11 Apr 2020 | 22:56
މަނީ ހެއިސްޓްގެ ރޯލްތައް ދިވެހި ފިލްމީ ތަރިން ކުޅެފިނަމަ ކުޅޭނީ މިތަރިން!

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19ގެ ވަބާާއިން ރައްކާތެރިވުމަށް އެންމެންވެސް ދަނީ އިޖްތިމާއީ ގައިދުރުކަން އިސްކޮށް، ގޭގައި ތިބެމުންނެވެ. މިގޮތަށް ގޭގައި ތިބެމުންދާއިރު މުނިފޫހިފިލުވުމަށްޓަކައި ބަރޯސާވަމުންދާ އެންމެ ބޮޑު އެއްޗަކީ ނެޓްފްލިކްސްއެވެ. މިކަން ދިވެހިން ބޭނުންކުރާ މީސް މީޑިޔާގެ ވަސީލަތްތަކުންވެސް ވަރަށް ރަނގަޅަށް ފެނިގެންދާނެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ނެޓްފްލިކްސްގެ އޮރިޖިނަލް ސީރީސެއްކަމުގައިވާ ލެ ކާސާ ޑި ޕާޕެލް ނުވަތަ މަނީ ހެއިސްޓްގެ ހަތަރުވަނަ ސީޒަން ނެރުމުން މުޅި މީސް މީޑިޔާ ފުރާލާފައި ވަނީ އޭގެ ވާހަކަތަކުންނެވެ. ސީޒަން ނިމިގެންދިޔަ ގޮތާއި މެދު އެއްބަޔަކު އުފާ ފާޅުކުރަމުންނެވެ. އަނެއްބަޔަކު ހިތާމަކުރަމުންނެވެ.

މަނީ ހެއިސްޓްގެ ފޯރި ވައިގައި ހިފާފައި އޮތް މި ދުވަސްވަރުގައި، މިއަދު ރާއްޖޭގެ ފޭސްބުކް ޕޭޖަކުން އާންމުކުރި ޕޯސްޓަކަށްވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން ހެއްވާ މަޖާ ކިޔާ ޕޭޖުން ކުރި ޕޯސްޓްގައި ވަނީ މަނީ ހެއިސްޓްގެ ކެރެކްޓަރުންގެ ރޯލްތައް ދިވެހި ފިލްމީ ތަރިން ކުޅެފިނަމަ އެބައިތައް ކުޅޭނީ ކޮން ބައެއްތޯ ބުނެދީފައެވެ.

އެ ސީރީޒްގައި އެންމެ ބޮޑު ރޯލެއް ކުޅެނީ ހުރިހާ ކަމެއްް ރޭވުމުގެ ފަހަތުގައި ހުންނަ ބޮޑު މީހާ، ނުވަތަ ޕްރޮފެސަރއެވެ. ހެއްވާ މަޖާ ޕޭޖުން ބުނާ ގޮތުގައި އެ ރޯލް ކުޅުމަށް ކަމުދާނީ ޔޫސުފް ޝަފީއު، ޔޫއްޕެއެވެ.

 ހަމަ އަސްލަށްވެސް މަނީ ހެއިސްޓްގެ ދިވެހި ބާވަތެއް އުފައްދައިފިނަމަ ޕްރޮފެސަރގެ ގޮތުގައި ޔޫއްޕެއަށް އެކްޓް ކުރެވިދާނެ ބާވައެވެ؟

ޔޫއްޕެގެ އިތުރުންވެސް މަނީ ހެެއިސްޓްގެ އިތުރު ކެރެކްޓާތައް ކުޅޭނެ ފަރާތްތަކެއް ހެއްވާ މަޖާ ޕޭޖްގައި ވަނީ ހިމަނާފައެވެ.

 އެގޮތުން އެންމެންގެ މެދުގައި މަގުބޫލު ބާލިންގެ ރޯލް ކުޅުމަށް ޖިމީ ރަނގަޅުވާނެކަަމަށް ބުނެފައިވާއިރު، އެންމެންގެ ހިތްތައް ފަތަހަކޮށްފައިވާ ނައިރޯބީގެ ރޯލް އަޒޫ ކުޅޭނެއިރު، އެންމެ ލޭކައްކުވާލާ އަރްތޫރޯގެ ރޯލަށް ކަމުދާނީ ޖަންބު ހަސަން އަފީފްކަމަށް ވަނީ ބުނެފައެވެ. 

 ރީތީގެ ލާމަސީލު ޓޯކިޔޯގެ ރޯލަށް ރިޝްފާ ހަމަޖެއްސިއިރު މަޖާ ހިނިގަނޑުގެ ވެރި ޑެންވަރގެ ރޯލް ދީފައިވަނީ ޖުމައްޔިލަށެވެ.

މިއީ އެ ޕޭޖުން މަނީ ހެއިސްޓްގެ ދިވެހި ވާޝަނެއް ހަދައިފިނަމަ ކެރެކްޓަރުންގެ ރޯލް ކުޅެން ރަނގަޅުވާނެކަމަށް ބުނާ ފަރާތްތަކެވެ. 

 މިއީ ހަމަ އަސްލަށްވެސް ކަމުދާނެ ބައެއްތޯއެވެ؟ މި ފަރާތްތައް ބެއްލާ ޗާއޯ ލަވައިގެ ބަދަލުގައި ކިޔާނީ ފެހި ފެހި އާޒާދީ ތޯއެވެ؟ ކިޔުންތެެރިންނަށް ހީވާގޮތެއް އަޅުގަނޑުމެންނާއި ހިއްސާކުރައްވާށެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
މެލޭޝިއާ ބޮޑުވަޒީރުގެ "ޕްލޭ ލިސްޓް" އަށް މީސް މީޑިއާގައި ބޮޑު ސަމާލުކަމެއް
ޑިޕްލޮމެޓިކް ބައްދަލުވުންތަކުގެ ތެރެއިން ބޮޑުވަޒީރު އަންވަރު ޕޯސްޓް ކުރެއްވި ކޮންޓެންޓުގައި ބޮލީވުޑުގެ މަޝްހޫރު ލަވަތައް ހިމެނިފައިވެއެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ނެންގެވި ފޮޓޯތަކާ އެކު އޭ.އާރް. ރަޙުމާންގެ ޗަލޭ ޗަލޯ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވި ޕޯސްޓުގައި އައި އޭމް ދަ ބެސްޓް ލަވަ އާއި ކިޝޯރު ކުމާރުގެ ޚުވާބް ހޯ ތުމް ޔާ ކޯއީ ހަޤީޤަތުގެ ވީޑިއޯ ކްލިޕެއް ވެސް ވައިރަލް ވެފައިވާ އިރު އެ ވީޑިއޯގައި ކީބޯޑިސްޓްއަކާ އެކު ބޮޑުވަޒީރު ލަވަ ކިޔާ މަންޒަރު ވެސް ފެނެއެވެ.
17 Sep 2026
ބުރު ސްޕޯޓްސް ބަލިކޮށް ލީގްގައި އޮޑީގެ ފުރަތަމަ މޮޅު ހޯދައިފި
ލީގްގައި މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އާއި ނިއުރޭޑިއަންޓް
17 Sep 2026
މެކްލެމޯ ބޭރުކުރުމުން ޝީރަންގެ ޓުއާގެ ހުރިހާ ސަޕޯޓިން އާޓިސްޓުން ވަކިވެއްޖެ
މެކްލެމޯ އަސްލު ނަމުން ނަމަ ބެން ހެގާޓީ މި މަހުގެ ކުރީ ކޮޅު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ޝީރަންއާ އެކު ކުރި ޕާފޯމެންސެއްގައި "ފްރީ ޕެލެސްޓައިން" ގޮވައި ފަލަސްޠީނަށް ތާއީދުކޮށް ވާހަކަ ދެއްކުމުން ފާޑުކިޔުން އަމާޒުވެ އެންމެ ފަހުން ޓުއާގެ ބާކީ ބައިން ބޭރުކޮށްފައިވެއެވެ
17 Sep 2026
އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި
ނޫމާން މީގެ ކުރިން ހުރީ އުރީދޫ މޯލްޑިވްސްގެ ފިންޓެކް އެންޑް ޕާޓްނާޝިޕް މަގާމުގައެވެ. އޭނާ ވަނީ ރާއްޖެއަށް އިންޓަނެޓް ބޭނުންނުކޮށް ފޭސްބުކް ބޭނުންކުރެވޭ ޚިދުމަތެއް ތަޢާރަފުކުރުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.