އިނގިރޭސި ބޮޑުވަޒީރު ބޮރިސް އައިސީޔޫގައި އެނދުމަތިކޮށްފި

07 Apr 2020 | 00:43

ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އެނދުމަތި ކުރެވުނުތާ އެއް ދުވަސް ފަހުން ހޮސްޕިޓަލްގެ އައިސީޔޫއަށް ބަދަލުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ސެއިންޓް ތޯމަސް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ބޮރިސް އެ ހޮސްޕިޓަލަށް ބަދަލުކުރެވުނީ އެ ވައިރަހަށް ޕޮޒިޓިވްވިތާ ދިހަ ދުވަސް ފަހުންނެވެ. ބޮރިސް ޖޯންސަން އައިސީޔޫއަށް ބަދަލުކުރެވުނީ އެބޭފުޅާގެ ހާލަތު ގޯސްވުމުން ޑޮކްޓަރުންގެ ލަފާގެ މަތިންނެވެ.

މިކަމާއި ގުޅިގެން އެބޭފުޅާ ވަނީ ހާލަތު ނިޔާކުރާގޮތުން ޑެޕިއުޓީ ބޮޑުވަޒީރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބްގެ ކިބައިން އެދިވަޑައިގެންފައެވެ.

-ތަފްސީލް އަންނަނީ-

Advertisement

ކޮމެންޓް