08 May 2020 | 20:19
ދަނޑުވެރިންގެ އުފެއްދުންތައް ހިލޭ އިސްތިހާރުކުރުމުގެ ފުރުސަތު ސަޕްލައި އެމްވީން ހުޅުވާލައިފި

ރާއްޖޭގެ ހޯލްސޭލް ވިޔަފާރިތަކާއި، ރީޓެއިލް ވިޔަފާރި ގުޅުވައިދޭ ޕްލެޓްފޯމް ސަޕްލައި.އެމްވީ ގެ ފަރާތުން ދަނޑުވެރިންނަށް ހާއްސަ ހިދުމަތްތަކަކާއިއެކު ހަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިފިއެވެ.

އެކުންފުނީގެ ސީއީއޯ ރާއިދް ވަލީދް މައުލޫމާތު ދެއްވިގޮތުގައި މިއީ މުޅި ރާއްޖޭގައި ދަނޑުވެރިންގެ އުފެއްދުންތައް ހަމައަގުގައި މާކެޓްކުރުމަށް މުޅިން ހިލޭ ފޯރުކޮށްދޭ ހިދުމަތެއްކަމުގައެވެ.

" ސަޕްލައި ޑޮޓް އެމްވީން އަޅުގަނޑުމެން ދަނޑުވެރިންނަށް މި ހުޅުވާލަދިން ހިދުމަތަކީ މި ދަނޑިވަޅުގައި ފާހަގަކޮށްލެވޭ ހިދުމަތެއް. މި ހިދުމަތުގެ އެހީގައި މުޅި ރާއްޖޭގައި މަސައްކަތްކުރާ ދަނޑުވެރިންގެ އުފެއްދުންތައް ހަމައަގުގައި މާކެޓް ކުރުމަށް މުޅިން ހިލޭ މި ފޯރުކޮށްދޭ ހިދުމަތް ފާހަގަކޮށްލަން. އަދި ސަޕްލަޔަރުންގެ އޮންލައިން އޯޑަރތައް އަލުގަނޑުމެން މެދުވެރިކޮށް މެނޭޖްކުރަން ފެށުމުން މަސައްކަތް ފަސޭހަވެ އަވަސް ވާނޭކަމާއިމެދު އެއްވެސް ޝައްކެއްނެތް." ރާއިދް ވަލީދް / ސަޕްލައި ޑޮޓް އެމްވީގެ ސީއީއޯ ވިދާޅުވިއެވެ.

ރާއްޖޭގައި އެކި ބާވަތްތަކުގެ މުދާ ހޯލްސޭލްކޮށް ވިއްކާ 80 އަށް ވުރެގިނަ ސަޕްލަޔަރުންގެ 3300 އަށް ވުރެގިނަ ޕްރޮޑަކްޓް އެއްތާކުން ފެންނާނެ އިންތިޒާމް ހަމަޖެހިފައިވާ މި ވެބްސައިޓަކީ ރާއްޖޭގެ، މިފަދަ އޮންލައިން އެންމެ ބޮޑު ޕްލެޓްފޯމްއެވެ.

ފާއިތުވި 3 އަހަރު ސަޕްލައިއެމްވީން ކުރަމުންއައި މަސައްކަތަކީ ކުދި ވިޔަފާރިތަކާއި ސަޕްލަޔަރުން ޑިޖިޓަލްކޮށް ގުޅުވާލަދިނުންކަމަށާއި، ކޮވިޑް-19 އާއި ގުޅިގެން މި ދަނޑިވަޅަކީ މިފަދަ ވަސީލަތްތަކުގެ މުހިންމުކަން މުހިންމު ކަން އިންތިހާއަށް ބޮޑުކަން އެ ކުންފުނިން ފާހަގަކުރައްވައެވެ.

ސަޕްލައިންއެމްވީން ލިބޭ ހިދުމަތްތަކުގެ ތެރޭގައި:

1. ގަނޑުކޮށް މުދާ ބައްލަވައިގަންނަވާ ފަރާތްތައް ހާއްސަކޮށް ރަށްރަށުގައި ހުރި ކުދި ވިޔަފާރިތަކަށް މުދަލުގެ އަގުތަށް އަޅާކިއުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުން

2. އޮންލައިންކޮށް ބައްލަވައިގަންނަވާ މުދާ ބޯޓުތަކާއި ފިހާރަތަކާ ހަމައަށް ގެންގޮސްދިނުން.

3. ދަނޑުވެރިން ހައްދާ ތަކެތި ވިއްކުމަށް އިތުރު މެދުވެރިއަކާއި ނުލާ ދަނޑުވެރިޔާ ސީދާ، ގަންނަން ބޭނުންވާ ފަރާތާއި ގުޅުވާލަދިނުން.

4. ދަނޑުވެރިންގެ ޕްރޮޑަކްޓްތައް މި ޕްލެޓްފޯމްގައި ހިލޭ އިޝްތިހާރު ކުރުން.

5. ހޯލްސޭލްކޮށް ވިޔަފާރިކުރާ ފަރާތްތަކަށް މި ޕްލެޓްފޯމަކީ އެބޭފުޅުންގެ އޯޑަރތައް މެނޭޖްކުރުމަށް ފަސޭހަ ހިދުމަތެއް. ( މީގެ ސަބަބުން އޮންލައިންކޮށް ނަގާ އޯޑަރތައް މެނޭޖްކުރުމަށް ސަޕްލަޔަރަށާއި ކަސްޓަމަރަށް އެތައް ގޮތަކުން ފަސޭހަވާނެއެވެ)

އެހެންކަމުން މިހާރު ގޭގައި ތިއްބަވައިގެން އޯޑަރ ދެއްވާ ފަރާތްތަކުން ވައިބަރ ނުވަތަ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކުރެއްވުމުގެ ބަދަލުގައި އަޅުގަނޑުމެންގެ މި ފަސޭހަ ހިދުމަތް މިދަނދިވަޅުގައި މުޅިން ހިލޭ ބޭނުންކުރެއްވުމަށް ސަޕްލައި ޓީމުން އެދެއެވެ.

ސަޕްލައި އެމްވީ ޓީމުގެ އެދުމަކީ ކޮވިޑް 19 މި ބަލިމަޑުކަމުން އަޅުގަނޑުމެން އެންމެން ރައްކާތެރިވެ ތިއްބަވައި، އެންމެ ބޭފުޅުންވެސް އާންމު ދިރިއުޅުމުގައި ބޭނުންވާ އެކިއެކި ސާމާނު އޮންލައިންކޮށް އޯޑަރ ދެއްވައި ރައްކާތެރިކަމާއިއެކު ގޭގައި ތިއްބެވުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Jul 2026
ސެންޓަރ އެންޓަރޕްރައިސަސް އާ ދެކޮޅަށް ޖިނާއީ ތަހްގީގެއް ކުރިއަށްގެންދަން އެދިއްޖެ
އޮޑިޓުން އެނގޭ ގޮތުގައި ފައިސާ ހޯދުމަށް އެކުންފުނިން ހުށަހަޅާފައިވާ ލިޔުންތަކަކީ ހިނގާފައިވާ މުއާމަލާތެއްކަން ދެއްކުމަށް އުފައްދާފައިވާ ލިޔުންތަކެއްކަމަށް ބެލެވޭ ގިނަ ކަންކަން ފާހަގަކުރެވިފައިވާކަމަށެވެ.
22 Jul 2026
އެމްއެންޔޫއިން ޕޯސްޓްގްރެޖުއޭޓް އާ ކޯސްތަކެއް ތައާރަފުކޮށްފި
ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމަށާއި، ގައުމަށް ބޭނުންވާ މަތީ ފަންތީގެ މާހިރުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އިން ޕޯސްޓްގްރެޖުއޭޓް އާ ހަ ޕްރޮގްރާމެއް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.
22 Jul 2026
61 ވަނަ މިނިވަން ދުވަހާ ގުޅުވައި "ސައްބީސް ކާނިވަލް" ބާއްވަނީ!
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން އޮފިޝަން އިވެންޓްސް އަދި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބޭއްވުމަށް ނިންމައިފިއެވެ.
22 Jul 2026
ޑީޖީޖީ އާއި ޒީރޯ ޕޮއިންޓުގެ ރޮކެޓް ލީގު މުބާރާތަށް ނަން ނޯޓުކުރުން ބަންދުވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޒީރޯ ޕޮއިންޓް ގުޅިގެން ބާއްވާ "ޒީރޯ ޕޮއިންޓް ކްލޭޝް ސީރީޒް: ރޮކެޓް ލީގު" އީ-ސްޕޯޓްސް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ ކަމަށް ދިރާގުން ބުނެފިއެވެ.
22 Jul 2026
ޕީއެސްއިންނާއި އެސްޖީންގެ މުސާރަ އަންނަ މަހުން ފެށިގެން ކުޑަކުރަނީ
ސަރުކާރުގެ ވުޒާރާތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް ދެމުންދާ މުސާރައާއި އިނާޔަތްތައް އަންނަ މަހުން ފެށިގެން ކުޑަކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ.
22 Jul 2026
ހުދުކޫޑި ކޮންޓްރޯލުކުރުމަށް ރުއްތަކަށް ބޭސްލުމުގެ ޕްރޮގުރާމެއް ފަށައިފި
މިއީ ޗައިނާ ސަރުކާރުގެ އެހީގައި ހިންގާ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލުކުރުމަށް ގެނެސްފައިވާ ޔޭޖިއާޗިންގް (އެސެޓަމިޕްރިޑް + މޮނޯސަލްޓެޕް) ޕެސްޓިސައިޑު ޕަކެޓް ބޭނުންކޮށްގެން ކުރެވުނު މަސައްކަތެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
22 Jul 2026
ބީއެމްއެލްގެ 'އާޔާ' އަށް އައު ބަދަލުތަކެއް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޮބައިލް އެޕާއި އިންޓަރނެޓް ބޭންކިންގެ ޒަރީޢާއިން ޚިދުމަތްތަކަށް އެދޭ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޗެޓް އެސިސްޓެންޓް 'އާޔާ' ގެ ޤާބިލުކަން އިތުރުކުރަން ފަށައިފިއެވެ.
22 Jul 2026
އާސަންދައިގެ ބަޖެޓުން 60 އިންސައްތައަށް ވުރެ ބޮޑު ބައެއް ފާމަސީތަކަށް
މިދިޔަ އަހަރު އާސަންދަ ސްކީމުގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ހިނގީ ފާމަސީތަކުގެ ބިލްތައް ދެއްކުމަށް ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.