16 May 2020 | 13:57
އައިބީ ފެންބޮޑުވި ގެތަކަށް އެހީވުމުގައި، ދާއިރާ މެންބަރު ނިހާދު ޓުވީޓުކުރެއްވުމުގައި

އައްޑޫ ސިޓީ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެއަތޮޅުގެ ގިނަ ރަށްތަކުގައި ވަނީ ފެންބޮޑުވެ، ގެތަކަށް ފެނުގެ އަސަރުކޮށްފައެވެ.

މިއާއެކު އެންމެ ފާހަގަކުރެވިގެން ދިޔައެއްކަމަކީ ފޭދޫގައި ފެންބޮޑުވި ގެތަކަށް އެހީތެރިވުމުގައި، ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ހަރަކާތްތެރިވަމުން އަންނައައުމެވެ.

އައިބީ އައްޑޫ ސިޓީގެ ހާލަތާބެހޭގޮތުން "ވޮއިސް" އަށް ދެއްވި ބަސްދީގަތުމުގައި ވަނީ އައްޑޫގެ ހާލަތު ހިއްސާކުރައްވާފަައެވެ.

އެގޮތުން އައްޑޫ ސިޓީއަށް ދެދުވަސް ވަންދެން ވާރޭ ވެހިފައިވާއިރު، މިހާތަނަށް ގިނަ އަދަދެއްގެ ގެތަކަށް ފެންވަދެ ފަރުނީޗަރާއި ޓީވީ އަދި ހިފައި ގެންގުޅޭ ގިނަތަކެތި ހަލާކުވެފައިވާކަމަށާއި، މިހާރު އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ޕަންޕު ބަހައްޓައިގެން ފެންހިއްކުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އައިބީ ވިދާޅުވިއެވެ.

އައިބީ އިތުރަށް ވިދާޅުވިގޮތުގައި ފޭދޫގައި ރައީސް ޔާމީން ޤާއިމްކޮށްދެއްވި ފެން ހިންދާ ނިޒާމް ނިމިފައިވާކަމަށާއި، އެއާއި ގުޅިފައިވާ މަސައްކަތްތަކެއް ނުނިމި ދިގުދެމިގެން ދިޔުމުގެ ސަބަބުން މިފަދަ ގެއްލުންތައް އަދިވެސް ރަށަށް ލިބެންމުން އަންނަކަމަށެވެ. އަދި އައްޑޫ ސިޓީގެ މެންބަރުންނާއި، ކައުންސިލްގެ ފަރާތުން މި މަސައްކަތް އަވަސްކުރުމަށް އެކަށީގެންވާ މަސައްކަތް ކޮށްފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އައިބީ ވަނި އިއްޔެ ހެނދުނު ސ. ފޭދޫގައި ފެންބޮޑުވުމާއި ގުޅިގެން އައިބީއާއި، ބޭބެ ގެންގުޅޭ މުވައްޒަފުން އެއްކޮށްގެން ރަށުގެ ގެތަކަށް ވަކި ވަކިންކޮށް ގޮސް އެހީތެރިވުމުގައި ހަރަކާތްތެރިވެފައެވެ.

ނިމިދިޔަ މަޖިލިސްގައި އައިބީ ފާހަގަކުރެވިގެން ދިޔައީ ދާއިރާއާއި އެންމެ ގުޅުން ރަނގަޅު އަދި ދާއިރާއަށް ސަރުކާރާއި ގުޅިގެން ގިނަ ތަރައްޤީގެ މޝްރޫއުތައް ހިންގުމުގެ މެދުވެރިއެއްގެ ރޯލް އަދާކުރެއްވި މެންބަރެއްގެގޮތުގައެވެ.

އައްޑޫ ސިޓީކައުންސިލްގެ އެހީތެރިކަން

އައްޑޫ ސިޓީ ކައުންސިލުން ވިއްސާރައާއި ގުޅިގެން ފެން ހިންދުމާއި، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ވަނީ މަސައްކަތްތަކެއްކޮށްފައިކަމަށް އައްޑޫ ސިޓީގެ މޭޔަރ ޝާދިޤު ވަނީ ވޮއިސް އަށް ކިޔާދެއްވާފައެވެ.

އެގޮތުން އިއްޔެވަނީ އައްޑޫ ސިޓީގެ 150 އެއްހާ ގެޔަކަށް ރޯދަ ވީއްލުން ހަމަޖައްސާފައިކަމާއި، މީގެ ތެރެއިން 90 ގެ އަކީ ފޭދޫގެ ގެތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި އައްޑޫއަށް ކުރާ ވިއްސާރާގައި އެންމެ ބޮޑުވަރުވެފައިވަނީ ވެސް ފޭދޫއަށްކަމަށް މޭޔަރު ސޯބެ ވިދާޅުވިއެވެ.

ސޯބެ އިތުރަށް ވިދާޅުވިގޮތުގައި އައްޑޫގައި މިހާތަނަށް 11ޕަންޕު ލިބިފައިވީނަމަވެސް 2 ޕަންޕު މަސައްކަތް ނުކުރާތީ 9 ޕަންޕު ބެހެއްޓިފައިވާކަމަށާއި، މި މަސައްކަތުގައި ސިޓީ ކައުންސިލްގެ އިތުރުން އެންއެންޑީއެފް، ގަން އެއަޕޯޓް އަދި ފެން ހިންދާ ނިޒާމްގެ މަސައްކަތްކުރަ ކޮންޓްރެކްޓަރ ސެނޮކް ބައިވެރިވެފައިވާކަމަށެވެ. އަދި ފޭދޫގެ ތިލިންފަރު ކުންފުނިންވެސް ޕަންޕެއްދީފައިވާކަމަށް ސޯބެ ވިދާޅުވިއެވެ.


މިހާރުގެ ދާއިރާގެ މެންބަރު ޓުވިޓާގައި ޝުކުރު އަދާކުރެއްވުމުގައި

މިހާރުގެ ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު ނިހާދުގެ ފަރާތުން ފެނިގެން ދަނީ ޓުވީޓު މެދުވެރިކޮށް ފުލުހުންނާއި އެމްއެންޑީޢެފް އައްޑޫގައި ފެން ހިންދުމަށް ކުރައްވާ މަސައްކަތައް ޝުކުރުއަދާކުރެއްވުމާއި، ޓުވީޓު ކުރައްވާތަނެވެ. ސަރުކާރަށް ނިސްބަތް ވެވަޑައިގަންނަވާ 7 މެންބަރުން އައްޑޫއަށް ނިސްބަތްވެވަޑައިގަންނަވާއިރު މިހާތަނަށް ވެސް ސަރުކާރަށް އައްޑޫގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގައި ވަނީ ނުކުޅެދިފައެވެ. ސަރުކާރު ބަޖެޓު ބަހުސް އާއި ރައީސުލްޖުމްހޫރިއްޔާއަށް މިކަންކަން ސަމާލުކަމަށް ގެނެސް އަވަސް ހައްލެއް ހޯދައި ދެއްވުމަކީ އެއިރަކު މަޖިލިސްގައި ތިއްބަވާ ރައްޔިތުންގެ މަންދޫބުން ކުރައްވަންޖެހޭނެކަމެއްކަމަށްވެސް އައިބީ ވަނީ ވިދާޅުވެފައެވެ.

އައްޑޫ އަތޮޅުގެ އެންމެ ބޮޑުވެފައިވާ ކަރަންޓާއި، ރަށުގެ ފެންބޮޑުވާ މައްސަލައަށް މިހާތަނަށް ހައްލެއް ހޯދައިނުދެވިވާއިރު، މިއިން މައްސަލައެއް ހައްލުކުރުމަށް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އައްޑޫއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ނުކުރައްވާކަމަށް ބުނެ ގިނަބަޔަކު އަންނަނީ މެންބަރުންގެ ޓުވީޓްތަކަށް ރައްދުދެއްވަމުންނެވެ.

ނިހާދުވަނީ އާދައިގެ ރައްޔިތުންފަދައިން ސަރުކާރުގެ އެހީ ބޭނުން ވާކަމަށް ވިދާޅުވެ ޓުވީޓެއްކުރައްވާފައެވެ. މަޖިލިސް މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާއާއި މިނިސްޓަރުންނާއި ސީދާ ގުޅޭނެ މަގު ފަހިވެފައި އޮންނަކަން ފާހަގަކޮށްލަންޖެހެއެވެ. ނަމަވެސް މިފަދައިން ޓުވީޓުކުރެއްވުމަކީ ޒިންމާ އަދާކުރެވުން ކަމުގައި ގިނަބަޔަކު ނުދެކެއެވެ.

ނިހާދު އިތުރަށް ޓުވީޓުކުރައްވަމުން ވިދާޅުވެފައިވަނީ ލޮކްޑައުން ނޫންނަމަ ރަށުގައި ހުންނާނެކަމަށެވެ.

މިކަން އެންމެ ބޮޑަށް ހާމަވެފައިވަނީ އައްޑޫއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުން ހޮވިވަޑައިގަތުމަށް ފަހު، ގިނަ ދުވަސްތަކަކަށްފަހު ކައުންސިލް އިންތިހާބު ކެންޕެއިންގައި އެ ބޭފުޅުން ބައްދަލުކުރެއްވި ބައްދަލުވުމެއްގައި އާންމުންގެ ހުނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށް ބައެއް މެންބަރުން މާލަން ދޫކުރައްވައި ވަޑައިގަތުމުންނެވެ.

އައްޑޫ ސިޓީގެ މަޖިލިސް އަދި ކައުންސިލް އެކުއެކީ އެމްޑީޕީއަށް ދެވިފައިވާއިރު އެ ސިޓީގެ ރައްޔިތުންގެ އުންމީދުތަކުގައި މިވީ 2 އަހަރުތެރޭގައި ކުލަޖެހޭގޮތްވަނީ ނުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.