ދައުރުވަމުންދާ ވީޑިއޯއިން ނަގާފައިވާ މަންޒަރެއް
ހަބަރު
26 Jul 2026 | 00:38
ޕްރެޝަރު ބޮޑުވުމުން ފުލުހުން ބުނީ، ބްރިޖްގައި ސްޓަންޓް ޖެއްސި މީހުން ޖޫރިމަނާކުރިކަމަށް

ބްރިޖްގައި ސްޓަންޓް ޖައްސާ އުސޫލުން ސައިކަލް ދުއްވި މައްސަލާގައި ހިމެނޭ މީހުން ޖޫރިމަނާކުރިކަމަށް ފުލުހުން ބުނެފިއެވެ.

އާއްމުންގެ ހިތްތަނުގައި ބިރުވެރިކަން އުފެދޭގޮތަށް ސްޓަންޓް ޖައްސާ ބީދައިން ސިނަމާލެ ބްރިޖްގައި ސައިކަލް ދުއްވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މި މައްސަލާގައި އެންމެ ފުރަތަމަ ވާހަކަދައްކަމުން ފުލުހުން ބުނެފައިވަނީ، އެމީހުން ދުއްވި ސައިކަލްތައް ފުލުހުން ޓޯކޮށްފައިވާކަމަށެވެ. މިވާހަކަ މީޑިއާތަކުން ރިޕޯޓްކުރުމާ ގުޅިގެން ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ އުޅަނދު ދުއްވި މީހުންނަށް ފިޔަވަޅެއް ނާލައި ސައިކަލްތައް ޓޯކުރިގޮތާމެދު ސުވާލު އުފައްދައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

އާއްމުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަން ފެށިތާ ގާތްގަނޑަކަށް ފަސް ގަޑިއިރުފަހުން ފުލުހުން ބުނެފައިވަނީ، ސްޓަންޓް ޖެއްސި މީހުން ޖޫރިމަނާ ކޮށްފައިވާކަމަށެވެ. އެގޮތުން ސައިކަލް ދުއްވި ފަރާތްތަކުގެ ތެރެއިން ދެ މީހަކު 2,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން އަނެއް ފަރާތް 4,000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

ސިނަމާލެ ބްރިޖްގައި ސްޓަންޓް ޖެއްސި މައްސަލާގައި ހިމެނޭ ސައިކަލްތައް ވަނީ 30 ދުވަހަށް ހިފަހައްޓާފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.