ރާއްޖެއަށް ފްލޯޓިންގ ހޮސްޕިޓަލެއް ހޯދިދާނެ: ޣައްސާން މައުމޫން

11 Apr 2020 | 18:38

ދުނިޔޭގެ އެހެން ގައުމުތަކާއި އެއްގޮތަށް ދިވެހިރާއްޖެއަށްވެސް ފްލޯޓިންގ ހޮސްޕިޓަލެއް ހޯދިދާނެކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

އެބޭފުޅާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދެވަނަ ދައުރުގައި ދިވެހިރާއްޖެއަށް ހޯއްދަވަން ނިންމަވާފައި އޮތް ފްލޯޓިންގ ހޮސްޕިޓަލް މިހާރު އޮތްނަމަ ކޮވިޑް-19 އަށް ތައްޔާރީ ހާލަތު އިތުރުވެގެން ދިޔައީސް ކަމަށެވެ.

އަދި އެހެން ޤައުމުތަކުންވެސް ކަންތައްތައް ކުރާ ގޮތަށް، މިއީ އަދިވެސް ރާއްޖޭގައި ކުރެވިދާނެކަމެއްކަމަށް ޣައްސާން ސިފަކުރެއްވިއެވެ.  

މި  ޓްވީޓާއި  އެކު  އެބޭފުޅާ  ވަނީ  ފްލޯޓިންގ ހޮސްޕިޓަލެއްގެ ވީޑިޔޯއެއްވެސް ހިއްސާ ކުރައްވާފައެވެ.

ކޮމެންޓް