ސްރީލަންކާާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް އާ ހައިކޮމިޝަނަރެއް އައްޔަންކުރަނީ

12 Feb 2020 | 20:46

ސްރީލަންކާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގައި ހުންނަ އެގައުމުގެ ހައިކޮމިޝަނަށް އާ ހައިކޮމިޝަނަރެއް އައްޔަން ކުރެއްވުމަށް ނިންމައިފިއެވެ.

ސްރީލަންކާގެ ފަރާތުން ދިވެހިރާއްޖޭގައި ހުންނަ ހައިކޮމިޝަނަރގެ މަގާމަށް އައްޔަންކުރުމަށް ނިންމާފައިވަނީ އެގައުމުގެ މަޝްހޫރު ދުވަސްވީ ލަވަކިޔުންތެރިއެއް އަދި އެކްޓަރެއް ކަމުގައިވާ ރޮހަނަ ބެއްޑަގޭއެވެ.

އެގައުމުގެ ނޫހެއްކަމުގައިވާ ފައިނޭންޝިއަލް ޓައިމްސްއިން ރިޕޯޓްކުރާ ގޮތުގައި އެބޭފުޅާގެ ނަން ދިރާސާކުރުމަށް މިހާރު ވަނީ ގާނޫނު ހަދާ މަޖިލީހުގެ ކޮމެޓީއަކަށް ފޮނުވާާފައެވެ. މިކޮމެޓީން ރޮހަނަ ބެއްޑަގޭގެ ނަން ދިރާސާ ކުުރުމަށްފަހު އައްޔަންކުރުމަށް ފެންނަތޯ ނުފެންނަތޯ ލަފާދޭނެއެވެ.

ފާާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 30ވަނަ ދުވަހުގައި ވަނީ ލަންކާާއިން ރާާއްޖެއަށް ކަނޑައެޅި ސަފީރުގެ ހައިސިއްޔަތުން ކޮހޮނަ ވަލައްވެ ނިމަލް ދަރްމަކީރްތި ކަރުނަރަތުނެ، މަގާާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އަރުވާާފައެވެ. ފައިނޭންޝިއަލް ޓައިމްސްއިން ރިޕޯޓްކުރާ ގޮތުގައި އެގައުމުން ވަނީ މިދިޔަ ސަރުކާރުގައި ސިޔާސީ ހައިސިއްޔަތުން ސަފީރުންގެ މަގާާމުތަކަށް އައްޔަންކުރެވުނު ފަރާތްތަކުން އަލުން އަނބުރާ ގައުމަށް ގެނެސްފައެވެ.

ސްރީލަންކާާއަކީ ދިވެހިރާއްޖެއާއި ޚާރިޖީ ގުޅުންތައް އެންމެ ފުރަތަަމަ ގާއިމްކުރި ގައުމުތަކުގެ ތެރެއިން ހިމެނޭ ގައުމެކެވެ.

Advertisement

ކޮމެންޓް

Advertisement