ސްޓާމާ-
ދުނިޔެ
22 Jun 2026 | 13:52
އިނގިރޭސި ބޮޑުވަޒީރު ކެއާ ސްޓާމާ މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާންކޮށްފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކެއާ ސްޓާމާ ބޮޑުވަޒީރުކަމާއި ލޭބާ ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވައިފިއެވެ.

އިސްތިއުފާ އިއުލާންކުރައްވައި ދެއްވި ބަޔާނެއްގައި ސްޓާމާ ވިދާޅުވީ މަގާމުގައި ހުންނަވައިގެން ނެންގެވި ކޮންމެ ނިންމެވުމަކީ "ގައުމު އެންމެ އިސްކޮށް" ނިންމެވި ނިންމެވުންތައް ކަމަށެވެ.

އަދި މިއަދު ހެނދުނު ރަސްގެފާނަށް ގުޅުއްވައި އިސްތިއުފާ ދެއްވާ ކަމަށް ވިދާޅުވި ކަމަށްވެސް ވިދާޅުވިއެވެ. 

މީގެ އިތުރުން ސްޓާމާ ވަނީ ލޭބާ ޕާޓީގެ ނެޝަނަލް އެގްޒެކެޓިވް ކޮމިޓީގެ ކިބައިން ލީޑަރުކަމަށް ޖުލައި 9 ގައި ހުޅުވައި ހޫނު މޫސުމުގެ ޗުއްޓީގެ ކުރިން ހުރިހާ މަރުހަލާއެއް ނިންމައިދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ ސަބަބުން ސެޕްޓެމްބަރުގައި ޕާލަމެންޓް އެނބުރި ފެށުމުގެ ކުރިން އާ ލީޑަރެއް ހޮވޭނެއެވެ. އެހެންނަމަވެސް އާ ލީޑަރެއް ހޮވެންދެން ބޮޑުވަޒީރުކަމުގައި ދެމިހުންނަވާނެ ކަމަށް ސްޓާމާ ވިދާޅުވިއެވެ.

ސްޓާމާ އިސްތިއުފާ އިއުލާން ކުރައްވަނީ

ސްޓާމާ ވިދާޅުވި ގޮތުގައި އޭނާއާ ލޭބާ ޕާޓީ ހަވާލުވިއިރު އެ ޕާޓީ އޮތީ "ސިޔާސީ ގޮތުންނާއި މާލީ ގޮތުންނާއި އަޚުލާޤީ ގޮތުން ބަނގުރޫޓުވެފައި" ކަމަށެވެ. ޕާޓީ "ނިމިއްޖެ" ކަމަށް ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް "އެ މީހުންގެ ވާހަކަ ދޮގު ކުރެއްވި" ކަމަށާއި ޕާޓީ ބަދަލުކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން އަނބިކަނބަލުން ވިކް އަށް ޝުކުރު އަދާކުރައްވައި ދަރިންނަށް "އެންމެ ރަނގަޅު ބައްޕައަކަށް" ވެވަޑައިގަތުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.

ސްޓާމާގެ ބަދަލުގައި ލީޑަރުކަމާ ހަވާލުވެވަޑައިގެންފާނެ ކަމަށް ބެލެވޭ އެންޑީ ބާންހަމް މިދިޔަ ހަފުތާގައި ބައި-އިލެކްޝަން ކާމިޔާބުކުރެއްވުމަށް ފަހު މެމްބަރެއްގެ ގޮތުގައި ހުވައިކުރެއްވުމަށް މިއަދު ވެސްޓްމިންސްޓާއަށް ވަޑައިގަންނަވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ