''ކޮރޯނާވައިރަސްއައި ގުޅިގެން ސީޒަން ހުއްޓާލަންޖެހޭ ހާލަތަށް ގޮސްފިއްޔާ އެކަން ގަބޫލުކުރާނަން''

12 Mar 2020 | 15:04

ކޮރޯނާވައިރަސްއައި ގުޅިގެން ފުޓްބޯޅަ ސީޒަން ހުއްޓާލަންޖެހޭ ހާލަތަށް ގޮސްފިއްޔާ އެކަން ގަބޫލުކުރާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗް ޝޯލްޝާ ބުނެފިއެވެ.

ކޮރޯނާ ވައިރަސްގެ އަސަރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކޮށްފައިވާއިރު ކުޅިވަރުގެ ދުނިޔެއަށްވެސް ވަނީ މިވައިރަހުގެ ސަބަބުން ހީނަރުކަން މެދުވެރިވެފައެވެ.

ޔޫރޯޕާ ލީގުގައި އޮސްޓްރިއާގެ ލާސްކްގެ އަދި ޔުނައިޓެޑް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ވަނުމަށް އޮސްޓްރިއާގެ ސަރުކާރުން ހުއްދަދީފައިވަނީ 500 ސަޕޯޓަރުންނަށެވެ.

މިކަމާގުޅޭގޮތުން ޝޯލްޝާ ބުނީ ގޮތް ނިންމާނީ ކަމާބެހޭ މާހިރުން ކަމަށައި މުހިންމީ އާންމުންގެ ސިއްހަތަށް ރައްކާތެރިވުން ކަމަށެވެ. އޭނާގެ ޓީމު އޮތީ މެޗަށް ތައްޔާރަށް ކަމަށައި ސަޕޯޓަރުން ދަނޑުގައި މަދުވާބައި ފޫބައްދާނީ ޓީމު ތެރޭ ރޫހު އާލާކޮށްގެން ކަމަށެވެ.

އިއްޔެ ޔުނައިޓެޑުން ނެރުނު ސްޓޭޓްމަންޓެއްގައި ވަނީ މި ސީޒަނުގައި އެ ކްލަބުގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް އެއްވެސް ބަދަލަކާ ނުލާ ކުރިއަށް ދާނެ ކަމުގައިވެ. އެހެންކަމުން ލާސްކް އަދި ޔުނައިޓެޑް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗް ކުޅޭނީ ސަޕޯޓަރުން ދަނޑަށް ވައްދައިގެންކަން މިވަގުތަށް ވަނީ ކަށަވަރުވެފައެވެ. 

Advertisement

ކޮމެންޓް

Advertisement