ހަތަރު ފަނޑިޔާރެއްގެ މައްސަަލަ ބަލަން ޖޭއެސްސީން ނިންމައިފި

29 Jan 2020 | 11:41

ހަތަރު ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުކުރެވޭ ސުލޫކީ މައްސަލަތަކެއް ބެލުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމަށް، ކޮމިޝަންގެ ގާނޫނުގެ 22.1ވަނަ މާއްދާގެ ބ ގައިވާ ފަދައިން މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމާ ކޮމެޓީން ބެލުމަށްފަހު، އޭގެ ތެރެއިން 18 މައްސަލައެއް ތާވަލްކުރެވުނު ކަމަށެވެ.

މީގެ ތެރެއިން ކޮމެޓީން ބަލަން ނިންމި ހަަތަރު މައްސަލައެއް ބެލުމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލެވުނުކަމަށް ޖޭއެސްސީން މައުލޫމާތުދެއެވެ.

ތަހުގީގު ކޮމެޓީން ބެލުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ފަނޑިޔާރެއްގެ މައްސަލައެވެ. އެއީ:

1) އދ.ދަނގެތީ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް މުހައްމަދު އާމިރު

2) ގއ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަބްދުލްމުހްސިން އަބްދުލްހަކީމް

3) ޅ.ޖުޑީޝަލް ދާއިރާާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މޫސާ 

4) ސިވިލް ކޯޓުގެ އިސްގާޟީ އަބްދުﷲ އަލީ، އެވެ.

Advertisement

ކޮމެންޓް

Advertisement