16 May 2020 | 14:53
ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސް ވާނެ: މެޓް

މާދަމާއިން ފެށިގެން ކުރިއަށް އޮތް 3 ދުވަހު އަނެއްކާ ވެސް ރާއްޖެ އަށް މޫސުން ގޯސް ވާނެ ކަމަށް މީޓިއޮރޮލޮޖިކަލް އޮފީހުން ހާމަކޮށްފިއެވެ.

މެޓް އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް ވިދާޅުވީ، މިއަދު ރާއްޖެ އަށް ބޯކޮށް ވާރޭ ނުވެހޭނެ ކަމަށާއި ނަމަވެސް މާދަމާ އިން ފެށިގެން އަނެއްކާ ވެސް ބޯކޮށް ވާރޭ ވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުގެ އޮފިސަލް އިތުރަށް ވިދާޅުވީ މިއަދު ބޯކޮށް ވާރޭ ނުވެހުނު ނަމަވެސް ވައި ގަދަވެ، ގަޑިއަކު 18-25 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50-55 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހުމުގެ ސަބަބުން ރާއްޖޭގެ ކަނޑުތައް ގަދަ ވާނެ ކަމަށާއި ކަނޑުދަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް ކުރަން ފަށާފައިވާއިރު، އިންޑިއާގެ ބޭއޮފް ބެންގޯލް ސަރަހައްދުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑު މިއަދު މެންދުރެއްހާއިރު ތޫފާނަކަށް ބަދަލުވެގެންދާނެކަމަށާއި އޭގެ ސީދާ އަސަރު ރާއްޖެއަށް ނުކުރި ނަމަވެސް ކުރިއަށް ވަގުތު ތަކުގައި ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ގަދަ ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުރިއަށް މިއޮތް 24 ގަޑިއިރުގެ ތެރޭގައި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކުރެ ވެއެވެ.

ހަމައެއާއެކު،ރާއްޖޭގެ ގިނަ ހިސާބުތަކަށް، ޚާއްސަކޮށް މެދުތެރެއާ އުތުރުގެ އަތޮޅަތަކަށް ކަނޑުތައް ވަރަށް ގަދަވެގެންދާނެކަމަށް ލަފާކުރެވޭތީ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް މެޓް އޮފީހުން އިލްތިމާސް ކުރައްވައެވެ.

ރާއްޖެއަށް މިހާރު މިކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާއި ގުޅިގެން ރާއްޖޭގައި ވަނީ ފުރަތަމަ ފަހަރަށް އޮރެންޖް އެލާޓް ނެރެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Jun 2026
އިމާމު ކަމާ ގުޅޭ ޢާއްމު އިމްތިޙާނެއް ތަޢާރަފު ކުރަނީ
ކަމާގުޅުން ހުރި އެހެނިހެން އިދާރާތަކާ މަޝްވާރާކުރުމަށް ފަހު މިކަމުގައި ކުރިއަށް ދާނެ ގޮތް ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
22 Jun 2026
ކޮމިޓީން ނިންމީ ފިނޭންސް މިނިސްޓަރު ޒަރީރަށް ރުހުންދޭން ފެންނަކަމަށް
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޒަރީރަށް ރުހުންދޭން ފެންނަކަމަށް ފާސްކޮށްފައިވަނީ، ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.
22 Jun 2026
ދައުލަތުގެ އާންމު މަންފާއަށް ހިންގާނެ 19 މަޝްރޫއަކާއި، އޭގެ ބަޖެޓް ކަނޑައަޅައިފި
ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން ނޫންނަމަ ސަރުކާރުން ކަނޑައަޅާ އެ ނޫން ވެސް މުހިންމު ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢުތަކާއި، އެ މަޝްރޫޢު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ކޮންމެ އަހަރަކު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަން ޖެހެއެވެ.
22 Jun 2026
މޭރީ މަރާލިކަން މާވިންގެ މައްޗަށް ސާބިތުވެއްޖެ
މާވިންގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު 19 ވަނަ ދުވަހު މާލޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓުގައި މޭރީގެ ބޮލާއި ކަރަށް ހަމަލާ ދީ ނޭވާ ހާސްކޮށްގެން މަރާލި ކަމުގެ ދައުވާއެވެ. މާވިންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލީ 4 ޖެނުއަރީ 2022 ގައެވެ.
22 Jun 2026
އިނގިރޭސި ބޮޑުވަޒީރު ކެއާ ސްޓާމާ މަގާމުން އިސްތިއުފާ ދެއްވައިފި
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކެއާ ސްޓާމާ ބޮޑުވަޒީރުކަމާއި ލޭބާ ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވައިފިއެވެ.
22 Jun 2026
ފިހާރައަކުން އައިނެއް ވަގަށް ނެގި މީހަކު ހޯދަނީ
އެހެންކަމުން، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، މާފަންނު ޕޮލިހުގެ ނަންބަރު 9660183 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
22 Jun 2026
އަނެއްކާވެސް އިސްލާމިކް ރިދަމްގެ ތަފާތު ލަވައެއް؛
މި ލަވައަކީ ލޭ ހަދިޔާ ކުރުމުގެ ހުރި މަތި ކަމާއި، އޭގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލާފައިވާ ލަވައަކަށްވާއިރު، ލޭ ނުލިބުމުގެ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލައެއްކަން ފާހަގަކޮށްލަންޖެހެއެވެ.
22 Jun 2026
ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް އެވިޑް ކޮލެޖުން ސަނަދު ދޫކުރި މައްސަލައެއް
އެމްކިޔުއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ސްރީލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައާ ގުޅިގެން މިއަހަރުގެ ކުރީކޮޅުވެސް އެ މަރުކަޒަށް ނަސޭހަތްތެރިވެ، ފިޔަވަޅު އަޅައި، އެކަން އާންމުކޮށް އިއުލާނުކޮށްފައިވާނެ ކަމަށެވެ.