11 May 2020 | 17:13
ސީޕީ ހަމީދުގެ މައްސަލަ ހޯމް މިނިސްޓަރ އިމްރާން އިންޓެގްރިޓީއަށް ފޮނުވަންވާނެ: އުމަރު

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ރަލާއި، ޕާޓީކުރާމާހައުލެއްގައި އުޅޭ ޕޮޓޯ އަދި ވީޑީއޯތަކާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާން މި މައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އަށް ހުށަހަޅަން ޖެހޭނެކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވެފައިވަނީ މިއަދު އޭނާ ފޭސްބުކް ޕޭޖްގައި ލިޔެފައިވާ ބަޔާނެއްގައެވެ.

"ޕޮލިސް ކޮމިޝަނަރ އާއި ބެހޭ ގޮތުން ސޯޝަލް މީޑިޔާގައި ދައުރުވަމުން ދާ ފޮޓޯތަކާ ވީޑިޔޯއާ ގުޅޭ ގޮތުން، މިނިސްޓަރ ގެ ހުވަޔާ އެއްގޮތަށް މިނިސްޓަރ އިމްރާން އަމަލު ކުރައްވަންވާނެ. 2008/5 ދިވެހި ފުލުހުންގެ ޤާނޫނު ގެ 23 (ބ) އާއި އެއްގޮތަށް މި މައްސަލަ ބަލަން، ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އަށް މިނިސްޓަރ މި މައްސަލަ ފޮނުއްވަންވާނެ." އުމަރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އުމަރު ނަސީރުުވަނީ މީގެ މިފަދައިން ފުލުހުންގެ މައްޗައް ކުރެވިފައިވާ ތުހުމަތުތަކާއި ގުޅިގެން މާޒީގައި ކަންތައްކުރައްވާފައިވާގޮތް ވެސް ހާމަކޮށްފައެވެ.

"މަޖީދީމަގުގައި ހުރި ރުއްތަކެއް ފުލުހުންގެ ބަޔަކު ކެޑިކަމަށް ތުހުމަތު ކުރެވުނު ދުވަހު، މީގެ ކުރިން މިނިސްޓަރ ކަން ކުރެއްވި ބޭފުޅަކު ވަނީ، މި ޤާނޫނުގެ ދަށުން އެ މައްސަލަ ބެލުމަށް އެ ކޮމިޝަން އަށް މައްސަލަ ފޮނުއްވާފަ. އަދި އެހެން ވަޒީރަކު އެކަމުގައި ޝާމިލް ވާ ކަމަށް ތުހުމަތު ކުރެވުނު ވަގުތު، އެތަށް ފިއްތުން ތަކެއްގެ ކުރިމަތީ ފަހަތަށް ނުޖެހި، އެ ވަޒީރުގެ މައްސަލަ ވެސް ތަހުޤީގު ކުރުމަށް ފުލުހުންނަށް ލިޔުމަކުން އަމުރު ކޮށްފަ" އުމަރު ނަސީރު ވިދާޅުވިއެވެ.

ކުރީގެ ހޯމް މިނިސްޓަރ ވިދާޅުވިގޮތުގައި ހޯމް މިނިސްޓަރ ކަން ކުރުމަކީ ތޯ ތޯ ކަމެއް ނޫންކަމަށައި ޤާނޫނު ގެ ކުރިމަތީ އެއްވެސް މީހަކު އިސްތިސްނާ ނުވާކަން އަމަލުން ދައްކުވާދޭންވާނެކަމަށެވެ. އަދި ކުރައްވާފައިވާ ހުވަޔާ އެއްގޮތަށް އަމަލު ކުރައްވަންވާނެކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ސީޕީ ހަމީދު އާއި ވައްތަރު ބޭފުޅަކު ޕާޓީ ކުރާ މަންޒަރުގެ ވީޑިއޯ ލީކް ކޮށްލާފައިވަނީ “އެނޮނިމަސް އެމްވީ” ގެ ނަމުގައި ހިންގަމުންދާ ޓްވިޓަރ އެކައުންޓަކުންނެވެ.

“ކޮވިޑް-19 ގެ މި ދަނޑިވަޅު، ކޮމިޝަނަރު މުޙައްމަދު ހަމީދު އަދި އަނބިކަނބަލުން ނަޒީހާ އަހްމަދު މަސްތުގެ ހާލަތުގައި ނަށަނީ. ހާއްސަ ފެނިލުމެއްގެ ގޮތުން ދިވެހި ރެޑް ކްރެސެންޓުގެ ރައީސް އަލީ ނާޝިދު (އޮގަރު އައްޔަ).” އެނޮނިމަސްގެ ޓްވީޓްގައި ބުނެފައިވެއެވެ.

ސީޕީ ހަމީދުގެ އަނބިކަނބަލުން ނަޒީހާ އަޙްމަދަކީ ރައީސް ޞޯލިޙްގެ އަނބިކަނބަލުން ފަޒުނާ އަޙްމަދުގެ ކޮއްކޮއެވެ. އަދި ރައީސް ނަޝީދާއި ސީޕީ ހަމީދުގެ އަނބިކަނބަލުންނަކީ ދެބެންގެ ދެދަރިންނެވެ. ރައީސް ނަޝީދު ވަނީ ހަމީދުގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައެވެ.

ފުލުހުންގެ ބަހެއް ހޯދުމަށް މީޑިއާތަކުން ތަކުރާރުކޮށް ސުވާލުކުރުމުންވެސް މިހާތަނަށްވެސް ވަކި ޖަވާބެއް ދީފައިނުވެއެވެ. ސޯޝަލް މީޑިއާގައި މިފަދައިން ޤާނޫނާއި ހިލާފަށް ހިނގާ ކަންކަމަކީ ފުލުހުން އިސްވެ މީޑިއާއަށް އެކަމާގުޅޭ މައުލޫމާތު ހިއްސާކުރިނަމަވެސް ސީޕީ ހަމީދު ގެ މައްސަލާގައި މިހާތަނަށްވެސް ފުލުހުންގެ ބަހެއް ލިބިފައެއްނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jun 2026
ފުލުހުންގެ އެގްޒެކެޓިވް ބޯޑާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
މި ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންގެ ބޭނުންތަކާއި އިހުސާސްތަކަށް އިސްކަންދީގެން ހިދުމަތް ފޯރުކޮށްދޭ ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
24 Jun 2026
ތެލުގެ އަގު މިހާރު ހެޔޮނުވެގެން އުޅެނީ ވިޔަފާރިވެރިން ދަހިކަމުން: ޓްރަމްޕް
ޕޯސްޓްގައި ޓްރަމްޕް ވަނީ ދުނިޔޭގެ ބާޒާރުގައި ސާފްނުކުރާ ތެލުގެ އަގު ދަށްވިނަމަވެސް އާއްމުނަށް ތެއޮ ވިއްކާ ފަރާތްތަކުން އަގުހެޔޮނުކޮށް ބޮޑު އަގުގައި ވިޔަފާރިތަކުން ފައިދާ ހޯދަމުންދާކަމަށް ތުހުމަތު ކުރައްވާފައެވެ
24 Jun 2026
ވަރލްޑް ބޭންކުގެ ޓީމެއް ރާއްޖޭގައި
ރާއްޖޭގެ ޤައުމީ ތަރައްޤީގެ އަމާޒުތަކާ ގުޅޭ ބޮޑެތި މަޝްރޫޢުތައް ތަންފީޒުކުރުން އަވަސްކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނުކަމަށް ފިނޭންސުން ބުންޏެވެ
24 Jun 2026
ޕީސީބީގެ ރައީސް ނިޒާރަށް މަޖިލީހުން ރުހުން ދީފި
މަޖިލީހުން ނިޒާރަށް ރުހުން ދޭން ފާސްކުރީ ޖަލްސާގައި ވޯޓުދެއްވި 49 މެންބަރުންގެ އިއްތިފާގުންނެވެ.
24 Jun 2026
ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި
ކޮމެޓީގެ ނިންމުމާއި ގުޅިގެން މަޖިލީހުގެ ތަޅުމުގެ މިއަދު ނެގި ވޯޓްގައި ޒަރީރަށް ރުހުން ދޭން ފާސްކުރީ ޖަލްސާގައި ވޯޓުދެއްވި 49 މެންބަރުންގެ އިއްތިފާގުންނެވެ.
24 Jun 2026
އެމްޓީސީސީގެ ޗެއަޕާސަން ކަމަށް ސަޢާދާ އިބްރާހިމްް
ޕީސީބީން މިއަދު ބުނީ އެމްޓީސީސީގެ ޗެއާޕާސަން ކަމުގެ މަގާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ދަޕްތަރު ނަންބަރ ރސ 14819، ސަޢާދާ އިބްރާހިމް އައްޔަނުކޮށްފައިވާ ކަމަށެވެ.
24 Jun 2026
ފުވައްމުލައް ސިޓީގައި އިމާރާތްކުރި ޤުރުއާން މަރުކަޒު ހުޅުވަން ތައްޔާރުވެއްޖެ
މިނިސްޓަރު ޝަހީމް ވިދާޅުވީ، މަރުކަޒު ރަސްމީކޮށް ހުޅުވުމަށް ނިންމާފައިވަނީ އަންނަ ހުކުރުދުވަހުގެ 16:30 ގައި ކަމަށެވެ
24 Jun 2026
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑުން ޢާއިޝަތު އަލީ ވަކިކޮށްފި
ޕީސީބީން މިއަދު ބުނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުން ބޯޑުގެ މެންބަރުކަމުގެ މަގާމުން މ.ވާރޭވިލާ، ޢާއިޝަތު ޢަލީ, މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.