ޗައިނާ ސަފީރު ކޮންގް ޝިންހުއާ... ފޮޓޯ: ހައުސިން
ހަބަރު
12 Sep 2025 | 15:54
ރާއްޖެއަށް ބޭނުންވާ ކަންކަމުގައި އެހީވުމަށް ޗައިނާ ދެމިއޮންނާނެ: ސަފީރު ޝިންހުއާ

ދިވެހިރާއްޖެއަށް ބޭނުންވާ ކަންކަމުގައި އެހީވުމަށް ޗައިނާއިން ދެމިއޮންނާނޭކަމަށް އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ.

މިފަހުން ޗައިނާ އާއި ރާއްޖެއާ ދެެމެދު އެކުލަވާލެވުނު ބައެއް އެއްބަސްވުންތަކާއި އަދި ދެޤައުމުގެ ގުޅުމާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ސަފީރު ޝިންހުއާ ވިދާޅުވީ، މިއަދުވެސް ތަކުރާރުކޮށް ދަންނަވަން އޮތް ވާހަކައަކީ ރާއްޖެއިން ބޭނުންވާ ކަންކަމުގައި ޗައިނާއިން އެހީވުމަށް ތައްޔާރަށް އޮންނާނޭ ވާހަކަ ކަމަށެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ މާލީ ކަންކަމާއި އެނޫންވެސް ތަރައްޤީގެ އެކިއެކި ކަންކަމުގައި ޗައިނާއިން އެހީވާނޭކަމުގެ ޔަގީންގަން ދެއްވާކަމަށް ސަފީރު ވިދާޅުވިއެވެ. 

ސަފީރު ވަނީ ރާއްޖެއަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް ދެޤައުމު ގުޅިގެން މިހާރުވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މާލީހާލަތުން އަރައިގަތުމަށް އެޤައުމުން ކޮށްދެވޭނެ ކަންކަމާ ގުޅޭގޮތުން ވާހަކަތައް ދެކެވެމުންދާކަން ސަފީރުގެ ފާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ނޫސްވެރިންގެ މި ބައްދަލުވުމުގައި ސަފީރުވަނީ މީގެކުރިންވެސް ޗައިނާއިން ބުނަމުންދާ އެއް ވާހަކަ ތަކުރާރުކުރައްވާފައެވެ. އެގޮތުން ޗައިނާއިން ރާއްޖެއަށް މާލީ އެހީތައް ދޭނީ އެކަމުގެ ބުރަ ދިވެހި ދައުލަތުގެ މާލިއްޔަތަށް އުފުލަންނުޖެހޭފަދަ ގޮތަކަށްކަން ފާހަގަކުރައްވައި ވާހަކަަދައްކަވާފައެވެ. 

ސަފީރު ޝީންހުއާ ވިދާޅުވީ ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމުގެ ގާބިލިއްޔަތުކަން ސަރުކާރުގެ ހުރިކަން ފާހަގަކުރައްވައި ދިވެހި ރައްޔިތުންވެސް ސަރުކާރަށް އިތުބާރުކުރުމަށް އެދިވަޑައިގެންފައެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ސަފީރު ވަނީ ޗައިނާގެ އެހީގެ ދަށުން ވިލިމާލޭގައި އެޅުމަށް ތައްޔާރުވަމުންދާ ހޮސްޕިޓަލާއި، އަތޮޅުކައުންސިލް އިދާރާތަކުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. ވިލިމާލޭގައި އެޅޫމަށް ތައްޔާރުވަމުންދާ ހޮސްޕިޓަލްގެ ޑިޒައިންކުރުމުގެ ކަންކަން ބިޑިން މަރުހަލާގައި އޮތްއިރު، 50 ކައުންސިލް އިދާރާގެ މަސައްކަތް ކުރަންޖެހޭ ތަނުގެ ފީސިބިލިޓީ މަސައްކަތް ނިމިފައިވާކަމަށް ސަފީރު ވިދާޅުވިއެވެ.

ޗައިނާ ސަފީރެއްގެ ގޮތުގައި ރާއްޖެއަށް ކޮން ޝިންހުއާ ހަމަޖައްސަވާފައިވަނީ މިއަހަރުގެ މެއިމަހުގެ ތެރޭގައެވެ. ޝިންހުއާ އެންމެފުރަތަމަ ރާއްޖެއަށް ޒިޔާރަތްކުރެއްވީ މީގެ އަހަރުތަކެއްކުރިން ފަތުރުވެރިއެއްގެ ގޮތުގައެވެ. ޝިންހުއާ އަކީ ރާއްޖޭގައި ތިއްބަވާ އެހެން ޤައުމުތަކުގެ ސަފީރުންނާ ހިލާފަށް ރާއްޖެއާމެދު ހައްސަ ގޮތްތަކެއް ބަހައްޓަވާކަމަށް ގިނަ ބަޔަކު ފާހަގަކުރާ ޑިޕްލޮމެޓެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.