25 Feb 2020 | 21:20
ރައީސް ޔާމީން އާއި އިމްރާނުގެ ބައްދަލުވުމުގެ މައުލޫމާތު ހާމަކުރެވޭކަށް ނެތް: ކޮމިޝަނަރު އޮފް ޕްރިޒަންސް

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާ ބައްދަލުކުރައްވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅުތައް މީޑިޔާތަކަށް ހާމަކުރެވެން ނެތް ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

އަހުމަދު މުހައްމަދުފުޅާއި ހަވާލާދެއްވައި ރާއްޖެ އެމްވީގައި ބުނެފައިވަނީ، ރައީސް ޔާމީނާ ބައްދަލުކުރެއްވީ ސީދާ މިނިސްޓަރު އިމްރާނު އެކަމަށް އެދިވަޑައިގަނެގެން ކަމަށެވެ.

އިއްޔެ ރައީސް ޔާމީނާ ހޯމް މިނިސްޓަރު ޢިމްރާނުގެ އިތުރުން ކޮމިޝަނަރު އޮފް ޕްރިޒަންސް ބައްދަލުކުރެއްވި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނެފައިވެއެވެ.

ކަރެކްޝަނުން ކުރި ޓުވީޓުގައި ބުނެފައިވާ ގޮތުން އެބައްދަލުވުމުގައި އިމްރާނާއި ކޮމިޝަނަރު އޮފް ޕްރިޒަންސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސް ޔާމީނުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައިވާނެ ކަމުގައިވެސް އެޓުވީޓުގައި ވެއެވެ.

އިއްޔެ އިމްރާނު ރައީސް ޔާމީނާ ބައްދަލުކުރެއްވިއިރު އިއްޔެ ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ރައީސް ޔާމީނުގެ މައްޗަށް އިތުރު ތުހުމަތުތަކެއް ކޮށް ތަހުގީގުކުރުމަށް އެމަނިކުފާނު ފުލުހަށް ހާޒިރުވެވަޑައިގަތުމަށް އަންގާފައިވާ ކަމަށް ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ.މުހައްމަދު ޖަމީލު އަހުމަދު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާާނުގެ މައްޗަށް ހުކުމް ކުރީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު، އެސްއޯއެފް ކުންފުނި މެދުވެރިކޮށް އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރިކަން ސާބިތުވެގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
އައިއޯއެމްއާ ގުޅިގެން ޓްރެފިކިން ހުއްޓުވުމުގެ މަޝްވަރާ ބާއްވައިފި
އައިއޯއެމްގެ ޗީފް އޮފް މިޝަން ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި، މީހުން ޓްރެފިކްކުރުމުގެ ތަޙުޤީޤުތައް ހަރުދަނާކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.