01 Apr 2020 | 14:07
މާލޭ ސިޓީގެ ފިހާރަތަކާާއި ކެފޭތަކަށް ޚިދުމަތްދެވޭ ވަގުތުތަކަށް ބޮޑެތި ބަދަލުތަކެއް!

ކޮވިޑް-19 އާއި ގުޅިގެން މާާލޭ ސިޓީގެ ފިހާރަތަކާާއި ކެފޭ އަދި ރެސްޓޯރެންޓްތަކުން ޚިދުމަތްދެވޭނެ ވަގުތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އަމުރެއްގައިވާާ ގޮތުގައި އެޕްރީލް ދެވަނަ ދުވަހުގެ މެންދުރު 12:00އިން ފެށިގެން މާލެ، ހުޅުމާާލެ އަދި ވިލިމާލޭގައި ހިންގާ ފިހާރަތައް ރޭގަނޑު 11:00 އިން ފެށިގެން ހެނދުނު 6:00 އަށް ބަންދުކުރަން ޖެހެއެވެ.

 އަދި ކެފޭ ރެސްޓޯރަންޓާއި ހޮޓާ ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ފޯރުކޮށްދޭ ޓޭކްއަވޭ ހިދުމަތްތައް ރޭގަނޑު 12:00 އިން ހެނދުނު 6:00 އަށް މެދުކަނޑާލުމަށް ވަނީ އަންގާފައެވެ. މިއާއި އެކު މިތަންތަނުން 24 ގަޑިއިރު ޚިދުމަތް ދިނުން ހުއްޓިގެން ދާނެއެވެ.

މީގެ އިތުރުން މާލޭ ސިޓީގައި ހަވީރު 5:00އިން ފެށިގެން ރޭގަނޑު 20:00 އަށް މީހުން މަގުމަތީގައި އުޅުމާއި، އެއްގަމު އުޅަނދުތައް ދުއްވުން މަނާކުރުމުންވެސް މިތަންތަނުން ޚިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް އަންނާާނެއެވެ. 

ދިވެހިރާއްޖޭގައި މިހާތަަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 18 މީހުންނެވެ. އޭގެ ތެރެއިން ރާއްޖޭގައި މިހާރު ފަރުވާދެމުންދަނީ އިނގިރޭސިވިލާތުން އައި ތިން ދިވެހިންނަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Jun 2026
ސެނެގާލް ބަލިކޮށް ފްރާންސުން ވަރލްޑްކަޕްގެ ފެށުން ރަނގަޅުކޮށްފި
މިމެޗްގެ ފުރަތަމަ ހާފުގައި ފްރާންސްގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. އެ ހާފުގައި އެ ޓީމަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ނަމަވެސް ދެވަނަ ހާފުގައި އެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ތަފާތު ދައްކާފައެވެ.
16 Jun 2026
ގޯއްޗާއި ފްލެޓަށް އެދި 58،505 ފޯމް ހުށައެޅި
އެއީ ފްލެޓަށް އެދި 35،930 ފޯމާއި ގޯއްޗަށް އެދި 22،575 ފޯމެވެ.
16 Jun 2026
ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި
މިއަދު ހަވީރު އައްޑޫ ހުޅުދޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި މުޙައްމަދު ޞާލިޙުއާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ބައިވެރިވަޑައިގެންފައިވެ އެވެ.
16 Jun 2026
އެސްޓީއޯ އިން ފިޔާ ކިލޯއެއް 13ރ އަށް، އަންނަ ހަފްތާގައި ހޯލްސޭލުކޮށް ފިޔާ ދޫކުރާނެ
އެސްޓީއޯ އިން ފިޔާ ވިއްކަމުންދާ އަގަކީ ކުރިން ވެސް ވިއްކަމުންދިޔަ އަގު ކަމަށްވާ 13ރ އަށް ކިލޯއެއް ކަމަށް ވެސް ބުންޏެވެ.
16 Jun 2026
އަނެއްކާ ވެސް ހިމަބިހި ކޭސްތަކެއް: 489 ކޮންޓެކްޓުން، ގިނައީ ދިވެހީން
އަދި މިހާތަނަށް 489 ކޮންޓެކްޓުން ފާހަގަކުރެވި މީގެ ތެރެއިން އެކްޓިވް 88 ކޮންޓެކްޓުން ދަނީ މޮނިޓާ ކުރަމުންނެވެ.
16 Jun 2026
އެންމެ ދިދައެއް ފިޔަވާ ހުރިހާ ގައުމެއްގެ ދިދަތައް ވިނަގަނޑުމަތީ, މި ދިދަ ޚާއްސަ
މި މަންޒަރުތައް ސައުދި އަރަބިއްޔާގެ ގައުމީ ޓީމު ކުޅޭ ކޮންމެ މެޗަކުން ފެންނާނެ އެވެ. މިއީ މި ފަހަރުގެ ވޯލްޑްކަޕްގައި ފެންނާނެ ތަފާތު މަންޒަރެކެވެ
16 Jun 2026
އައިޔޫއެމްގެ"ލީގަލް ކްލިނިކް" އިފްތިތާޙްކޮށްފި؛ ހިލޭ ގާނޫނީ އެހީތެރިކަން ލިބޭނެ
އައިޔޫއެމް ލީގަލް ކްލިނިކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި، އެކިއެކި މައްސަލަތަކުގައި ޤާނޫނީ ލަފާ ދިނުމާއި، މައްސަލަތަކާ ގުޅޭ ލިޔުންތަކާއި ފޯމުތައް ތައްޔާރުކުރުން ހިމެނެއެވެ. މީގެ އިތުރުން، އެކި ބާވަތުގެ އެއްބަސްވުންތައް އެކުލަވާލުމާއި، ޕަވަރ އޮފް އެޓަރނީ ފަދަ ލިޔުންތައް ތައްޔާރުކޮށްދިނުމުގެ ޚިދުމަތްވެސް މި ކްލިނިކުން ލިބިގެންދާނެއެވެ.
16 Jun 2026
ވަން ޕްރިޒަން ކޮންސެޕްޓްގެ މަސައްކަތް ފަށައިފިން: އިހްސާން
ދެ އަހަރު ދުވަހެއްގެ ތެރޭގައި މިހާރު ކުރިމަތިވަމުންދާ ޖާގައިގެ ދަތިކަމާއި އިންފްރާސްޓްރަކްޗާގެ މައްސަލަތަކަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.