ ޓީމުގެ ބައިވެރިންނާ ބައްދަލުކުރައްވައި ދިރާސާ ކުރިޔަށްދާ ގޮތާބެހޭ މައުލޫމާތު ހޯއްދަވާފައި ކަމަށެވެ.

މީގެ އިތުރުން ފަރުގެ ދިރުންތައް ބައްލަވާލެއްވުމުގެ ގޮތުން ފީނުމުގެ ހަރަކާތެއްގައި ވެސް ރައީސް ސޯލިހު ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ރާއްޖޭގެ ކަނޑުތަކުގެ ދުޅަހެޔޮކަމުގެ ހާލަތު ދެނެގަތުމުގެ ގޮތުން ރާއްޖޭގެ ކަނޑުފަޅުތަކުގައި މި ދިރާސާ ކުރުމުގެ ބޭނުމަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގާނީ ކަނޑުފަޅުގެ މާހައުލާއި، އެ މާހަޙައުލުގެ ދިރުންތަކަށް ބުރޫ ނާރާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއިއެކުގައިކަން ކަށަވަރު ކުރުމަށް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި، މި ދިރާސާގައި އެއްކުރެވޭ މައުލޫމާތު ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވިގޮތެއްގައި ކުރިޔަށްގެންދިޔުމުގެ އިތުރުން ރާއްޖޭގެ ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކުރުމަށް ސިޔާސަތު ކަނޑައެޅުމުގައި ބޭނުން ކުރާނެއެވެ.

ރާއްޖޭގައި ކުރިޔަށްގެންދާ މިދިރާސާގައި ބައިވެރިވަނީ ވައިޓް އިންސްޓިޓިއުޓްގެ އިތުރުން ސްކްރިޕްސް އިންސްޓިޓިއުޓް އޮފް އޯޝަނޯގްރަފީއާއި ނެޝަނަލް ޖިއޯގްރެފިކްގެ ޕްރިސްޓިން ސީސްއާއި ނެކްޓޮން ޑީޕް އޯޝަން އެކްސްޕްލޮރޭޝަނާއި ފިޝަރީޒު މިނިސްޓްރީގެ ފަންނީ ބޭފުޅުންގެ އިތުރުން މެރިން ރިސާޗް ސެންޓަރުގެ ސައިންސްވެރިންނާއި ފަންނީ ތަޖުރިބާކާރުންނެވެ.

މި ދިރާސާގައި ރާއްޖޭގެ އުތުރާއި ދެކުނުގައިވާ ފަރުތަކުގެ ހާލަތު ބަލައި، މަހުގެ އާބާދީ ވަޒަންކުރުން ފަދަ މުހިއްމު މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވެއެވެ. މި މައުލޫމާތު އެއްކުރުމަށް ސްކޫބާ ޑައިވް ކޮށްގެން ސާމްޕަލް ނެގުމާއި ފަހުގެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން އެތެރެވަރީގެ މާހައުލާއި އެތަނުގައިވާ މައުދަންތަކުގެ އެކުލެވުން ވަޒަންކުރުމަށް ކެމެރާ ބޭނުންކުރެވޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

މި ދިރާސާތަކާ ބެހޭ ގޮތުން އެއްކުރި މައުލޫމާތު ދިވެހި ސަރުކާރަށް ރިޕޯޓް ހުށަހަޅާނެ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، މި ދިރާސާގެ ސަބަބުން ކުރިޔަށްއޮތްތަނުގައި ރާއްޖޭގެ މަސްވެރިކަމާބެހޭ ސިޔާސަތު އެކުލަވާލުމާއި ކަނޑުތަކުގެ ދިރުމާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، އެފަދަ ކަންކަމުން ކުރިމަތިވާ ނުރައްކާ ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެހީތެރިވެދޭނެއެވެ. އަދި އެންވެރިކަމާއި މަސްވެރިކަން އާލާވާ ސަރަހައްދުތަކާއި ދުވަސްވަރުވެސް ދެނެގަނެވި، އެ މައުލޫމާތުތައް ލިބުމުން، ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް، އިތުރަށް މަގުފަހި ވެގެންދާނެއެވެ.

މީގެއިތުރުން މި ދިރާސާ ނިމޭއިރު، ކޮންމެ ރަށު ކައުންސިލަކަށްވެސް، މުހިންމު ފައިދާތަކެއް ކުރާނެއެވެ. އެގޮތުން އެ ރަށެއްގެ ކަނޑުގެ ތިމާވެށީގެ ޙިމާޔަތަށް ކުރަންވީ ކަންކަން ސާފުވެގެންދިއުންފަދަ ފައިދާތައް މީގެ ތެރޭގައި ހިމެނެއެވެ.

ރާއްޖޭގެ ކަނޑުތަކުގެ ދުޅަހެޔޮކަމުގެ ހާލަތު ދެނެގަތުމުގެ ގޮތުން ކުރާ މި ދިރާސާއަކީ މިއީ ރާއްޖޭގެ ތާރީހުގައިވެސް މިހާ ފުޅާ ގޮތެއްގައި، ސައިންޓިފިކް ހަމަތަކުގެ މަތިން، މިފަދަ އިލްމީ ދިރާސާއެއް ކުރެވޭ ފުރަތަމަ ފަހަރު ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Jun 2026
ރައީސް ޑރ.މުއިއްޒު މިރޭ ހާމަކޮށްދެއްވީ ދަރަނި ދެމިގެން ގޮސްފައިވާ މިންވަރު
އެންމެ ބޮޑަށް ދައްކަންޖެހެނީ ރައީސް ސޯލިހް ވެރިކަމުގައި ނެގި ލޯނުތަކަށެވެ. އެގޮތުން އެ ލޯނުތަކަށް އަދިވެސް ނުދައްކާ 1.1 ބިލިއަން ޑޮލަރު އެބައޮތެވެ
14 Jun 2026
އާރަށް މައްސަލަ: އާ ހެކިތައް ބަލައިގަތުމާމެދު އަންނަމަހު ގޮތެއް ނިންމަނީ
ސްޕްރީމް ކޯޓުގައި މިހާރު އޮތް މި މައްސަލާގައި މީގެކުރިން އެ ކޯޓުގައި ވާހަކަދައްކަވަމުން ދައުލަތުން ބުނެފައިވަނީ، އައު ހެކިތަކެއް ހުށަހަޅާފައިވަނީ، ދިފާއުން ހުށަހެޅި ހެކިވެރިން ދޮގު ހަދައި، އެ ފަރާތްތައް ދެއްކެވި ވާހަކަ ތަކުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން ކަމަށެވެ.
14 Jun 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތެލެސީމިއާ ސެންޓަރަށް ހާއްސަ ޒިޔާރަތެއް
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބަލިމީހުންގެ ވޯޑާއި، ލޭ ހަދިޔާކުރާ ޑޯނަރުންގެ ވޯޑުގެ އިތުރުން ލެބޯޓްރީއާއި ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރުގެ ހާލަތު ބައްލަވާލައްވައި، އަދާހަމަ މައުލޫމާތު އޮޅުންފިލުއްވާފައެވެ
14 Jun 2026
އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުންކުރާނެ ގޮތުގެ ޓްރެއިނިން ފުލުހުންނަށް ދީފި
އެމެރިކާގެ ގެ ޑިޕްލޮމެޓިކް ސެކިއުރިޓީ އެންޑް އެންޓި ޓެރަރިޒަމް އެސިސްޓެންޓް ޓީމުގެ ފަރާތުން ކުއްތާ ގެންގުޅޭނެ ގޮތާގުޅޭ ހާއްސަ ޓްރެއިނިންގ ތަކެއް ފުލުހުންނަށް ކުރިއަށް ގެންގޮސްފިއެވެ.
14 Jun 2026
ފިނޭގައި އިމާރާތްކުރި ފުލުހުންގެ މަރުކަޒު ހުޅުވައިފި
ފިނޭގައި އިމާރާތްކުރި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެރަށަށް ވަޑައިގެންނެވި ދަތުރުފުޅުގައެވެ
14 Jun 2026
ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ފަރުމަސް ބޭނުމުގެ މުބާރާތެއް
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން އިންތިޒާމުކުރާ ހާއްސަ ފަރުމަސްވެރިކަމުގެ މުބާރާތެއް ބޭއްވުމަށް ނިންމައި، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
14 Jun 2026
ޤަވާއިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރުމަށް 6 މަސްދުވަހުގެ ފުރުޞަތެއް ދީފި
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އަލަށް އެކުލަވާލި "ކާބޯތަކެތި ބަންދުކުރުމާއި، ލޭބަލްކުރުމުގެ ގަވާއިދު" އަށް ފުރިހަމައަށް ޢަމަލުކުރުމަށްޓަކައި، ކާބޯތަކެތި އުފައްދާ އަދި އިމްޕޯޓްކުރާ ފަރާތްތަކަށް 6 މަސްދުވަހުގެ މުއްދަތެއް ދީފިއެވެ.
14 Jun 2026
ޚާމަނައީ ފަސްދާނުލުމުގެ ރަސްމިއްޔާތު ޖުލައި މަހު ބާއްވަނީ
ދައުލަތުގެ މީޑިއާއިން ހާމަކުރި ގޮތުގައި، ޚާމަނައީގެ ޖަނާޒާގެ ކަންކަން ޖުލައި މަހުގެ 4 ވަނަ ދުވަހު ތެހެރާނުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭނާ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 9 ވަނަ ދުވަހު އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައެވެ.