02 Mar 2020 | 17:21
ބިގަށް ބަދަލުދޭން ޖެހޭ މައްސަލައިގައި ޕީއެސްއެމްއިން ސުޕްރީމް ކޯޓަށް

ޕަބްލިކް ސާރވިސް މީޑިޔާ (ޕީއެސްއެމް)ގެ ފަރާތުން ބިޒްނަސް އިމޭޖް ގްރޫޕް ނުވަތަ ބިގަށް 78މިލިޔަން ރުފިޔާ ދައްކަން ޖެހޭކަމަށް ސިވިލް ކޯޓުން ހުރި ހުކުމް، ސުޕްރީމް ކޯޓުން އިސްތިއުނާފަށް ބަލައިގަތުމަށް ނިންމައިފިއެވެ.

ހައިކޯޓުން އިސްތިއުނާފަށް ބަަލައިނުގަތް މި މައްސަލަ މިދިޔަ އަހަރުގެ ފަހުކޮޅުގެ ތެރޭގައި ޕީއެސްއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅިކަމަށް މިހާރު ނޫހުގައި ވަނީ ބުނެފައެވެ. މިދިޔަ މަހުގެ ފަހުކޮޅު އެ ކޯޓުން އެ މައްސަލަ ބަލައިގަތުމަށް ނިންމައި، އެ މައްސަލަ ހުށަހެޅުމުގެ ހުއްދަ ދީފައިވާކަމަށް ވަނީ ބުނެފައެވެ.

ނަަމަވެސް މި މައްސަލަ ޕީއެސްއެމްގެ ފަރާތުން އިސްތިއުނާފު ކުރިކަން މިހާތަނަށް އެނގިފައެއް ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ބިގް ކުންފުންޏަށް ޕީއެސްއެމްގެ ފަރާތުން މިހާ ގިނަ އަދަދެއްގެ ފައިސާ ދޭންޖެހުނީ  ޖޫން 7، 2016ގައި ސިވިލް ކޯޓުން ކުރި ހުކުމަކާއި ގުޅިގެން، އެމްއެންބީސީގެ ދަރަނިތަކުގެ ބަލަދުވެރިޔާގެ ހައިސިއްޔަތުންނެވެ. އެއީ އެމްއެންބީސީއާ އެކު ވެފައި އޮތް އެއްބަސްވުމުގެ ދަށުން ބިގް ކުންފުންޏަށް ލިބެން ޖެހޭ ފަސް މިލިޔަން ރުފިޔާ ނުލިބި އޮތުމުން، އެ ފައިސާއާއި ޖޫރިމަނާއަށްވީ ފައިސާ ހޯދަން އުފުލި ދައުވާއެކެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން 2014ވަަނަ އަހަރު ނެރުނު އެމްއެންބީސީގެ ޚާއްސަ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުން ބިގްއަކީ، އެމްއެންބީސީގެ އެކްސްކްލޫސިވް ސޭލްސް އޭޖެންޓެވެ. ނަމަވެސް އެކަމުގެ ތެރޭގައި އަޑި ނޭނގޭ އެތައް ކަމެއްވާކަމަށް އެ އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އެގޮތުން ބިގްއަށް އެކަން ދޫކުރީ ބިޑަކުން ކަމުގައިވިޔަސް، ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންކަން ހުރުމުން އެ މައްސަލަ ތަހުގީގުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅުމަށް ވަނީ ލަފާދީފައެވެ. އަދި އެމްއެންބީސީން ބިގްއަށް ދޭންޖެހޭ އެއްވެސް ފައިދާއެއް ނުދިނުމަށް ވަނީ އަންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jul 2026
ޕްރެޝަރު ބޮޑުވުމުން ފުލުހުން ބުނީ، ބްރިޖްގައި ސްޓަންޓް ޖެއްސި މީހުން ޖޫރިމަނާކުރިކަމަށް
އާއްމުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަން ފެށިތާ ގާތްގަނޑަކަށް ފަސް ގަޑިއިރުފަހުން ފުލުހުން ބުނެފައިވަނީ، ސްޓަންޓް ޖެއްސި މީހުން ޖޫރިމަނާ ކޮށްފައިވާކަމަށެވެ
25 Jul 2026
ސިނަމާލެ ބްރިޖްގައި ސްޓަންޓް ޖެއްސި ސައިކަލްތައް ފުލުހުން ޓޯކޮށްފި
ސައިކަލްތައް ޓޯކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަކަށެވެ.
25 Jul 2026
އެއް ނަމްބަރު ސަރަހައްދަށް ދެން އަންނަން އޮތީ ކޮން ބަދަލެއް؟
25 Jul 2026
މިނިވަން ދުވަހާ ގުޅިގެން އުރީދޫއިން ހާއްސަ އޮފާތަކެއް
މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް އޮފާއަކީ "މިނިވަން 61 ޕެކް" ގެ ނަމުގައި ހުޅުވައިލި ޑޭޓާ ޕެކެވެ. މި ޕެކުގެ ދަށުން 61 ރުފިޔާ ދައްކައިގެން 24 ގަޑިއިރަށް 61 ޖީބީގެ ޑޭޓާ ލިބޭނެއެވެ
25 Jul 2026
އެޕޯލޯ ކްރިސްޓަލް ރެސިޑެންޓުގައި ރޯވި އަލިފާންގަނޑު ނިއްވާލީ ދޮރު ހަލާކުކޮށްލައިގެން ވަދެ
އަލިފާން ރޯވެ ދުން އަރަންފެށުމާއެކު، އާއްމުން އެކަން ރިޕޯޓްކުރުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުޓީމާއި ފުލުހުން ވަރަށް އަވަހަށް އެ ސަރަހައްދަށް އެޓެންޑްވި މަންޒަރު ވޮއިސްގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ
25 Jul 2026
އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށަނީ
25 Jul 2026
ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު ފާހަގަކުރެއްވީ، ރާއްޖޭގެ ތަރައްޤީއަށް ދެއްވާ އަހަމިއްޔަތުކަން
ބައްދަލުވުމުގައި ރައީސް ޑރ.މުއިއްޒު ވަނީ ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް، ޚާއްޞަކޮށް ދިވެހި ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ވެދެއްވާފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައި
25 Jul 2026
މުޒާހަރާތަކާ ގުޅިގެން އިންޑިއާގެ ތައުލީމާބެހޭ ވަޒީރު އިސްތިއުފާދެއްވައިފި
ޕްރަދާން އިސްތިއުފާދެއްވާފައިމިވަނީ ކޮކްރޯޗް ޖަންތާ ޕާޓީން ހަފުތާތަކެއް ވަންދެން ކުރި މުޒާހަރާތަކާ ގުޅިގެން ކުރިމަތިވެވަޑައިެގެންނެވި ފިއްތުންތަކުގެ ސަބަބުންނެވެ