ޑރ.ބިލާލް ފިލިޕްސްގެ އިވެންޓް މަޑުޖައްސާލައިފި

18 Feb 2020 | 21:27

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ބިލާލް ފިލިޕްސް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާާ އިވެންޓް ފަސްކޮށްފިއެވެ.

ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފް ވިދާޅުވީ އުފައްދަމުންދާ ސުވާލުތަކާއި ކަންބޮޑުވުންތަކާއި ގުޅިގެން ކަމާއިގުޅޭ އިތުރު ބައެއް އިދާރާތަކުގެ ލަފާ ހޯދުމަށް ޑރ.ބިލާލް ފިލިޕްސްގެ އިވެންޓް މަޑުޖައްސާލާފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެ އިވެންޓް ނުބޭއްވުމަށް އެދި ގިނަ ސިޔާސީ ފަރާތްތަކުން ވަނީ ވާހަކަދައްކަވާފައެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ވެެސް ވަނީ ބިލާލް ފިލިޕްސް ރާާާއްޖެއަށް ގެނައުމާާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

ފާހަަގަކޮށްލެވޭ ގޮތުގައި ބިލާލް ފިލިޕްސްއަކީ މީގެ ކުރިންވެސް ރާާއްޖެއަށް ވަޑައިގެން ދީނީ ދަރުސް ދެއްވުމުގެ ޕްރޮގްރާމްތައް ހިންގަވާފައިވާ ފަރާތެކެވެ.

ނަަމަވެސް ބިލާލް ފިލިޕްސްއަކީ ދީނީގޮތުން ހަރުކަށި ފިކުރަށް ތާއިދުކޮށް އެފަދަ ފިކުރު ފަތުރަން މަސައްކަތް ކުރާ ފަރާތެއްކަމަށްބުނެ، އެބޭފުޅާ ބައެއް ގައުމުތަަކަށް އެރުން ވަނީ މަނާކޮށްފައެވެ.

Advertisement

ކޮމެންޓް