ރ.އަތޮޅުގެ ބައެއް ރަށްރަށަށް އުދައަރަނީ

23 Jan 2020 | 00:09

ރ.އަތޮޅުގެ މީހުން ދިރިއުޅެމުންދާ ބައެއް ރަށްރަށަށް އުދަ އަރަން ފަށައިފިއެވެ.

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ރަށްތަކަށް ދަނީ ވަރަށް ގަދައަށް އުދައަރަމުންނެވެ. މީގެ ސަބަބުން އެ ރަށްތަކުގެ ބަނދަރުމަތި ސަރަހައްދު ފެންބޮޑުވެފައިވާކަން ފާހަަގަކޮށްލެވެއެވެ.

އުދައަރަމުންދާކަމަށް މިހާތަަނަށް އެނގިފައިވާ ރަށްތަކަކީ ރ.އިނގުރައިދޫ، ރަސްމާދޫ، ފައިނު އަދި ކިނޮޅަހެވެ. 

މިކަމާއި ގުޅިގެން ވޮއިސްއަށް މައުލޫމާތުދެއްވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވިދާޅުވީ އިނގުރައިދޫ ދާއިރާާގެ އިންނަމާދޫ ފިޔަވައި އެހެން ހުރިހާ ރަށްތަކަށް އުދައަރަމުންދާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަންތައްތައް ކައުންސިލްތަކާއި ގުޅިގެން ވަަރަށް ގާތުން ބައްލަަވަމުންދާ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އުދައަރަމުންދާ މަައްސަލަ ހައްލުކުރުމަށް މިރަށްތަކުން ދަނީ ކަމާއިބެހޭ އިދާރާތަކާއި އެކު މަަސައްކަތް ކުރަމުންނެވެ.

Advertisement

ކޮމެންޓް