މާލޭގެ ފެންބޮޑުވެފައި -- ފޮޓޯ: އެމްއެެންޑީއެފް
ހަބަރު
28 Apr 2025 | 00:40
ވާރޭވެހި މާލޭގައި ފެންބޮޑުވުން: ސިފައިން ފެން ހިންދަނީ، ފުލުހުން މަގުމަތި ބެލެހެއްޓުމުގައި

މާލެއަށް ބޯކޮށް ވާރޭވެހި ބޮޑު ސަރަަހައްދެއްގައި ފެންބޮޑުވެއްޖެ އެވެ.

މިރޭ ދެ ގަޑިއެއްހާ އިރަށް މާލެއަށް ވަރަށް ބޯކޮށް ވާރޭވެހުނެވެ. ބޯކޮށް ވާރޭވެހުމުން ވަރަށް ބޮޑު ސަރަހައްދެއްގައި ފެންބޮޑުވި އެވެ.

އެމްއެންޑީއެފުން ވަނީ ފަސް ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފަ އެވެ. އެއީ އެންމެ ބޮޑަށް ފެންބޮޑުވެފައިވާ ސަރަހައްދެވެ.

މީގެ އިތުރުން ފެންބޮޑުވެ ގެތަކަށް ފެންވަންނާތީ ވެލިބަސްތާ ޖެހުމުގައި ވެސް ސިފައިން ވަނީ ހަރަކާތްތެރިވެފަ އެވެ.

މާލޭގެ ފެންބޮޑުވެފައިވާތީ ވެލިބަސްތާ ޖެހުމުގެ މަސައްކަތް ސިފައިން ކުރަނީ -- ފޮޓޯ: އެމްއެެންޑީއެފް

ފުލުހުން ވެސް ބުނީ މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން އެ ހިދުމަތުން ދަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަރަކާތްތެރިވަމުން ކަމަށެވެ.

މިގޮތުން ކުއްލި ހާލަތްތަކުގައި އަވަސް ފިޔަވަޅު އެޅޭނެ އިންތިޒާމުތައް ވެސް ވަނީ ހަމަޖެހިފައި ކަމަށް ބުންޏެވެ. މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާތީ ފުލުހުން ދަނީ މަގުތަކުގައި ވެސް ހަރަކާތްތެރިވަމުންނެވެ.

މާލޭގެ ފެންބޮޑުވެފައިވާތީ ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ޕޮލިސް

އިއްޔެއާ ރޭ ވެސް މާލެއާ އަތޮޅުތެރޭގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.