އދ.ގެ ވަފްދެއް އަދީބާއި ބައްދަލުކޮށްފި

28 Jan 2020 | 12:10

އދ.ގެ އޮފީސް އޮފް ދަ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ ވަފްދަކުން، މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސްގެ  ރައީސް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ބައްދަލުކޮށްފިއެވެ.

އެމްޓީޑީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެފަރާތްތަކުގެ އެދުމުގެ މަތިން ސަރުކާާރުން ހަމަޖައްސައިދިން ބައްދަލުވުމެއްގައި މިވަގުތު ގޭބަންދުގައި ހުންނެވި އަދީބު ބައިވެރިވެ ވަަޑައިގަންނަވާފައިވާާ ކަމަށާއި، މި ބައްދަލުވުމުގައި އަދީބާއި ބެހޭގޮތުން މިހާރު ކުރިއަށްދާ މައްސަލަތަކާއި ބެހޭގޮތުން ވާހަކަދެކެވުނު ކަމަށެވެ.

މީގެ އިތުރުން އައިސީސީޕީއާރުގެ ދަށުން ލިބިދޭ ހައްގުތަކާއި މިިނިވަންކަމާއި އަދި ރާއްޖެއިން ތަސްދީގުކޮށްފައިވާ އިންސާނީ ހައްގުތަކާއި ގުޅޭ ގާނޫނުތަކާއި ބެހޭގޮތުން ވާހަކަދެކެވުނުކަމަށް އެޕާޓީން ބުނެފައިވެއެވެ.

މި ބައްދަލުވުމުގައި އަދީބު ވަނީ އެމްޓީޑީގެ މަސައްކަތާއި އަސާސްތަކުގެ މައުލޫމާތު ވަފްދުގެ ބައިވެރިންނަށް ފޯރުކޮށްދީ، އެޕާޓީއަކީ ހުރިހާ ބާވަތެއްގެ ހަރުކަށިކަމާއި ރުޅިވެރިކަމާއި ދެކޮޅު ޕާޓީއެއްކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް