ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތުގައި ބޭއްވުނު ލޯގޯ ފަރުމާކުރުމުގެ މުބާރާތުން އެއް ވަނަ ލޯގޯ (ވ) ލޯގޯ ފަރުމާ ކުރި ފަރުހާދު -- ފޮޓޯ: ވޮއިސް
ހަބަރު
25 Jun 2025 | 23:52
މިނިވަން 60 ގައި ބޭނުންކުރާނީ މި ލޯގޯ، އެއްވަނަ ފަރުހާދަށް

ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތުގައި ބޭއްވުނު ލޯގޯ ފަރުމާކުރުމުގެ މުބާރާތުން އެއް ވަނަ އަށްހޮވިފައިވާ ލޯގޯ އާންމުކޮށްފި އެވެ.

ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ވަނީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބޭނުން ކުރާނެ ލޯގޯއެއް ފަރުމާ ކުރުމަށް ހުޅުވާލާފަ އެވެ. އިމާނަކަށް 30,000 ރުފިޔާ ކަނޑައެޅި އެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތުގައި ބޭއްވުނު ލޯގޯ ފަރުމާކުރުމުގެ މުބާރާތުން އެއް ވަނަ އަށް ހޮވިފައިވަނީ އާންމުކޮށްފައިވާ ލޯގޯ ކަމަށެވެ.

‏މި ލޯގޯ ކުރެހީ ކުޅަދާނަ ފަންނާނު ހދ. ނޭކުރެންދޫ ވާރޭ ވިލާ، ފަރުހާދު އިބްރާހީމެވެ. އެ މިނިސްޓްރީން ވަނީ އޭނާއަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުވާފަ އެވެ.

ފަރުހާދަކީ ވަރަށް ކުޅަދާނަ ފަންނާނެކެވެ. ވަރަށް މޮޅު ކެލިގްރާފަރެކެވެ. ވަރަށް ރީތިކޮށް އަރަބި އަކުރު ލިޔެ އެވެ.

ރާއްޖޭގައި ބިނާކޮށްފައިވާ އެތައް މިސްކިތްތަކެއްގައި ފަރުހާދުގެ ކުޅަދާނަ ލިޔުންތައް ބަހައްޓާފައިވެ އެވެ. އުމުރުން 48 އަހަރުގެ ފަރުހާދު ވަނީ ދިވެހި އެތައް ޑިޒައިންތަކެއް ފަރުމާ ކޮށްފަ އެވެ.

ފަރުހާދުގެ ފަންނުވެރިކަން ފެންނަ މިސްކިތްތަކުގެ ތެރޭގައި ތޮއްޑޫގައި ބިނާކޮށްފައިވާ މަސްޖިދު އައިޝާ އާއި އައްޑޫ ސިޓީގައި ބިނާކޮށްފައިވާ މަސްޖިދު އިބްރާހިމް ހިމެނެ އެވެ.

މީގެ އިތުރުން ހުޅުމާލޭގައި ބިނާކޮށްފައިވާ އެންމެ ރީތި މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މަސްޖިދު އުމަރު ބިން ޚައްތާބް އާއި މަސްޖިދު އަމީލް ޖަލީލުގައި ބަހައްޓާފައިވާ ބޯޑްތަކުގެ ފަރުމާ ކުރުންތެރިއަކީ ވެސް ފަރުހާދެވެ.

މީގެ އިތުރުން މާލޭގެ މުންނާރު އަސްލަކަށް ބަލައިގެން ހއ އުލިގަމުގައި ހަދާފައިވާ މުންނާރު ވަށައިގެންވާ ލިޔުންތަކަކީ ވެސް ފަރުހާގެ މަސައްކަތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
މައިވަންތަކަމާ ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް
މައިވަންތަކަމަކީ އިންސާނާގެ ދިރިއުޅުމަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ. ދަރިއަކު ލިބުމާއެކު، މަންމަގެ އިހުސާސްތަކާއި، އިސްކަންދޭ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިދާފައި އޮންނަ ތުއްތު ދަރިފުޅު ރަނގަޅަށް އޮތްތޯ ބެލުމާއި، ދަރިފުޅު ރޮއިގަންނަ އަޑަށް ހޭލެވުމާއި، އަބަދުވެސް ދަރިފުޅާ ގާތުގައި ހުންނަން ބޭނުންވުމަކީ އެއްވެސް ވިސްނުމަކާ ނުލައި އިޚުތިޔާރުން ބޭރުގައި މަންމައެއްގެ ކިބައިގައި އުފެދޭ ވަރުގަދަ އިހްސާސްތަކެކެވެ.
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ