އުމުރު ދުވަހު ކުޅުނު މިއުޒިކަށްވުރެ، އެންމެ ސަޖިދައަކުން ހިތައްލިބޭ އަރާމު މާބޮޑު: އިޝާން

05 May 2020 | 19:38

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އިޝާން ލަވަކިއުން ހުއްޓާލައިފިއެވެ.

އިޝާން ކުރި ފޭސްބްކް ޕޯސްޓެއްގައިވަނީ މިއުޒިކާ ލަވަ އަޑުއެހުމަކީ ތިބާޔާ މާތް ﷲ ދެމެދު އޮންނަ ގުޅުން ކުޑަކޮށްދޭ ކަމެއްކަމަށެވެ. އަދި އޭގެ ސަބަބުން ސައިތާނާ އާނަ ބޭނުން ކޮންމެ ގޮތަކަށް ނުފުސު ކޮންޓްރޯލް ކުރާކަމެއްކަމަށްވެސް ބުންޏެވެ.

އިޝާން ބުނިގޮތުގައި އުމުރު ދުވަހު ކުޅުނު މިއުޒިކަށްވުރެ، މާތް ﷲ ގެ މަގުގައި ޖަހާ އެންމެ ސަޖިދައެއްގެ އަރާމް މާ ބޮޑެވެ. އަދި އިންސާނާގެ ފުދުންތެރިކަމަކީ އިންސާނާގެ ހިތާ ގުޅިފައިވާ ކަމެއްކަމަށްވެސް އޭނާ ބުންޏެވެ.

"ﷲ އަށް ކުއްތަންވެ ތިރިވެ ކޮށްލާ އެންމެ ސަޖިދައަކުން ހިތައް ލިބޭ އަރާމު އެތައް އަހަރު ދުވަހެއް ވަންދެން ކުޅުނު މިއުޒިކުން ހިތައްވީ އިހްސާސްތަކާއި ނުބައްދަލު" އިޝާންގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

އިޝާންގެ ޕޯސްޓު ޝެއާ ކުރައްވަމުން އަލީ ރަމީޒު ވިދާޅުވީ އިޝާން ލަވަ ކިޔުން ހުއްޓާލި ޚަބަރަކީ ވަރަށް އުފާވެރި ޚަބަރެއް ކަމަށާއި އިޝާން އަކީ ޒުވާނުންނަށް ނަމޫނާ އެއް ކަމަށެވެ.

"ﷲ ހަރާމް ކުރައްވާފައިވާ މިއުޒިކްގެ އަވައިގައި ޖެހިފައި ތިބި ހުރިހާ ޒުވާނުން މިފަދަ ނަމޫނާ ތަކުން އިބުރަތް ހާސިލް ކުރަން ޖެހޭ" އަލީ ރަމީޒު ވިދާޅުވިއެވެ.

ފޭސްބްކް ޕޯސްޓް ނިންމާލަމުން އިޝާން ވަނީ އޭނާ ހިމެނޭ އެއްވެސް މިއުޒިކެއް އަޑުނޭހުމަށް އާންމުންގެ ކިބައިން އެދިފައެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement