25 Mar 2020 | 11:55
ކޮވިޑް-19 އާއި ގުޅިގެން ލަންކާގެ ހާލަތު: ދަތި ނަމަވެސް މާބޮޑު ކަންބޮޑުވުމެއް ނެތް!

މުޅި ދުނިޔޭގައި ހަލުވި މިނެއްގައި ކޮވިޑް-19 ފެތުރެމުންދާއިރު، ގިނަބަޔަކު ތިބީ ކަންބޮޑުވުމެއްގައެވެ. ތިމާއަށް ނުވަތަ ތިމާ ދަންނަ މީހަކަށް މި ބަލި ޖެހިދާނެކަމުގެ ބިރުވެރިކަމުގައެވެ. ޝިފާ ކުރެވުނަސް، ލޮލަށް ނުފެންނަ ވައިރަހަކުން އިންސާނުން ނިކަމެތިކޮށްލީީތީ އާޝޯޚްވާ ހާލުގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ވައިރަސް ފެތުރެމުންދާއިރު، އޭގެ އަސަރު ރާއްޖެއިން ބޭރުގައި ދިވެހިން ދިރިއުޅޭ އެތައް ގައުމަކަށް ދަނީ ކުރަމުންނެވެ. އެގޮތުން އެއް ގައުމަކަށް ވާނީ އަވައްޓެރި ސްރީލަންކާއެވެ. 15،000 އެއްހާ ދިވެހިންގެ އާބާދީއެއް މިގައުމުގައި އޮތްކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އިއްޔެ މެންދުރުފަހާއި ހަމައަށް އާންމުކުރި ތަފާާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުގައި ކޮވިޑް-19 އަށް ޕޮޒިިޓިވްވެފައިވާ ފަރާތްތަކުގެ ޖުމްލަ އަދަދު ވަނީ 101 މީހުންނަށް އަރާފައެވެ.

މި ހާާލަތުގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެގައުމުން އެޅި އެންމެ ބޮޑު ފިޔަވަޅަކީ މުޅި ގައުމުގައި ކާފިއު ހިންގުމެވެ. އެގޮތުން ލަންކާާގައި ދިވެހިން އުޅޭ ހިސާބުތަކުގައި ހިންގި ކާފިއުއަށް އިއްޔެ ހެނދުނު ހަޔަކާއި މެންދުރުފަހު ދޭއް ޖެހުމާއި ދެމެދު ވަގުތީ ލުޔެއް ދިނެވެ. މި ހާލަތުގައި ގިނަ ބަަޔަކު ގެއަށް ބޭނުންވާނެ ޒަރޫރީ ތަކެތި ހޯދުމަށް ގިނަ ބަޔަކު ދިޔައީ ސުޕަރމާކެޓްތަކާއި ފިހާރަތަކުގެ ބޭރުގައި ކިއު ހަދަމުންނެވެ. ކީލްސް، ލާފްސް، ސުޕަރ ސިޓީ، ސްޕަރ، ފުޑް ސިޓީ އަދި އާޕިކޯ ފަަދަ މަޝްހޫރު ސުޕަރމާކެޓް ޗެއިންތަކުގެ ބޭރުގައި ލަންކާގެ ރަށްވެހިން ކިއު ހަދަމުންދިޔަ އިރު އޭގެ ތެރޭގައި ދިވެހިންެވެސް ހިމެނެއެވެ. 

މިގޮތުން އިއްޔެ ހެނދުނުން ފެށިގެން ކިއުގައި ތިިބި ބައެއް ދިވެހިންނާއި ވޮއިސްގެ ޓީމްގެ ފަރާތުން ވާާހަކަދައްކާލީމެވެ. ސްރީލަންކާގައި ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ސަރަހައްދެއް ކަމުގައިވާ ދެހިވަލައިގައި ހުންނަ ކީލްސް ސުޕަރއަށް ޒިޔާރަތްކުރި ދިވެއްސަކު މައުލޫމާތު ދިން ގޮތުގައި އޭނާ ހެނދުނުން ފެށިގެން ދެތިން ގަޑިއިރު ކިއުގައި މަޑުކޮށްލުމަށްފަހު ސުޕަމާކެޓް އެތެރެއަށް ވަންެއިރުވެސް އެތަނުގައި ގިނަ މީހުން ތިއްބެވެ. އޭރުވެސް ގިނަބަޔަކު އެތަނުން ވިޔަފާރިކޮށްފައިވުމުން، މިރުސް ފަދަ ބައެއް ތަކެތި ނެތްކަމަށް އޭނާ ފާާހަގަކުރިއެވެ. ނަމަވެސް ގެއަށް ގަންނަން ބޭނުންވާނެ ކާޑުގެ ބާވަތްތައް ހަމަކުރެވުނުކަމަށް އޭނާ ބުންޏެވެ.

މިފަރާތުގެ އިތުރުން ވޮއިސްއިން ކޮލަމްބޯގައި އުޅޭ ދިވެއްސަކާއި ވާހަކަ ދައްކާލުމުން އޭނާވެސް ވަނީ ލަންކާގެ ރައްޔިތުންނެކޭ އެއްފަދައިން، ބޭނުންވާ މިންވަރަށް ބައެއް ތަކެތި ފަސޭހައިން ލިބުމުގައި އޭނާއަށްވެސް ދަތިތަކާއި ކުރިމަތިލާން ޖެހުނުކަމަށް ބުނެފައެވެ. އެގޮތުން ގެއަށް ބޯފެން ހޯދުމުގައި އުނދަގޫތަކެއް ދިމާވިކަމަށް އޭނާ ފާާހަަގަކުރިއެވެ.

"އާންމުކޮށް ފެން ގެންނަ ތަނުން ބުނީ ޑެލިވާ ނުކޮށްދޭނޭ ބުނީމަ ގެކައިރި ތަނަކުން ފެން ލިބޭތޯ ބެލިއިރު އެތަންވެސް ބަންދު. ދެން ކުޑަކޮށް ހަމަ ހިނގާލައިގެން އެހެން ފިހާރައަކުން ފެން ހޯދީ"، އޭނާ ބުންޏެވެ. އޭނާ ބުނިގޮތުގައި ސްރީލަންކާާގެ ފިހާރަތަކުން އާންމުން ބޭނުންވާ މިންވަރަށް އަވަހަށް ކިއުގައި ޖެހިއްޖެނަމަ ކާއެއްޗެހި ލިބެން ހުރިކަމަށް އޭނާގެ ލަންކާގެ ރައްޓެހިންވެސް ވަނީ ބުނެފައެވެ. 

ލަންކާގައި ދިރިއުޅެމުންދާ ފަރާތްތަކުން މިފަދައިން އެއްޗެހި ގަނެ ގެއަށް ވެއްދިތަނާ އިވިގެން ދިޔައީ އަހަން ފަސޭހަ ނުވާނެ ފަދަ ޚަބަރެކެވެ. އެއީ ކޮލަމްބޯ، ކަލުތަރަ އަދި ގަމްޕަހާާގައި ވަކި މުއްދަތެއް ނެތްގޮތަށް ކާފިއު އިއުލާާންކުރި ކަމަށެވެ. ނަމަވެސް މި މުއްދަތުގައި ގެއަށް ބޭނުންވާނޭ ކާބޯތަކެތީގެ ބާވަތްތައް އަދި ކައްކާާ ގޭސްފުޅި ފަދަ ތަކެތި ޑެލިވަރ ކުރުމުގެ ހުއްދަދޭނެކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން މިއަދު ފިހާރަތަކުން ބައެއް ކާއެއްޗެހި ނުލިބުނު ފަރާތްތަކަށްވެސް މިއީ އުފާވެރި ޚަބަރެކެވެ.

ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ކުރަމުންދާާ މަސައްކަތްތައް:

ސްރީލަންކާާއަކީ ގިނަ އަދަދެއްގެ ދިވެހިން އުޅެމުންދާ ގައުމަކަށް ވުމުން، ކޮންމެ ކަމެއް ދިމާވިޔަސް އެންމެ ގާތުން އެދެމުންދަނީ ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އެންގުންތަކަށެވެ. ދުނިޔޭގައި ކޮވިޑް-19 ހަލުވި ކަމާއިއެކު ފެތުރެން ފެށުމާާއި އެކު، އެހެން ގައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތައް ފަދައިން ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންވެސް އެގައުމުގައި ތިބި ދިވެހިން ރަޖިސްޓަރވާާން އެދުނެވެ. އެއާއި އެކު ކޮވިޑް-19 އާއި ގުޅޭގޮތުން ލަންކާާގެ ސަރުކާރުން ނަގަމުންދިޔަ މުހިންމު ނިންމުންތައް ދިޔައީ އެސްއެމްއެސްގެ ޒަރިއްޔާއިން އަންގަމުންނެވެ.

އެގައުމުގައި ކޮވިޑް-19 ގެ ހާލަތު ނުރައްކާވެ، ސަރުކާރު ބަންދުކުރުމުން ހައިކޮމިޝަނުން ވެސް ބަންދުކުރިއެވެ. ނަމަވެސް ދިވެހިންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކެނޑިނޭޅި އެފަރާތްތަކުން ދިޔައީ ކުރަމުންނެވެ. މިއާއިއެކު، އެ މުއްދަތުގެ ތެރޭގައި އިމަރޖެންސީ ކޮންސިއުލަރ ޚިދުމަތެއް ބޭނުންވާ ފަރާތްތަކުން ހައިކޮމިޝަަންގެ ހޮޓްލައިން 0768816666 އަށް ގުޅުމުން އެކަން ކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނެވެ. މީގެ އިތުރުން އެގައުމުގައި ކާާފިއު ހިންގަން ފެށުމުން، އެކަމުގެ މައުލޫމާތުވެސް އެސްއެމްއެސް އަދި މީސް މީޑިޔާ މެދުވެރިކޮށް ހައިކޮމިޝަނުން ފޯރުކޮށްދިންކަމަށް ލަންކާގައި ތިބި ބައެއް ދިވެހިން ވަނީ ވޮއިސްއަށް މައުލޫމާތުދީފައެވެ.

އިއްޔެއަކީ ކާާފިއު ވަގުތީގޮތުން ކުޑަ ވަގުތުކޮޅަކަށް ނެގި ދުވަސްކަމުން، ގިނަ ދިވެހިން އެކި ބޭނުންތަކުގައި ހައި ކޮމިޝަނަށް ގުޅިއެވެ. ވޮއިސްއާއި ވާހަކަދައްކަވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ އިއްޔެ އެކަނިވެސް ހައިކޮމިޝަންގެ ހޮޓްލައިނަށް 82 ފޯންކޯލް އައިސްފައިވާ ކަމަށާއި، ޒަރޫރީ ބޭނުންތަކުގެ ކަންކަމުގައި ގުޅާފައިވަނީ ތިން ފަރާތަކުން ކަމަށެވެ. އަދި އެފަރާތްތަކަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދެވުނުކަމަށް މިއުވާާން ފާހަަގަކުރެއްވިއެވެ.

އެބޭފުޅާ ވިދާޅުވީ ހައިކޮމިޝަންގެ މުވައްޒަފުން މިވަގުތު ދަނީ 24 ގަޑިއިރު މަސައްކަތް ކުރަމުންކަމަށާއި، ފޯން ކޯލްތައް އަންނަ މިންވަރަށް ބަލައި ލައިންތައް އިތުރުކުރަން ވެއްޖެނަމަ އެކަންވެސް ކުރާނެކަމަށެވެ. އަދި ގިނަބަަޔަކު ގުޅާ ގަޑިއެއްގައި ފަހަރެއްގައި ލައިން ބިޒީވެދާނެކަމަށާއި ނަމަވެސް އެއްވެސް ދިވެއްސަކަށް އަޅާނުލާ ދޫކޮށްނުލާާނެކަމަށް މިއުވާން ޔަގީންކަން ދެއްވިއެވެ.

ކޮވިޑް-19 ގެ ބިރުވެރިކަމުގައި މުޅި ދުނިޔެ އޮތްއިރު، އެ ބިރުވެރިކަމުން އަރައިގަތުމަށް އަވައްޓެރި ސްރީލަންކާއިންވެސް ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ފިޔަވަޅުތަކުން އާންމު ދިރިއުޅުމުގައި ފަހަރުގައި ދަތިތަކާއި ކުރިމަތިލާން ޖެހިދާނެއެވެ. ކާފިއުއާއި ގިނަބަޔަކު އެއްފަހަރާ ކާާއެއްޗެހި ހޯދަން އުޅުމުންނެވެ. އެހެނަސް ދިވެހިން ތިބީ ހެޔޮހާލުގައެވެ. ސަލާމަތުންނެވެ. ކާފިއުއެއްގައި މިދިޔަ އަހަރުވެސް ގިނަ ދިވެހިން ލަންކާގައި އުޅުމުން މިއީ އެމީހުންނަށް މާބޮޑަށް އާ ކަމެއް ނޫނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ސައުދީ ފަންޑުގެ އެހީ އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގަ އެވެ.
15 Sep 2026
ހިމަބަހި ޖެހޭ މިންވަރު ދަށަށް: މިދިޔަ ހަފްތާގައި ބަލި ޖެހުނީ ފަސް މީހަކަށް
އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖެއިން މިހާތަނަށް ޖުމްލަ 269 މީހަކަށް ވަނީ ހިމަބިހި ޖެހިފަ އެވެ. މިހާރު ދަނީ މި ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުންނެވެ.
15 Sep 2026
މައްކާ ހިމެނޭހެން ސަޢޫދީ ޢަރަބިއްޔާގެ ހުޅަނގުގެ ސިޓީތަކަށް ނުރައްކަލުގެ އިންޒާރު ނެރެފި
ސަޢޫދީ ސިވިލް ޑިފެންސް އިދާރާއިން ބުނި ގޮތުގައި މި އެލާޓް ފޮނުވީ ޤައުމީ ކުއްލި ހާލަތުގެ އާލީ ވޯނިން ޕްލެޓްފޯމް މެދުވެރިކޮށެވެ. ނުރައްކަލުގެ ބާވަތެއް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.
15 Sep 2026
އެމެރިކާއިން ޖައްވަށް ހަތިޔާރު ފޮނުވައި ފުރަތަމަ ފަހަރަށް އެކަން ހާމަކޮށްފި
މިކަން ހާމަކުރީ އެއާ އެންޑް ސްޕޭސް ސައިބާ ކޮންފަރެންސްގައި ވާހަކަ ދައްކަމުން އެމެރިކާގެ ވައިގެ ސިފައިންގެ ސެކްރެޓަރީ ޓްރޯއީ މެއިންކެވެ. ޖައްވަށް ފޮނުވީ ކޮން ބާވަތެއްގެ ހަތިޔާރެއް ކަމެއް ނުވަތަ ކޮން އިރަކު ކަމެއް އޭނާ ތަފުސީލުކޮށްދީފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ ދުޝްމިނުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް ހަލުވިކަމާ އެކު އިތުރުވަމުންދާ ކަމަށާއި ދުޝްމިނުން އައު ޓެކްނޮލޮޖީތައް ބޭނުންކޮށް ފައިދާ ނަގަމުންދާ ކަމަށް މެއިންކް ބުންޏެވެ. އެ ސަބަބާ ހެދި އޮޓޮނޮމަސް ސިސްޓަމްތަކާއި ޚަރަދު ކުޑަ ހަތިޔާރު ބޭނުންކޮށްގެން ހަނގުރާމައިގެ ބާރުވެރިކަން އެމެރިކާއިން އަވަހަށް ވަރުގަދަކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
15 Sep 2026
އެކްސިޑެންޓްވުމުން މަޑުނުކޮށްދިޔަ މައްސަލައެއް: ތުހުމަތުވާ މީހާ ބަނގުރަލާއެކު ހައްޔަރުކޮށްފި
އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން ދުއްވި އުޅަނދު ބަލައި ފާސްކުރި އިރު، ބަނގުރާ ހުރި ދަޅަކާއި ބަނގުރާ ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށެވެ.
15 Sep 2026
ބިދޭސީ މަސައްކަތްތެރިންގެ މުސާރަ ބޭންކް މެދުވެރިކޮށް ދިނުމަށް އިލްތިމާސްކޮށްފި
މިދިޔަ މަހުގެ 25 ވަނަ ދުވަހު ގެނެސްފައިވާ ގަވާއިދުގެ އިސްލާހުގައި ބުނާ ގޮތުން ބިދޭސީ މުވައްޒަފަކަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓަރީކޮށް ނުވަތަ ހުއްދަ ދީފައިވާ ބޭންކެއްގައި އެ މީހެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. އެހެންވެ ބިދޭސީ މުވައްޒަފުންގެ އެކައުންޓްތައް ވީ އެންމެ އަވަހަކަށް ހުޅުވައި ނިންމުމަށް އެ ވުޒާރާއިން ވަނީ ވަޒީފާދޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
15 Sep 2026
ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މެލޭޝިޔާގެ ބޮޑުވަޒީރު ފުރާވަޑައިގެންފި
ފޮރިން މިނިސްޓްރީން ބުނީ ބޮޑުވަޒީރު އަންވަރު, ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިހާރު ފުރާވަޑައިގެންފައިވާ ކަމަށެވެ. ވީއައިއޭ އިން އެމަނިކުފާނަށް އަލްވަދާއު ވިދާޅުވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.
15 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް ހައްލުކުރާ އޮފީހުގެ ވެރިޔަކަށް މާނިއު އައްޔަންކޮށްފި
މި އޮފީހަކީ ވަކި މުއްދަތަކަށް ޚާއްޞަ ބާރުތަކެއް ލިބިގެން ހިންގާ އޮފީހެކެވެ. އެ އޮފީހުން ބަލަހައްޓާ ސަރަހައްދުގެ ތެރޭގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނެއެވެ