23 Jan 2020 | 13:38
އިދާރާތަކުގައި ތިބި ކޯލިޝަން މެންބަރުންގެ ސަބަބުން މަޝްރޫއުތައް ހިންގަން ދަތިވޭ: ނަޝީދު

ސަރުކާރުގެ އިދާރާތަކުގައި ތިއްބެވި ކޯލިޝަންގެ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫޢުތައް ހިންގުމަށް ހުރަސްއެޅެމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލެ އަތޮޅު ގުރައިދޫ އެމްޑީޕީ ޖަގަހަ ހުޅުވުމަށް ރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގައި ތިބި ކޯލިޝަންގެ މެންބަރުންގެ ވިސްނުން ހުރީ ރައީސް ސޯލިހު ގައުމު ހިންގަން ބޭނުންފުޅުވާ ގޮތާއި ހިލާފަށް ކަމަށް ވާތީ، ބައެއް ފަހަރަށް ރައީސްގެ މަސައްކަތްތައް ހުއްޓުން އަރާ ކަމަށެވެ.

ރައީސް ސޯލިހު ކަންކަން ކުރައްވަން ބޭނުންފުޅުވާ ގޮތާއި މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުން ބޭނުންފުޅުވާ ގޮތާ ހިޔާލު ތަފާތުވުމަކީ ކަންކަން ލަސްވުމަށް މެދުވެރިވާ ސަބަބު ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެސަބަބުތަކާ ހެދި ރާއްޖޭގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަނޑައަޅަންވީ އެމްޑީޕީގެ ފިކުރު ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން އަދި ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭން ބޭނުންވާ އެތައް މަޝްރޫއުތަކެއް މިއަދުވެސް ހުއްޓިފައިވަނީ ކޯލިޝަންގެ ސަބަބުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

''އަޅުގަނޑުމެން މި ތިބީ އިއްތިހާދެއްގައި. ބައެއް ވުޒާރާތައް އަދި ބައެއް ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގަވަމުން ގެންދަވަނީ އެމްޑީޕީގެ މެންބަރެއްނެއް ނޫން. އެއީ މިކަން އޮތް ގޮތް. އެހެންވީމަ އަޅުގަނޑުމެންގެ މަޝްރޫއުތަކަށް އަދި މި ޕާޓީގެ އަމާޒުތަކަށް، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަށް ވަރަށް ގިނަ ފަހަރަށް ހުއްޓުން އާދޭ. ވަރަށް ގިނަ ފަހަރަށް ހުރަސް އާދޭ. ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ނަޝީދު ވިދާޅުވީ، ރާއްޖެ ބަދަލުކުރަން ބޭނުންވަނީނަމަ، އެންމެ ފުރަތަމަ ދިވެހިން އިންސާނުންނަށް ވާން އެބަޖެހޭ ކަމަށެވެ. އިންސާނީ އާންމު އުސޫލުތަކުގައި ދިރިއުޅޭ ބަޔަކަށް ދިވެހިން ވާންޖެހޭ ކަމަށެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މުއައްސަސާތަކުންވެސް ތާއަބަދުމެ ފާރަލާލާ ތިބެންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕޭނާއި ގުޅޭގޮތުން ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެމްޑީޕީން ތިބީ މޮޅުވާން ނުކުމެ ކަމަށާއި އެމްޑީޕީއާ ވާދަކުރެވޭނެ އެއްވެސް ސިޔާސީ ޕާޓީއެއްވެސް އަދި ސިޔާސީ ވެރިއެއްވެސް މި ރާއްޖޭގައި ނެތް ކަމަށެވެ.

''ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަޅުގަނޑާ ދެ މީހުން މިތިބީ ދަތުރަށް އަރާފަ. އަޅުގަނޑުމެން މިތިބީ މޮޅުވާން ނުކުމެ. އަޅުގަނޑުމެންނާ އިރާދުކުރެއްވިއްޔާ ވާދަކުރެވޭނެ ހަމަ އެއްވެސް ސިޔާސީ ޕާޓީއެއްްވެސް، ސިޔާސީ ވެރިއެއްވެސް މި ދިވެހި ރާއްޖެއަކު ނުހުންނާނެ.'' ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖް ސަރަހައްދަށް އުރުނު ބޯޓުތަކުގެ މައްސަލަ 241 ކޮމިޓީއަށް
ހުށަހެޅުއްވި މައްސަލައިގައި ވަނީ، މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް، ކަންހިނގައިދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ
12 Sep 2026
ޝީ ޖިންޕިންގް ހަތް އަހަރަށް ފަހު އިންޑިއާއަށް
ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިއަދު ނިއު ދެއްލީއަށް ވަޑައިގެން 18 ވަނަ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގެންފިއެވެ.
12 Sep 2026
ބްރިޖްގައި ބޯޓު ޖެހުނު ހާދިސާގައި ކަމާބެހޭ އިދާރާތަކުން ޖަވާބުދާރީ ވާންޖެހޭނެ
އެމްޑީޕީން ބުނީ ހާދިސާ ހިނގަން މެދުވެރިވީ ސަލާމަތީ އެއްވެސް ކަމެއް ފުރިހަމަނުވާކަން ކަމާބެހޭ އިދާރާތަކަށް އެނގިތިބެ، އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ސަބަބުން ކަމަށެވެ
12 Sep 2026
މިއަދު ހަވީރާ ހިސާބަށް ރާއްޖޭގެ ބޮޑު ސަރަހައްދަށް ވިއްސާރަކުރާނެ
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ
12 Sep 2026
އައްޑޫސިޓީ ފޭދޫގެ ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް
އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީ، ގއ. އަތޮޅު، ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށްވެސް މެދުނުކެނޑި ބޯކޮށް ވާރޭވެހެމުންދާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ
12 Sep 2026
ނޫސްވެރިޔާ އާލިމްގެ ފުރަތަމަ ފޮތް "އޭ ހިތާއެވެ. ކެތްތެރިވާށެވެ" ޕްރީ އޯޑަރަށް
ދިރިއުޅުމުގައި ކުރިމަތިވާ ދަތި ޙާލަތްތަކާ ބެހޭ ގޮތުން ލިޔެފައިވާ މި ފޮތުގައި ވާނުވާ ނޭނގޭ ދަނޑިވަޅުތަކާއި މަގުގެއްލޭ ވަގުތުތަކާއި ހިތާމައިގެ ދުވަސްތަކުގައި ކެތްތެރިވާނެ ގޮތްތައް ގެނެސްދީފައިވެއެވެ.
12 Sep 2026
8 ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރަންސް ފަށައިފި
މި ކޮންފަރެންސްގެ ސަބަބުން ކިޔަވައިދިނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ފެންވަރުގެ އައު މައުލޫމާތާއި، ކިޔަވައިދިނުމުގެ ޒަމާނީ އުކުޅުތައް ދަސްވެ، ރާއްޖޭގެ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ