ޔޫކޭއިން އައި ހަތަރުވަނަ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

01 Apr 2020 | 16:29

އިނގިރޭސިވިލާތުން އައި ހަތަރުވަނަ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން ⁧‫ކޯވިޑް19‬⁩ ގެ އަލާމާތްތައް ފެނި، ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށެވެ. 

މިއީ މި ބައްޔަށް ޕޮޒިޓިވްވި ހަތަރުވަނަ ދިވެހި މީހާއެވެ.

މިއާއި އެކު ދިވެހިރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ ނަވާރައަށް އަރާފައެވެ. މިވަގުތު ދިވެހިރާއްޖޭގައި މި ބައްޔަށް ފަރުވާދެމުންދަނީ ހަތަރު މީހުންނަށެވެ.

Advertisement

ކޮމެންޓް