21 Feb 2020 | 22:00
މަރުކަޒީ ތަރައްގީގެ ނަތީޖާއަކީ ރަށްތައް ފަޅުވެގެން ދިއުން: ރައީސް ޞާލިހު

ޒަމާނުއްސުރެ ދިވެހިރާއްޖެ މަރުކަޒީ އުސޫލަކުން ތަރައްގީކުރުމުގެ ނަތީޖާއަކީ މީހުން ދިރިއުޅޭ ރަށްތައް ފަޅުވެގެން ދިއުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ "ރަށްވެހި ފަތިސް" އިފްތިތާހުކުރުމަށް މާލޭ ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޞާލިހު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ ދައުރަކީ މުހިންމު ދައުރެއްކަމަށާއި، އެފަރާތްތަކުން ކުރަން އޮތް އެންމެ މުހިންމު މަސައްކަތަކީ ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތް ދިނުން ކަމަށެވެ. އެގޮތުން ތަރައްގީގެ މަޝްރޫއުތައް މޮނީޓަރކޮށް ތަންފީޒުކުރުމުގެ މަސައްކަތްވެސް ކައުންސިލްތަކުން ކުރަންޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 500އަށްވުރެ ގިނަ މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވާއިރު، މަރުކަޒީ ނިޒާމެެއްގެ ދަށުން މިކަން ކުރުމަކީ ނާދިރުކަމެއްކަމަށެވެ. އެގޮތުން ލާމަރުކަޒީ ނިޒާމާއި ބެހޭ  ގާާނޫނަށް ގެނެވުނު އިސްލާހާއިއެކު، މިފަދަ މަޝްރޫއުތައް ހިންގުމުގެ ގާނޫނީ ބާރު ކައުންސިލްތަކަށް ދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާާނު އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން މަރުކަޒީ އުސޫލުން ތަރައްގީގެ ކަންތައްތައް ކުރިއަށް ގެންދިއުމުގެ ނަތީޖާއަކީ ރަށްތައް ފަޅުވެގެން ދިއުންކަމަށެވެ. އަދި އެކަމުގެ ސަބަބުން މާލެއަށް ތޮއްޖެހުމުގެ މައްސަލަ ދިމާާވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ދިވެހި އެތައް ޖީލުތަކެއްގެ ދިރިއުޅުން މާާލޭގައި ވޭތުކުރަމުންދާކަން އެމަނިކުފާާނު ފާާހަގަކުރެއްވިއެވެ.

މިރޭގެ ވާާހަކަފުޅުގައި ރައީސް ވަނީ ނިމިދިޔަ ޕްރައިމަރީއަށް ރިއާޔަތްކުރައްވާ އެމްޑީީޕީގެ އެތެރޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާކުރަން ޖެހިފައިވާކަމަށާއި، ޕާޓީގެ ލީޑަރުން އެކަން ކުރައްވާާނެކަމަށް އުންމީދުކުރައްވާާކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.
15 Sep 2026
އެމްއެންޔޫގެ "ސާގާފީ ސައި" ހަރަކާތް ފަށައިފި
ތަފާތު ޤައުމުތަކާއި ސަގާފަތްތަކުން އެމްއެންޔޫގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމުގެ ބޭނުމުގައި ބޭއްވި މި ހަރަކާތް މިހާރު ވެފައި ވަނީ ޔުނިވާސިޓީގައި ގަވާއިދުން ކުރިއަށް ގެންދާ ޙަރަކާތަކަށެވެ. ދަރިވަރުންގެ މެދުގައި ގާތް ގުޅުމެއް ބިނާކޮށް ސަގާފީ ހޭލުންތެރިކަން އިތުރުކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤުޞަދެވެ.
15 Sep 2026
ޕީއެންސީން ހަމަނުޖެހުމަށް ޖާގަ ނުދިނުމަށް ރައީސް އިލްތިމާސްކުރައްވައިފި
ޒިންމާދާރުކަން ކުޑަ ޢަމަލުތަކުން ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޕީއެންސީގެ ލަޝްކަރުން ޖާގަ ދީގެން ނުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެ، ޤައުމު އިސްކުރުމަށް ގޮވައިލައްވައިފިއެވެ.
15 Sep 2026
ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައެއް ނޫން
ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެމަނިކުފާނު ފަނޑިޔާރުންނަށާއި ސިޔާސީންނަށް އަނިޔާވެރިވި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
15 Sep 2026
މައިކްރޯސޮފްޓަށް ބަރޯސާވުން ކުޑަކުރުމަށް ސްވިޒަލޭންޑުގައި މަޝްރޫޢެއް
ބޭރުގެ ޓެކްނޮލޮޖީ ކުންފުނިތަކަށް ބަރޯސާވުން ކުޑަކޮށް، ޑިޖިޓަލް މިނިވަންކަން (ޑިޖިޓަލް ސޮވަރިންޓީ) ކަށަވަރުކުރުމުގެ ގޮތުން، ސަރުކާރުގެ އިދާރާތަކުގައި އޯޕަން ސޯސް ސޮފްޓްވެއާ ބޭނުންކުރުމަށް ސްވިޒަލޭންޑް ސަރުކާރުން 11 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު (9 މިލިއަން ސްވިސް ފްރޭންކް) ޚަރަދުކުރުމަށް ފާސްކޮށްފިއެވެ.
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ