ދިރާގު ކަސްޓަމަރ ސަރވިސް ސެންޓަރުތައް 19-26 މާރިޗު އަށް ބަންދުވާނެ

19 Mar 2020 | 09:27

ދިރާގު ކަސްޓަމަރ ސަރވިސް ސެންޓަރުތައް 19 – 26 މާރިޗު 2020 އަށް ބަންދުވާނެ ކަމަށް އެކުންފުނިން ހާމާ ކޮށްފިއެވެ.

ދިރާގުން ބުނީ ކޮވިޑް19ގެ ބަލިމަޑުކަމާ ބެހޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އާއި ކަމާބެހޭ އިދާރާތަކުން ދެއްވާދައިވާ އިރުޝާދުގެ ދަށުން ދިރާގު ކަސްޓަމަރ ސަރވިސް ސެންޓަރުތައް 19 – 26 މާރިޗު 2020 އަށް ބަންދުވާނެ ކަމަށެވެ.

ދިރާގުން އެކުންފުނީގެ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައިވާނީ ދިރާގު މޮބައިލް އެޕް އަދި ވެބްސައިޓުގައިވާ ދިރާގު މައިއެކައުންޓް މެދުވެރިކޮށް ކަސްޓަމަރުންގެ ޚިދުމަތްތައް މެނޭޖްކުރެއްވުމަށެވެ. އަދި ކޮންމެހެން ގުޅުއްވަން ޖެހިއްޖެ ހާލަތެއްގައި ދިރާގު ވެބްސައިޓުގައި ވާ ލައިވް ޗެޓް، އައިމެސެޖިންގ، ވައިބަރ ހެލްޕް އަދި ފޭސްބުކް މެސެންޖަރ ފަދަ ޑިޖިޓަލް ޗެނަލްތައް ބޭނުންކުރެއްވުމަށެވެ.

ދިރާގުން އިތުރަށް ވިދާޅުވީ އެކުންފުނިން އަބަދުވެސް ބަލަނީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް އެހީތެރިވެ، ލުއިފަސޭހަ ފޯރުކޮށްދިނުމަށްކަމަށެވެ.

Advertisement

ކޮމެންޓް

Advertisement